ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު ހއ. އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް ފެނުނު ކިނބުލެއް ސިފައިންނާއި ހަވާލުކޮށްފިއެވެ.

މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި، ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް މިއަދު ވަނީ ކިނބުލެއް ފެނިފައެވެ. އެ ކިނބޫ ފެނިފައި ވަނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލިފިނޮޅާއި ހުވަހަންދޫއާ ދެމެދުންނެވެ.

Ad
rt

''ކިނބޫފެނުމުން އެސޮރު ގެއްލިދާނެ ކަމުގެ ބިރުއޮތުމުން ޑިންގީގައި އެވަގުތު ތިބި 4 ޒުވާނުންގެ ހުށިޔާރުކަމާއެކު ވަރަށް ރައްކާތެރިކަމާއެކު ކިނބޫ އަތުލާގަނެ ކޯސްޓުގާޑުގެ ބޭފުޅުންނާ ވަނީ ހަވާލުކޮއްފައި'' މަސްވެރި އިހަވަންދޫގައި ބުނެފަވެއެވެ.

ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ވިދާޅުވީ، މިއީ ގާތްގަޑަކަށް 6 ފޫޓުގެ ކިނބުލެއް ކަމަށެވެ. މިއަދު ރާއްޖެއިން ކިނބުލެއް ފެނިފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހުވެސް ގާތްގަނޑަކަށް 14 ފޫޓު ހުރި އެ ކިނބުލެއް ވަނީ ހިފާފަ އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ކައިރިން ފެނުނު މި ފެނުނު މި ކިނބޫ ހޯދުމަށް ސިފައިން މަސައްކަތް ކުރަމުން ދަނިކޮށް މި ކިނބޫ ފެނިފައި ވަނީ މި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ 8:30 ހާއިރު ބޮލިދިއްފަރުގެ ދެކުނުފަރާތު ފަރުމަތިން މޫދުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.