މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެ ސަރަހައްދުން ނެގި ބައެއް ބޮޑެތިގަސްތައް ކައުންސިލުގެ ހުއްދަ ނުހޯދައި އެ ރަށުން ބޭރުކުރާ މައްސަލައެއް މިދިޔަ މާޗު މަހުގެ ފަހުކޮޅު ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ އެ ކައުންސިލުން ވަނީ އީޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. [...

ޔުމްނާ ޢަލީ
ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް 📍 ހއ. ހޯރަފުށި

ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް

ޗާގޮސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ހިކުމަތާއި ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށް ތިލަދުންމަތި އުތުރުބުރީ ހޯރަފުށި ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ ރާއްޖެއާއި މޮރިޝަސް އާއި ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރަށްފަހު، ދިވެހިން ބޭނުންވިގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އިޓްލޮސްގެ ނިންމުމާއި ގުޅިގެން 4687 އަކަ ކިލޯ މީޓަރުގެ ބޮޑުބައެއް ރާއްޖެއަށް ވަނީ ލިބިފައެވެ. […]

މުޙައްމަދު އަފްރާޙް
ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި 📍 ށ. ފުނަދޫ

ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި

ށ. ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސް ހިބަރެއް ބާނައިފިއެވެ. ފުނަދޫ ހުވަނދު، ހުސައިން ވަހީދު ބޭނި މި މަސްހިބަރުގެ ބަރިދަނިގައި 308 ކިލޯ އަދި ދިގުމިނުގައި 12 ފޫޓް 7 އިންޗި ހުއްޓެވެ. މިއީ މިހާތަނަށް ފުނަދޫއަށް ބޭނި އެންމެ ބޮޑު މަސްހިބަރެވެ. އޭނާ މި ހިބަރު ބާނާފައި ވަނީ އިއްޔެ މެންދުރުފަހު ފުނަދޫ އިރުން 11 މޭލު ބޭރުންނެވެ. މި ހިބަރު އެ ރަށަށް ގެނެސްފައި ވަނީ ދޯންޏަށް ތުންގަނޑުން ބައެއް ނަގައި އައްސައި […]

އިބްރާހިމް ޚަލީލް
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 04 މެއ...

އިބްރާހިމް ޚަލީލް
ޒުވާން މަސްވެރިޔާ މި ކިޔައިދެނީ ހއ. އަތޮޅުގެ މަސްވެރިކަމާގުޅޭ ސީރިއަސް ވާހަކަތަކެއް

ޒުވާން މަސްވެރިޔާ މި ކިޔައިދެނީ ހއ. އަތޮޅުގެ މަސްވެރިކަމާގުޅޭ ސީރިއަސް ވާހަކަތަކެއް

ތިލަދުންމަތީ އުތުރުބުރިއަކީ ކުރިން ވަރަށް މަސްވެރި އަތޮޅެކެވެ. މި ގަރުނު ފެށުމުގެ ކުރިން އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގައި ހެން އައީ މަސްވެރިކަން ކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭރު އެ އަތޮޅުގައި މަހަށް ފުރާ ޖުމްލަ 232  އޮޑި އޮވެއެވެ. ނަމަވެސް މި ގަރުނު ފެށި، ފާއިތުވީ ބާވީހަކަށް އަހަރުތެރޭ އެ އަދަދު ވަނީ ހައިރާން ކުރުވަނިވި މިންވަރަށް ދަށަށް ގޮސްފައެވެ. ބައެއް ރަށްރަށުން މަސްވެރިކަން އެއްކޮށް ނެތިގޮސްފައިވާއިރު، މިހާރު މުޅި އަތޮޅުގައި އޮތީ […]

އިބްރާހިމް ޚަލީލް
ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިއީއެސް ޔުނިޓުގެ މަސައްކަތާއެކު 3 މަޝްރޫއަކަށް އިންޑިއާގެ ހިލޭ އެހީ

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިއީއެސް ޔުނިޓުގެ މަސައްކަތާއެކު 3 މަޝްރޫއަކަށް އިންޑިއާގެ ހިލޭ އެހީ

ތިން މަޝްރޫއެއް ހިންގުމަށް އިންޑިއާ އިން ރާއްޖެއަށް 2.73 މިލިއަން ރުފިޔާ ދީފިއެވެ. މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ކުރިއަށް ގެންދާ 3 މަޝްރޫޢު ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް ދިން އެހީއެކެވެ. މި ފައިސާ ބޭނުން ކުރެވިގެންދާނީ ގދ. ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް” ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި،އެ އަތޮޅު ތިނަދޫ  އަބޫބަކުރު ސްކޫލާއި ލ. ގަން ޅައްދޫ ސްކޫލް އަދި […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓު މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މާރާމާރީއެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މާރާމާރީއެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ‘ތިލަދުން’ އަށް ބުނީ އެ މަސައްކަތްކުރާ ކުންފުނި، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ މުވައްޒަފުންގެ މެދުގައި ތަފާތުއެކި މައްސަލަތައް ޖެހެމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ގާތްގަޑަކަށް 500 އެއްހާ އިންޑިއާ މީހުން މަސައްކަތްކުރަމުން އަންނަ އެ ސައިޓުގައި މަސައްކަތުގެ ވަގުތާއި، ކެއުމަށް ހުންނަ ތަކެތީގެ މައްސަލާގައި ނުރުހި މީގެ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސްކޭޓް ޕާކެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ފަދަ ކުޅިވަރުތަކަށް ޔޫތު މިނިސްޓްރީގެ އެއްބާރުލުން ކުޑަކަން ފާހަގަކޮށް ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުޙައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ހަނިމާދޫ ސްކޫލްގެ ކުރިމައްޗަށް އޮންނަ ނިކަގަސް މަގުގެ ދެކުނު ފަރާތުގައި ހަނިމާދޫ ކައުންސިލުން ޚަރަދު ކޮށްގެން ސްކޭޓް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނިއިރު، އެތަނުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިން...

