މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީގައި ސްކޭޓިން ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ސްކޭޓިން ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ސްކޭޓިންގ ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި އަދި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަ...

އިބްރާހިމް ޚަލީލް
މިލަންދޫ "ސައުންތް ލިންކް" ގިވް އަވޭގެ ނަސީބުވެރިން ހޮވުން މި މަހު 27 ގައި! 📍 ށ. މިލަންދޫ

މިލަންދޫ "ސައުންތް ލިންކް" ގިވް އަވޭގެ ނަސީބުވެރިން ހޮވުން މި މަހު 27 ގައި!

ށ. އަތޮޅުގައި ވެސް ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު ގިވްއަވޭ ކަމުގައިވާ، ށ. މިލަންދޫ ‘ސައުތް ލިންކް’ ފިހާރައިން ކުރިއަށް ގެންދިޔަ ގިވް އަވޭގެ ނަސީބުވެރި ފަރާތްތައް ހޮވުމަށް ތައްޔާރު ވެއްޖެ އެވެ. މިއީ ނިމިދިޔަ 2022 ވަނަ އަހަރު އެ ފިހާރައިން ކުރިއަށް ގެންދިޔަ ގިވްއަވޭ އެކެވެ. މުޅި އަހަރުދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ގިވް އަވޭ ގައި 500 ރުފިޔާއިން މަތީގެ ވިޔަފާރި ކޮށްފައިވާ ކޮންމެ ފަރާތެއް ވަނީ ޝާމިލުވެފަ އެވެ. މި […]

މުޙައްމަދު އަފްރާޙް
އުލިގަމުގައި ބާއްވާ ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

އުލިގަމުގައި ބާއްވާ ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ބާއްވާ ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކަސްރަތު ޕްރޮގްރާމަކީ އުލިގަމު ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން އުލިގަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. މި މަހު 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި ޕްރޮގްރާމުގައި 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ...

އިބްރާހިމް ޚަލީލް
ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ކުޅުދުއްފުށީ ޓާފް ދަނޑު މަރާމާތަށް ބަންދުކޮށްފި 📍 ހދ. ކުޅުދުއްފުށި

ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ކުޅުދުއްފުށީ ޓާފް ދަނޑު މަރާމާތަށް ބަންދުކޮށްފި

ހދ.ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ހަދާފައިވާ ޓާފް ފުޓްސަލް ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، އެ ދަނޑު މަރާމާތަށް ބަންދު ކޮށްފިއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން އެ ދަނޑުގެ ޓާފް ބަދަލުކޮށް ކުރަންހުރި މަސައްކަތްތައް ނިމެންދެން ދަނޑު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. މަސައްކަތް ނިންމައި ދަނޑު ބޭނުން ކުރަންފެށޭނޭ ތާރީޚެއް ފަހުން އިޢުލާން ކުރާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަނޑުގެ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ސުކޫލުގެ ބެލެނިވެރިންގެ އުދާސްތައް، އެދެނީ އަވަސް ހައްލެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސުކޫލުގެ ބެލެނިވެރިންގެ އުދާސްތައް، އެދެނީ އަވަސް ހައްލެއް

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ މެދުގައި، އެ ދަރިވަރުން ހޯދާ ނަތީޖާއާއި ގުޅުވައި ޤައުމީ ފެންވަރެއްގައި ވަނަތައް ހޮވައި ހައްޤު ޝަރަފް ދެމުން އަންނައިރު، ރާއްޖޭގެ ރަށްފުށުގައި ހުރި ސްކޫލްތަކުގައި ދަރިވަރުންގެ ތަޢުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ޤާއިމް ކުރެވިފައިވޭތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. މިވަގުތު އެ ރަށު ސްކޫލުގައި ޖުމްލަ 630 އަށް...

