މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ނޮޅިވަރަމު ކައުންސިލް އިދާރާ އިން ވިދާޅުވެފައިވަނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ ރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އެ ކުލަބުން ދިވެހި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުން ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައ...

އިބްރާހިމް ޚަލީލް
މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި އެެރަށު ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، ރަމަޟާން މަހަށް އެރަށު މިސްކިތްތައް އާބާތުރަ ފިލުވުމަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އެރަށު މަސްޖިދުއް ތަގުވާއާއި މަސްޖިދުއް ސިއްދީގު އަދި މަސްޖިދުއް ނޫރު ގެ އާބާތުރަ ފިލުވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފ...

މުޙައްމަދު އަފްރާޙް
ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 9 ވަ...

އިބްރާހިމް ޚަލީލް
މަސްތުވާތަކެތިން މީހުން ދުރުކުރުމަށް ހިންގާ ޕްރޮގްރާމް މިއަހަރު ފަސް ރަށެއްގައި 📍 ހދ. ކުޅުދުއްފުށި

މަސްތުވާތަކެތިން މީހުން ދުރުކުރުމަށް ހިންގާ ޕްރޮގްރާމް މިއަހަރު ފަސް ރަށެއްގައި

ޑްރަގް ރިހިބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމް މިއަހަރު ރާއްޖޭގެ ފަސް ރަށެއްގައި ފަށަން ތައްޔާރުވަމުން އަންނަކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ މަސްތުވާތަކެތިން މީހުން ދުރުކުރުމަށް ހިންގާ މި ޕްރޮގްރާމް ރާއްޖޭގެ ފަސް ރަށެއްގައި މިއަހަރު ފަށާނެ ކަމަށެވެ. މި ޕްރޮގްރާމުތައް ކުރިއަށް ގެންދާނީ ހޮސްޕިޓަލްތަކާއި ހެލްތުސެންޓަރުތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ. އެފަދަ ފުރަތަމަ ޕްރޮގްރާމް...

މުޙައްމަދު އަފްރާޙް
އައު އޯޕީޑީގެ ޚިދުމަތް ފެށުމާއެކު ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު އަންނާނެ: ކޭއާރުއެޗު 📍 ހދ. ކުޅުދުއްފުށި

އައު އޯޕީޑީގެ ޚިދުމަތް ފެށުމާއެކު ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު އަންނާނެ: ކޭއާރުއެޗު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލް ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗުން ވިދާޅުވީ، އެ ހޮސްޕިޓަލްގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލްގައި ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ވަނީ ބަދަލު ގެނައުމަށް ހަމަޖެހިފއެވެ. އަދި ބޭސް އެޅުމާއި ލެބޯޓަރީ ސާމްޕަލް ނެގުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ރޭގަނޑު 19:00 […]

ޔުމްނާ ޢަލީ
މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ހިންގަންނިންމާފައިވާ ޕްރޮގްރާމްގެ ތައްޔާރީތައް ކުރިއަށް 📍 ހދ. ކުޅުދުއްފުށި

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ހިންގަންނިންމާފައިވާ ޕްރޮގްރާމްގެ ތައްޔާރީތައް ކުރިއަށް

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީ ސިޓީގައި ހިންގަންނިންމާފައިވާ ޕްރޮގްރާމްގެ ތައްޔާރީތަކާގުޅޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. މިގޮތުން ޕްރޮގްރާމާބެހޭ މައުލޫމާތު ހާމަކުރަށްވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ކޮމިއުނިޓީ ބޭސ...

ޔުމްނާ ޢަލީ
ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ. ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި މި މަހު 19 ވީ ބުރާސްފަތި ދުވަހުގެ ރޭ އެ ކައުންސިލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ހަފްލާގައި ވަނީ ލޯގޯގެ އިތުރުން އެ ކައުންސިލުގެ ދިދައާއި، ސްޓާފް ކާޑާއި ލެޓަހެޑުގެ އިތުރުން ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް […]

އިބްރާހިމް ޚަލީލް
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް ފުރުޞަތު ބޮޑީ ނަޝީދު ހޮވައިގެން: މޭޔަރު އާތިފް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް ފުރުޞަތު ބޮޑީ ނަޝީދު ހޮވައިގެން: މޭޔަރު އާތިފް

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކުރަން ފަސޭހަވާނީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދު ހޮވައިގެންކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މޭޔަރ ވަނީ އެމްޑީޕީއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުންތައް ވ...