އިބްރާހިމް ޚަލީލް
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ރަނގަޅު ފެންވަރަށް ތަރައްގީކޮށް ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18,871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާ...

އަޙްމަދު ވަހީދު
އިއްޔެ އާއި މިއަދު ވެސް އެންމެ ހޫނު ގަދައީ ހަނިމާދޫ އަށް! 📍 ހދ. ހަނިމާދޫ

އިއްޔެ އާއި މިއަދު ވެސް އެންމެ ހޫނު ގަދައީ ހަނިމާދޫ އަށް!

މިއަދަކީ ވެސް ހޫނުގަދަ ދުވަހެއް ކަމުގައިވާތީ، ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ހާމަކޮށްފައިވާ ޑާޓާއިން ދައްކާގޮތުގައި ހަނިމާދޫގެ ހޫނުމިން 33.4 ގައި ހުރިއިރު، އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 43.9 ގައެވެ. އަދި ހުޅުލޭގައި ހޫނުމިން 32.5 ގައި ހުންނައިރު، އިހްސާސް ކުރެވޭ ހޫނުމިން 43.1 ގައި ކަމަށާއި ކައްދޫގައި ހޫނުމިން ހުންނާނީ 32.5 ގައި ކަމަށް ދައްކާއިރު، އިހްސާސް ކުރެވޭ ހޫނުމިން 42.3 ކަމަށް ވަނީ ބުނެފައެވެ. […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން އެސްޓީއޯ އަށް

ކުޅުދުއްފުށީ ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން އެސްޓީއޯ އަށް

ހދ.ކުޅުދުއްފުށީ ކުލަބް ކޮރަސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި” ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް 2023″ ގެ ޗެމްޕިއަންކަން އެސްޓީއޯ އިން ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ އޮފީސްތަކަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައި ވަނީ އިއްޔެއެވެ. އަންހެން ޓީމްތަކަށާއި ފިރިހެން ޓީމްތަކުގެ އިތުރުން ދެ ޖިންސް އެއްކޮށް ވެސް ޓީމް ހެދުމުގެ ފުރުޞަތު ދިން މި މުބާރާތުގައި ޖުމްލަ 25 ޓީމް މިއަހަރު ވަނީ ވާދަކޮށްފައެވެ. ޖުމްލަ 137.1 ކިލޯ މަސް […]

އިބްރާހިމް ޚަލީލް
މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފިއެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއަރޕޯޓުގެ ކޮންސެޕްޓް ޑްރޯވިންގ، ހައުސިންގ މިނިސްޓްރީން އެ ކައުންސިލަށް ފޮނުވާފައިވަނީ އެންމެފަހުން ރަސްމީ މަސައްކަތް ކުރި ދުވަސް ކަމަށްވާ ފިތުރު އީދު ދުވަހުގެ ކުރީދުވަހު ކަމަށެވެ. “އަޅުގަނޑުމެންނަށް ކޮންސެޕްޓް ޑްރޯވިން ވަނީ މިނިސްޓްރީން ފޮނުވާފަ. އެއީ އެންމެފަހު ރަސްމީ މަސައްކަތު ދުވަހު. މިހާރު...

މުޙައްމަދު އަފްރާޙް
ކެތިއަރާ މަސް ރޭހުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމަށް 📍 ހދ. ހަނިމާދޫ

ކެތިއަރާ މަސް ރޭހުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމަށް

ހދ. ހަނިމާދޫ “ކެތިއަރާ މަސްރޭސް 2023” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމުން ހޯދައިފިއެވެ. ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. ޢީދު ދުވަހު އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު އިއްޔެ ފިރިހެން ކެޓަގަރީގެ މަސް ރޭސް ވަނީ ބާއްވާފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން 118.4 ކިލޯ މަސް ބާނައިގެން ޓީމް ރަނޑުލަކި ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ 93.5 ކިލޯ މަސް ބޭނި […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރަން މަޖިލީހަށް ހުށަހަޅައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރަން މަޖިލީހަށް ހުށަހަޅައިފި

ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް ކަމުގައިވާ އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ވެސް މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އެކަމަށް 1 ހެކްޓަރުގެ ބިން އެރަށުން ހޯދަން ސަރުކާރ...

ޙުސައިން ޝަހުދީ
ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ

ހދ.ކުމުންދޫއާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ދެމެދު ދަތުރު ކުރާ ފެރީ ދޯނި ކުމުންދޫ ނެރު މައްޗަށް އުރިއްޖެއެވެ. “ކުރަނގި 2” ނަމަކަށް ކިޔާ މި ފެރީދޯނި ކުމުންދޫ ނެރުމައްޗަށް އުރި މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. މި މި ހާދިސާގައި މި ދޯނިން ދަތުރުކުރި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ދޯނޯގައި ހުރި ބައެއް މުދާގެއްލި ދޯންޏައް ވެސް ވަނީ ގެއްލުންވެފައެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު […]

އިބްރާހިމް ޚަލީލް