އިބްރާހިމް ޚަލީލް
ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި

ށ. ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި އެވެ. މި ހިދުމަތް ފަށާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. މި ހިދުމަތާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް އަލީ ރަބީއު ‘ތިލަދުން’ އަށް ވިދާޅުވީ މިހައިތަނަށް ވެސް އެރަށުގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ ކުނިކޮއްޓެއް ނެތް ކަމަށެވެ. އެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދެވިނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އަޅަމުން ގެންދިއުމުގެ ސަބަބުން ރައްކާތެރި ގޮތުގައި […]

މުޙައްމަދު އަފްރާޙް
އާރްޓީއެލް ފެރީއެއް ނޫމަރާ ނެރު މައްޗަށް އުރިއްޖެ 📍 ށ. ނޫމަރާ

އާރްޓީއެލް ފެރީއެއް ނޫމަރާ ނެރު މައްޗަށް އުރިއްޖެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީއެއް ށ. ނޫމަރާ ނެރު މައްޗަށް އުރުމުގެ ހާދިސާއެއް ހިނގައިފިއެވެ. މިކަމާއި ގުޅިގެން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ”ތިލަދުން” އަށް ވިދާޅުވީ އެ ފެރީ އަކީ އެރަށުގައި މަޑުކުރާ ފެރީއެއް ކަމަށާއި ނެރުމައްޗަށް އުރުނީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ލޯންޗުގެ ކަނާތްކޮޅުގެ ރާޅެއް އަރައިގެން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ލޯންޗުގެ ދިހަވަރަކަށް ފޫޓުގެ ރެނދެއްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. […]

މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ހުނަރުވެރިން: މަންމަ ގަނެދިން ކުޑަ ކެމެރާއަކުން ފޮޓޯގެ ދުނިޔެއަށް

ތިލަދުންމަތީ ހުނަރުވެރިން: މަންމަ ގަނެދިން ކުޑަ ކެމެރާއަކުން ފޮޓޯގެ ދުނިޔެއަށް

” މަންމާ! އަޅުގަނޑު ވަރަށް ފޮޓޯ ނަގާހިތްވޭ!  ފޮޓޯނަގާ މީހަކަށް ވާންބޭނުމީ!” ގްރޭޑް 5 ގައި ކިޔަވަމުންދިޔަ ދަރިފުޅުގެ އެ ޖުމްލަތައް މަންމަގެ ހިތުގައި ބިންވަޅުނެގުނެވެ. އެހެންކަމުން މާލެ ދެވުނުހާ އަވަހަކަށް ދަރިފުޅަށް ކުޑަކުޑަ ކެމެރާއެއް ގަނެދީ، އެދުވަހު ދަރިފުޅު އުފަލުން ހެއްވާލިއެވެ. ސަޕްރައިޒަކަށް މަންމަ ދިން އެ ކުޑަކެމެރާ ވެގެންދިޔައީ ހދ. ކުޅުދުއްފުށީ އަޙްމަދު އިފާއު އިބްރާހީމް ( އިފޫ ) 20އ، ފޮޓޯގެ ދުނިޔެއަށް ވަންނަން ހުޅުވުނު މައިދޮރަށެވެ. ” އިފޫ ވަރަށް ކުޑައިރުވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
ހަނިމާދޫން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުން މި މަހު 16 ގައި

ހަނިމާދޫން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުން މި މަހު 16 ގައި

ހދ. ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަމްބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މި މަހު 16 ވަނަ ދުވަހު ބޭއްވުމަށް އެ ރަށު ކައުންސިލުން ތާވަލު ކޮށްފިއެވެ. ގުރުއަތުލުން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމަށް ގޯތި ލިބޭ އެންމެހާ ފަރާތްތައް ހާޟިރުވުމަށް ކައުންސިލުން ވަނީ އެދިލައްވައެވެ. އެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، އައިޑީކާޑު ނުވަތަ […]