އިބްރާހިމް ޚަލީލް
ފުނަދޫގައި ހިންގި ބޭސިކް ވޮލީ ކޯޗިން ކޭމްޕު ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ހިންގި ބޭސިކް ވޮލީ ކޯޗިން ކޭމްޕު ނިންމާލައިފި

ށ. ފުނަދޫ ކަނބަލުންނަށް ހިންގި ބޭސިކް ވޮލީ ކޯޗިން ކޭމްޕު ނިންމާލައިފިއެވެ. މި ކޭމްޕާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެރަށު ޑަބްލިއުޑީސީ ގެ ރައީސާ ފަރުޒާނާ އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކޭމްޕު ހިންގީ މި މަހުގެ 3 ން 17 ގެ ނިޔަލަށް ކަމަށެވެ. އަދި 21 ކަނބަލުން ބައިވެރިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ކޭމްޕު ހިންގުމަށް ނިންމާފައި އޮތީ 10 ދުވަހަށް ނަމަވެސް ‘ރެސްޓް’ ދުވަސްތަކާއެކު މުއްދަތު އިތުރުކުރީ ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ކޭއާރްއެޗްގެ އައު އޯޕީޑީގެ ހުޅުވުމުގެ ތައްޔާރީތަކަށް އަންނަ ހޯމަ ދުވަހު ބައެއް ޚިދުމަތްތައް ބަންދު 📍 ހދ. ކުޅުދުއްފުށި

ކޭއާރްއެޗްގެ އައު އޯޕީޑީގެ ހުޅުވުމުގެ ތައްޔާރީތަކަށް އަންނަ ހޯމަ ދުވަހު ބައެއް ޚިދުމަތްތައް ބަންދު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ އައު އޯޕީޑީގެ ޚިދުމަތްފެށުމުގެ ތައްޔާރީތަކަށް އެ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް މި ޖެނުއަރީ މަހުގެ 23 ވާ ހޯމަ ދުވަހު ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗުގެ 24 ރޫމުގެ އައު އޯޕީޑީ ބްލޮކްގެ ހިދުމަތް ފެށުމަށް އަންނަ ހޯމަ ދުވަހު ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވަނީ ހާއްސަ ބަލިތަކާއި ބެހޭ ޑޮކްޓަރުންގެ އޯޕީޑީ އާއި ލެބޯޓްރީ ހިދުމަތް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެންނަމަވެސް އެމާޖެންސީގައި ފޯރުކޮށްދޭންޖެހޭ ފަރުވާއާ...

މުޙައްމަދު އަފްރާޙް
ތަކަންދޫ ކައުންސިލް ބައި-އިލެކްޝަން: ގޮނޑި އެމްޑީޕީއަށް 📍 ހއ. ތަކަންދޫ

ތަކަންދޫ ކައުންސިލް ބައި-އިލެކްޝަން: ގޮނޑި އެމްޑީޕީއަށް

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލުގެ އަންހެން މެމްބަރު ހޮވުމަށް ބޭއްވި ބައި އިލްކްޝަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކޮށްފިއެވެ. މި އިންތިހާބު މިއަދު ބާއްވާފައިވާއިރު، ވާދަ ކޮށްފައި ވަނީ ދެ މެމްބަރެކެވެ. އެއީ އެމްޑީޕީ ޓިކެޓުގައި ވާދަކުރި ފާތިމަތު ޝައުފާއާއި އަމިއްލަ ގޮތުން ވާދަކުރި ފަހީމާ މުޙައްމަދެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 675 ފަރާތަކަށް ލިބިފައިވާއިރު، ވޯޓް ލާފައި ވަނީ 448 ފަރާތެކެވެ. ސައްހަ ވޯޓްގެ ގޮތުގައި 440 ވޯޓް ކަނޑައަޅާފައިވާއިރު […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ހުނަރުވެރިން: ސަމަދުބޭ ކަނބުރުވެރިކަން ކުރާތާ 52 އަހަރު، ބޭނުންވަނީ ހިތްވަރު! 📍 ށ. ކަނޑިތީމު

ތިލަދުންމަތީ ހުނަރުވެރިން: ސަމަދުބޭ ކަނބުރުވެރިކަން ކުރާތާ 52 އަހަރު، ބޭނުންވަނީ ހިތްވަރު!

