މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލި ނެގުމުން ފީވަކު ކައުންސިލަށް 83،525 ރުފިޔާގެ ޖޫރިމަނާއެއް

ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލި ނެގުމުން ފީވަކު ކައުންސިލަށް 83،525 ރުފިޔާގެ ޖޫރިމަނާއެއް

ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލިނެގުމުން ފީވަކު ކައުންސިލަށް 83،525 ރުފިޔާ އިން ޖޫރުމަނާ ކޮށްފި އެވެ. އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، ފީވަކު ކައުންސިލު ޖޫރިމަނާ ކޮށްފައިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ނެވެ. އީޕީއޭ އިން ވިދާޅުވީ އެރަށު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ އެ އެ ޖެންސީއަށް 07 އޮކްޓޯބަރު 2022 ގައި ލިބިފައިވާ ކަމަށެވެ. އެ އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، ހާމަވެފައިވަނީ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ގެންގޮސްފި

ހދ. ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ކުޅުދުއްފުށީ އެއާޕޯޓުގ...

އަޙްމަދު ވަހީދު
ތިލަދުންމަތީ ހުނަރުވެރިން: އިއްޒަ، ހަތަރު ފާރުގެ ތެރެއިން އުދުހިގަތް ޝާއިރާ

ތިލަދުންމަތީ ހުނަރުވެރިން: އިއްޒަ، ހަތަރު ފާރުގެ ތެރެއިން އުދުހިގަތް ޝާއިރާ

ހދ. މަކުނުދޫއަށް އުފަން އިއްޒާ އަޙުމަދު ނިޒާރު ޅެންވެރިކަމުގެ ގުލްޒާރުގައި އާންމު ނަމުންނަމަ އިއްޒަ އަކީ ކުރީއްސުރެ ވެސް އަޅުގަނޑުގެ ގާތް އެކުވެރިއެކެވެ. އޭރުވެސް އިއްޒައަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއްގެ ގޮތުގައި ސްކޫލް މުދައްރިސުންނަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެނަސް އޭނާގެ ކިބައިގައި ފޮރުވިފައިވާ ޅެންވެރިކަމުގެ ހުނަރު ހުރިކަން އޭރު ޚުދު އިއްޒައަކަށް ވެސް ނޭނގެއެވެ. އެއަހަރު ސްކޫލްގައި ބޭއްވި އަދަބީ ހަރަކާތްތަކަށް ކުދިން ތައްޔާރުކޮށްދިނުމުގައި އިސްދަރިވަރެއްގެ ޙައިޞިއ...

ސަލާމާ ޢަބްދުލް ޢަލީމް
ފޭދޫ ކައުންސިލުން ތަރައްގީކުރި ޕްރީސްކޫލް ހުޅުވައިފި 📍 ށ. ފޭދޫ

ފޭދޫ ކައުންސިލުން ތަރައްގީކުރި ޕްރީސްކޫލް ހުޅުވައިފި

ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްގީކުރި ޕްރީސްކޫލް މިއަދު ހުޅުވައިފިއެވެ. މި ޕްރީސްކޫލް ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު 16:30 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް އެވެ. ފޭދޫގެ ހުޅުނގުކޮޅުގައި، ކައުންސިލް އިދާރާ ކައިރީ ތަރައްގީކޮށްފައިވާ މި ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޭދޫ ކައުންސިލަރުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން އެ ޕްރީސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މު...

ޙުސައިން ޝަހުދީ
ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އަމީން އިސްތިއުފާ ދެއްވައިފި 📍 ހދ. ކުމުންދޫ

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އަމީން އިސްތިއުފާ ދެއްވައިފި

ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް، އަމީން މުހައްމަދު ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އަމީން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން މި ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދިނުމަށް ހުށަހަޅާ ކަމަށެވެ. އަމީން ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، އޭނާގެ ފުރިހަމަ […]

މުޙައްމަދު އަފްރާޙް
ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ބޭއްވި ދުވުން ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ބޭއްވި ދުވުން ނިންމާލައިފި

ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ބޭއްވި “ހެލްޕް ރަން” ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ. މި ދުވުން އިންތިޒާމުކުރި ނެއްލައިދޫ އެންޕަވަމެންޓް އެންޑް ރެކްރިއޭޝަން ޔުނިޓީ (ނެރު) ޖަމިއްޔާއިން ވިދާޅުވީ، މި ދުވުމުގައި ގިނަ އަދަދެއްގެ ކުދިންނާއި މީހުން ބައިވެރިވެފައިވާކަމަށެވެ. މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 3 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. 18 އަހަރުން ދަށާއި 19 އަހަރާއި 35 އަހަރާއި ދެމެދު އަދި 36 އަހަރުން މަތީގެ މީހުންނަށް ފުރުޞަތު […]