އިބްރާހިމް ޚަލީލް
ކޭއާރުއެޗްގެ ސީއީއޯ ޑޭވިޑް ހުންނެވީ ރައީސް ފަޅީގައި

ކޭއާރުއެޗްގެ ސީއީއޯ ޑޭވިޑް ހުންނެވީ ރައީސް ފަޅީގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ހުންނެވިކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަހްމަދު ދާއޫދު (ޑޭވިޑް) ހާމަކުރައްވައިފިއެވެ. ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޑޭވިޑް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނާއި، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރިކަމ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ޕްރޮޖެކްޓްތައް ސުލޯކަމަށް ވިދާޅުވެ، ޔާސިރުގެ ތާއީދު ނަޝީދަށް

ކުޅުދުއްފުށީގެ ޕްރޮޖެކްޓްތައް ސުލޯކަމަށް ވިދާޅުވެ، ޔާސިރުގެ ތާއީދު ނަޝީދަށް

ހދ. ކުޅުދުއްފުށި ސިޓީގައި މި ސަރުކާރުން ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ސުލޯކަމަށް ވިދާޅުވެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރެއްވުމަށް ނިންމަވައިފި އެވެ. ޔާސިރު މިކަން އިޢުލާން ކުރެއްވީ މިއަދު މީސްމީޑިޔާގައި ރައީސް ނަޝީދުގެ ޕޮޓޯއެއް ހިއްސާކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ. މި ފާއިތުވެދިޔަ 4 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ކުރ...

އަލީ އާދިލް
ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ށ. ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ އިތުރުން އެ ސްކޫލްގެ ވަށާފާރު މަސައްކަތް ވެސް ބަޔަކާއި ހަވާލުކޮށްފައެވެ. އެ މިނިސްޓްރީން ވިދާޅުވިގޮތުގައި ފީވަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަދި ވަށާފާރުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީއާ، ޔެސް މޯލްޑިވްސް އާއި ދެމެދު ސޮއިކޮށްފައި ވަނީ މިދިޔަ ހޯމަ ދު...

ޔުމްނާ ޢަލީ
ސާއްބަ އެނިވާސަރީ ކަޕްގެ ޗެމްޕިއަންކަން އަހުލީއަށް

ސާއްބަ އެނިވާސަރީ ކަޕްގެ ޗެމްޕިއަންކަން އަހުލީއަށް

ހދ.ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަހުލީ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗު އަހުލީ ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ރިއަލް ސްޓާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަނީ

ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަނީ

ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަން ނިންމައިފި އެވެ. މި ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ށ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، މި ކޯހަކީ ޝަހީބް މީޑިއާ އާ ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ. މި ކޯސް ހިންގުމަށް ނިންމާފައިވަނީ މި ޖެނުއަރީ މަހުގެ 15 އިން 19 އަށް ށ. ފުނަދޫ ގައެވެ. ކޯހުގެ ކުލާސްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 2 ޖަހަންދެން ނެވެ. ހިލޭ […]

މުޙައްމަދު އަފްރާޙް
ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް! 📍 ހދ. ނައިވާދޫ

ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް!

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ އަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް އެރަށުގެ ޒުވާނުންނަކީ ފުޓްބޯޅައިގައި ހުނަރުން ފުރިގެންވާ ބައެކެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނި، ހާމަވެގެންދިޔައީ އެ ހުނަރުވެރިންގެ މުސްތަގުބަލެވެ. ފުޓްބޯޅައަށް މަރުދޭ، އެ ޒުވާނުންގެ ތަސައްވަރަށް ކުރާނެ ނޭދެވޭ އަސަރެވެ. އެ ފޮޓޯތަކަށް ބަލައިލުމުން ސުވާލު އުފެދުނީ ހުނަރުވެރިން ތިބޭ މިފަދަ ރަށްރަށުގައި މިގޮތަށް ކަންކަން ހިނގަމުންދާއިރުވެސް، ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް...

މުޙައްމަދު އަފްރާޙް