އެންމެ ފުރަތަމަ ކަނބުރުވެރިކަމުގެ މަސައްކަތްތައް ފެންނަން ފެށީ ބައްޕަގެ ކަނބުރުގެއިންނެވެ. އޭރު ބައްޕަ ގާތަށް ގޮސް ކަނބުރުގޭގައި ހުންނަނީ ކޮންމެހެން އެ މަސައްކަތް ދަސްކުރާކަށް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ފެންނަ ކަންތައްތަކަށް ވާތީ ކަނބުރުވެރިކަމަށް ކޮންމެވެސް ވަރަކަށް އޭރު ޝައުޤުވެރިކަން އުފެދުނެވެ. ށ. ކަނޑިތީމު ޢަބްދުއްސަމަދު ޙުސައިން (ސަމަދުބޭ) މަދަރުސީ ޙަޔާތް ނިންމާލީ ރަށު މަދަރުސާއިންނާއި މާލޭ އީ.ޕީ.އެސް އިންނެވެ. އެއަށްފަހު އާމްދަނީ ހޯދުމަށް ކޮންމެވެސް ކަމެއް ކުރަން ބޭނުންވިއެވެ. އ...

ސަލާމާ ޢަބްދުލް ޢަލީމް
މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ފަށައިފި 📍 ނ. މާފަރު

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ފަށައިފި

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން ޖެޓް ފިއުލް ވިއްކަން ފަށައިފި އެވެ. އައިލެންޑް އޭވިއޭޝަން ސަރވިސް (އައިއޭއެސް) އިން ބުނީ އެ އެއަރޕޯޓަށް އަންނަ ޖެޓްތަކަށް ބޭނުންވާ ތެޔޮ ދާއިމީކޮށް ފޯރުކޮށްދިނުމަށް ހަދަން ޖެހޭ ސެޓަޕްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އަދި މިވަގުތު އެކަން ފެށީ އެކަމަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނާތީ ކަމަށެވެ. އެ އެއަރޕޯޓަށް ފައިބެއަހަރު 228 ޖެޓް ބަނދަރުކޮށްފައިވާއިރު، ބައިނަލްއަގުވާމީ ފްލައިޓުތަކުން އެ އެއަރޕޯޓަށް 1،571 ޓޫރިސްޓުން ވަނީ ދަތުރުކޮށްފައެވެ. […]

މުޙައްމަދު އަފްރާޙް
އިހަވަންދޫ ޒުވާނުންގެ ގްރޫޕަކަށް ފެނުނު ކިނބުލެއް ހިފައި، ސިފައިންނާއި ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޒުވާނުންގެ ގްރޫޕަކަށް ފެނުނު ކިނބުލެއް ހިފައި، ސިފައިންނާއި ހަވާލުކޮށްފި

ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު ހއ. އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް ފެނުނު ކިނބުލެއް ސިފައިންނާއި ހަވާލުކޮށްފިއެވެ. މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި، ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް މިއަދު ވަނީ ކިނބުލެއް ފެނިފައެވެ. އެ ކިނބޫ ފެނިފައި ވަނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލިފިނޮޅާއި ހުވަހަންދޫއާ ދެމެދުންނެވެ. ”ކިނބޫފެނުމުން އެސޮރު ގެއްލިދާނެ ކަމުގެ ބިރުއޮތުމުން ޑިންގީގައި އެވަގުތު ތިބި 4 ޒުވާނުންގެ ހުށިޔާރުކަމާއެކު ވަރަށް ރައް...

މުޙައްމަދު އަފްރާޙް
ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރުމުގައި ބެލުމަށް ހަމަޖެ...

އިބްރާހިމް ޚަލީލް