ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި އަދި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހޭއިރު، މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ އެއް މަސްދުވަހުގެ މުއްދަތަށް ހުށަހަޅަން ޖެހެއެވެ.
ކޮންމެ ފަރާތަކަށް ވެސް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެއް އަންދާސީ ހިސާބެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވާ ހޯމަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) ގައެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލުމަށް ހަމަޖެހިފައި ވަނީ ވޭތުވެދިޔަ 5 އަހަރު މިބާވަތުގެ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!