މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އެތެރޭގެ އުދުހުންތަކުގެ އަގު ހެވެއްނުވި: ޝިޔާންޓޭ

އެތެރޭގެ އުދުހުންތަކުގެ އަގު ހެވެއްނުވި: ޝިޔާންޓޭ

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރާނެކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެކަމެއް ނުވިކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. ޝިޔާންޓޭ ވެސް ނިސްބަތްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދާއިރު، އޭނާ ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައެވެ. މި ކެމްޕެއިން ކުރިއަށްދާއިރު، މީސްމީޑިއާގައި ޚިޔާލު ފާޅުކުރ...

ޔުމްނާ ޢަލީ
ތިލަދުންމަތިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލަނީ

ތިލަދުންމަތިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލަނީ

ތިލަދުންމަތީގެ އަތޮޅުތަކުން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ ތިލަދުންމަތިން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ...

ޔުމްނާ ޢަލީ
ކެލައާއި ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލައާއި ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލައާއި ހދ. ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. ކެލާގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމުގެ މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނ...

އިބްރާހިމް ޚަލީލް
ދިއްދޫ އަލިގަދަ ތަރި ޤުރްއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރއަކަށް ކޭޑީ އެންޓަރޕްރައިސަސް 📍 ހއ. ދިއްދޫ

ދިއްދޫ އަލިގަދަ ތަރި ޤުރްއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރއަކަށް ކޭޑީ އެންޓަރޕްރައިސަސް

ހއ. ދިއްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން ބާއްވާ ”ދިއްދޫ އަލިގަދަ ތަރި ޤުރްއާން މުބާރާތް 1444” ގެ ޓައިޓަލް ސްޕޮންސަރއަކަށް ކޭޑީ އެންޓަރޕްރައިސެސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މިއީ މިޑްލް ސްޕޯޓްސް ކްލަބުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. ކިއީ އެ ކްލަބުން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރގެ އެއްބަސްވުމުގައި ކޭޑީ އެންޓަރޕްރައިސެސް...

މުޙައްމަދު އަފްރާޙް
ޤާސިމްގެ އެހީތެރިކަމާއެކު ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް 📍 ށ. ނަރުދޫ

ޤާސިމްގެ އެހީތެރިކަމާއެކު ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދީލަތި އެހީގައި ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް ދޫކުރުމަށް ތައްޔާރު ވެއްޖެއެވެ. ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު ވަނީ މި ސްކީމާއި ގުޅޭ މައުލޫމާތު ”ތިލަދުން” އަށް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ޖޭޕީގެ މެޖޯރިޓީ އޮންނަ އެރަށުގެ ކައުންސިލުގެ ވައުދު ފުއްދުމަށް ގާސިމް ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. އެގޮތުން މި ލޯން ސްކީމިގެ ދަށުން ފައިސާ ދޫކުރުމަށް އެ ކައުންސިލުގެ […]

މުޙައްމަދު އަފްރާޙް
ކޭއާރުއެޗު ގެ އައު އޯޕީޑީ ނިންމައި، ހަވާލުކޮށްފި

ކޭއާރުއެޗު ގެ އައު އޯޕީޑީ ނިންމައި، ހަވާލުކޮށްފި

ކުޅުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި އެ ހޮސްޕިޓަލުގެ ގަވަނިން ބޯޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި، ރަމްޒީ ތަޅުދަނޑި ކުޅުދުއްފުށި ހޮސްޕިޓަލްގެ ގަވަނިން ބޯޑާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ތަޅުދަނޑިއާ ހަވާލުވީ ކުޅުދުއްފުށި ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާވޫދެވެ. މި މަޝްރޫއުގެ ދަށުން ބަލިމީހުން ބަލާ 23 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އިކޯ ރޫމަކާއި އީސީޖީ ރޫމެއް ވަނީ ހަދައިފައެވެ. ކުޅުދުއްފުށީ...

އަޙްމަދު ވަހީދު
ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފި

އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޑރ. އެސް. ޖައިޝަންކަރެވެ. އިންޑިއާ ސަރުކާރުގެ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި މި މަރުކަޒަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި ކްލަބް އޮފީސް، މީޓިން ރޫމް، ލައިބްރަރީ، ކޮންފަރެންސް ހޯލް އަދި ސެކްރެޓޭރިއަޓްގެ އޮފީސް ވަނީ […]

މުޙައްމަދު އަފްރާޙް
ބިލެތްފަހީ އެއާޕޯޓު މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި: ރައީސް 📍 ށ. ބިލެތްފަހި

ބިލެތްފަހީ އެއާޕޯޓު މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި: ރައީސް

ބިލެތްފަހީ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ގައި މިއަދު ކަނޑިތީމަށް ވަޑައިގެން އެ ދާއިރާގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، އެ ދާއިރާގައި ހިމެނޭ ބިލެތްފަހީ އެއާޕޯޓު ތަރައްޤީ ކުރާނެ ބަޔަކު ހޯދުމަށް ޓެންޑަރ ކުރެވިފައިވާ ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ އެއާޕޯޓްގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ، ދެން އެމަނިކުފާނު އެދާ...