އަލީ އާދިލް
ހޯރަފުށީ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ގާއިމު ކުރާ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިއީ ވަރަށް ތަފާތު ގޮތަކަށް ތައްޔާރުކުރެވޭ ޕާކެއް ކަމަށާއި ރީތި، ފުރިހަމަ ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ. މިއީ އެރަށު ފެނަކަ ބްރާންޗުގެ ޕީއެސްއާރް އާއި ރަށު ކައުންސިލާއި ޑަބްލިއުޑީސީ ބެޖެޓުން ހަރަދުކޮށްގެން ގާއިމުކުރާ ޕާކެއް ކަމަށް ވެސް […]

މުޙައްމަދު އަފްރާޙް
ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅަން ބިޑަށް 📍 ށ. ފުނަދޫ

ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅަން ބިޑަށް

ށ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ. ފުނަދޫ އަކީ މިހާރު ވެސް ށ. އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައި ހުންނަ ރަށެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމުން، ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް -/1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަ...

މުޙައްމަދު އަފްރާޙް
ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި އަދި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖ...

އިބްރާހިމް ޚަލީލް
ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ ރައީސް ނަޝީދަށް: ށ. ރައީސް

ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ ރައީސް ނަޝީދަށް: ށ. ރައީސް

ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މީގެރެއިން ޝިޔާންޓޭ ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ. ނަޝީދަށް ތާއީދު ކުރަށްވާ ސަބަބު ހާމަކުރަށްވައި ޝިޔާންޓޭ ދެއ...

ޔުމްނާ ޢަލީ
ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި

ހއ. ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އިމާރާތުގެ މަސައްކަަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެ މަތީން ނެވެ. އަދި ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ...

މުޙައްމަދު އަފްރާޙް
ތިލަދުންމަތީގެ ފުރަތަމަ "ލޯކަލް އޮތޯރިޓީ ކުންފުނި" ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަނީ 📍 ހއ. ކެލާ

ތިލަދުންމަތީގެ ފުރަތަމަ "ލޯކަލް އޮތޯރިޓީ ކުންފުނި" ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަނީ

ތިލަދުންމަތީގެ ފުރަތަމަ “ލޯކަލް އޮތޯރިޓީ ކުންފުނި” ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަން ތައްޔާރު ވެއްޖެ އެވެ. މިކަމާއި ގުޅިގެން ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު ”ތިލަދުން” އަށް ވިދާޅުވީ އެ ކުންފުނީގެ ފުރަތަމަ އިންވެސްޓަކީ ރަށުގެ ގޭ ބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ކަމަށެވެ. އެގޮތުން މި ހިދުމަށް މިއަހަރު އެއް މިލިއަން ރުފިޔާގެ އިންވެސްޓްކޮށް، މުވައްޒަފުން ނަގައިގެން މާރިޗު މަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ […]

މުޙައްމަދު އަފްރާޙް
ދިއްދޫގައި ފަޔަރ ސްޓޭޝަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ފަޔަރ ސްޓޭޝަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވަގުތީ ފަޔަރ ސްޓޭޝަނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސުން އިޢުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި އެފްއާރުއެސް ސަބްސްޓޭޝަނެއް ގާއިމް ކުރުމުގެ ގޮތުން މިހާރު ހުރި އިމާރާތް މަރާމާތުކޮށް، އައު ވެހިކަލް ގަރާޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މިހާރު ހުރި އިމާރާތުގެ ކުޑަ ދޮރުތައް މަރާމާތު ކުރުމާއި، ބަދަލުކުރަން ޖެހޭ ދޮރުތައް ބަދަލުކުރުމާއި، އެ އިމާރާތުގެ އެތެރޭގެ ފާރުތައް ރޭނުމާއި ސީލިންގ މަސައްކަތާއި...

އިބްރާހިމް ޚަލީލް
އެއާޕޯޓްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް، ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ 📍 ހދ. ހަނިމާދޫ

އެއާޕޯޓްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް، ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު އެ އެއާޕޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުއެވެ. އެ އެއާޕޯޓް ބޮޑުކުރުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވާތީ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަ ކު...

އިބްރާހިމް ޚަލީލް
ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި 📍 ށ. ނޫމަރާ

ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި

ށ. ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި އެވެ. މިއީ އެ އަތޮޅު ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ރަށު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު އަންހެން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މިއީ ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕް ހިންގުމުގެ މައިގަނޑު […]

މުޙައްމަދު އަފްރާޙް