ހއ. ދިއްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން ބާއްވާ ''ދިއްދޫ އަލިގަދަ ތަރި ޤުރްއާން މުބާރާތް 1444'' ގެ ޓައިޓަލް ސްޕޮންސަރއަކަށް ކޭޑީ އެންޓަރޕްރައިސެސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މިއީ މިޑްލް ސްޕޯޓްސް ކްލަބުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. ކިއީ އެ ކްލަބުން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރގެ އެއްބަސްވުމުގައި ކޭޑީ އެންޓަރޕްރައިސެސްގެ ފަރާތުން ސޮއި ކުރެއްވީ މުހައްމަދު މާހިން މަޖީދުއެވެ. އަދި މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ސޮއި ކުރެއްވީ މުބާރާތުގެ އިންޗާޖު މުހައްމަދު ސައީދުއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ 2 ދަތުރު ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ އޮޑިޝަން މި ހިނގާ ޖެނުއަރީ މަހުގެ 27 އަދި 28 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އޮޑިޝަނުން ހޮވޭ 20 ބައިވެރިންނާއެކު މުބާރާތުގެ ކިޔެވުން ފަށާނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ.
މި މުބާރާތް ސްޕޮންސަރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ޝައުގުވެރި ފަރާތްތަކުން 7656766 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
ކޭޑީ އެންތަރޕްރައިސެސް އަކީ ގިނަ ވިޔަފާރިތަކެއް ދިއްދޫގެ އިތުރުން މާލޭގައި ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ފަރާތެކެވެ. ކޭޑީ ލޮޖިކްސް އަދި ކޭޑީ ކޮންސްޓްރަކްޝަން އަކީ މިވަގުތު މިވަގުތު އެފަރާތުން ހިންގަމުން ގެންދާ ބައެއް ވިޔަފާރިތަކެވެ.
ކޭޑީ ލޮޖިކްސްގެ ދަށުން ހެވީ މެޝިނަރީސް ކުއްޔަށް ދިނުމާއި ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ތަކެތި ރަަށްރަށަށް އުފުލުމުގެ މަސައްކަތް ކުރަމުންދާއިރު، ކޭޑީ ކޮންސްޓްރަކްޝަންގެ ދަށުން ސަރުކާރުގެ ތަފާތު ޕްރޮޖެކްޓުތައް ގިނަރަށްރަށުގައި ހިންގުމާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!