ހއ. ކެލައާއި ހދ. ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.

ކެލާގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމުގެ މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.

Ad
rt

ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ ހުށަހަޅަން ޖެހެއެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.

ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމުގެ މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.

ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ ހުށަހަޅަން ޖެހެއެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.

ކެލާ:

https://storage.googleapis.com/gazette.gov.mv/docs/iulaan/113310.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/113311.xls

https://storage.googleapis.com/gazette.gov.mv/docs/iulaan/113312.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/113312.pdf

ނައިވާދޫ:

https://storage.googleapis.com/gazette.gov.mv/docs/iulaan/113313.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/113314.xls

https://storage.googleapis.com/gazette.gov.mv/docs/iulaan/113315.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/113315.pdf