މުޙައްމަދު އަފްރާޙް
މުޙައްމަދު ތަކުރުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގައުމުގެ ތަރައްގީއަށް ދެވޭ އަހައްމިއްޔަތު: ޖައިޝަންކަރު 📍 ހއ. އުތީމު

މުޙައްމަދު ތަކުރުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގައުމުގެ ތަރައްގީއަށް ދެވޭ އަހައްމިއްޔަތު: ޖައިޝަންކަރު

ޤައުމީ ބަތަލު، އުތީމު މުޙައްމަދު ތަކުރުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގުޅިފައިވާ މާޒީ އާއި ގައުމުގެ ތަރައްގީއަށް ދެވޭ އަހައްމިއްޔަތުކަން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމަށްފަހު، ކުރެއްވި ޓްވީޓެއްގަ އެވެ. “ރާއްޖޭގެ ޤައުމީ ބަތަލް ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުގެ ހަނދާނީ މަރުކަޒަށް މިއަދު ޒިޔާރަތްކުރީމެވެ. އެމަނިކުފާނު ކުރ...

މުޙައްމަދު އަފްރާޙް
ފެރީ ޚިދުމަތް ގާއިމު ކުރުމަށް ދިހަ ފަޅުރަށާއި ހަތަރު އޮޑި ހަރުގެއެއް މި ސަރުކާރުންނެއް ނުދޭނެ: ޣަފޫރު

ފެރީ ޚިދުމަތް ގާއިމު ކުރުމަށް ދިހަ ފަޅުރަށާއި ހަތަރު އޮޑި ހަރުގެއެއް މި ސަރުކާރުންނެއް ނުދޭނެ: ޣަފޫރު

ރާއްޖޭގައި ފެރީގެ ޚިދުމަތް ޤާއިމު ކުރުމަށް 10 ފަޅުރަށާއި ހަތަރު އޮޑި ހަރުގެއެއް މިސަރުކާރުންނެއް ނުދޭނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. ގަޕޯ މިހެން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ވާހަކަ ދައްކަވަމުންނެވެ. ރޭ ދެއްކި ވާހަކާގައި ގަޕޯ ވިދާޅުވީ، ރައްޔިތުންނަށްޓަކައި މި ސަރުކާރާއެއްވަރަށް ޚިދުމަތް ކުރެވުނު ސަރުކާރެއްނެތް ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި...

ޔުމްނާ ޢަލީ
''ހަނިމާދޫ ވައިގެބަނދަރު ނިމުމާއެކު އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވާނެ'' 📍 ހދ. ހަނިމާދޫ

''ހަނިމާދޫ ވައިގެބަނދަރު ނިމުމާއެކު އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވާނެ''

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިމުމާއެކު އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ، ރޭވެ އަލިވިލޭއި...

ޔުމްނާ ޢަލީ
މިފެށުނީ ބޮޑު އުތުރަށް ތާރީޚްގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލު: ރައީސް

މިފެށުނީ ބޮޑު އުތުރަށް ތާރީޚްގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލު: ރައީސް

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމާއެކު ފެށިގެން އެ ދިޔައީ ބޮޑު އުތުރަށް އަދި ބޮޑު ތިލަދުންމައްޗަށް ވެސް ތާރީޚްގައި އަންނާނެ އެންމެ ބޮޑު ބަދަލުކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެ މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަ...

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްފަށައިފި

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިރޭ ފަށައިފިއެވެ. މިކަމަށްޓަކައި މިރޭ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގައި ބާއްވާ ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް މަލްޓި ޕާޕަސް ހޯލް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް މަލްޓި ޕާޕަސް ހޯލް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މި ބީލަން ކުރިއަށްގެންދާނީ ޕްލޭނިންގ މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ކަމަށެވެ. މީގެ އިތުރުން އިކޮނ...

މުޙައްމަދު އަފްރާޙް
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވަނީ 📍 ހދ. ހަނިމާދޫ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ހާރިޖީ ވުޒާރާ އިން ވިދާޅުވީ ޖައިޝަންކަރުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށާއި މިއީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ހާމަކުރައްވ...

މުޙައްމަދު އަފްރާޙް