މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކެތިއަރާ މަސް ރޭހުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތައަށް 📍 ހދ. ހަނިމާދޫ

ކެތިއަރާ މަސް ރޭހުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތައަށް

ހދ. ހަނިމާދޫ “ކެތިއަރާ މަސްރޭސް 2023” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތަ އިން ހޯދައިފިއެވެ. ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. އިއްޔެ އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު މިއަދު ފިރިހެން ކެޓަގަރީގެ މަސް ރޭސް އޮންނާނެއެވެ. އިއްޔެ ބޭއްވި އަންހެން ކެޓަގަރީ މަސްރޭސް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ “ޒުވާން މަސްވެރިޔާ” ގެ ނަމުން މަޝްހޫރުކަން ހޯދައި ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ބޮޑު […]

އިބްރާހިމް ޚަލީލް
އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެއްޖެކަމަށް ނިންމައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ނިންމައިފި

އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެއްޖެކަމަށް ނިންމައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ނިންމައިފި

ނޫނު އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެފައިވާކަމަށް ނިންމައި، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ އެ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ މަސައްކަތް 110 ދުވަސްތެރޭގައި ނިންމުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް (ކޮންޓްރެކްޓަރ) އ...

ޔުމްނާ ޢަލީ
އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. 125 ބައިވެރިންނާއިއެކު މި މުބާރާތް ފަށާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. މި މުބާތުގެ ކިޔެވުން އިހަވަންދޫ މަދަރުސާގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މުބާރާތުގެ ކިޔެވުން ނިންމާލާފައި ވަނީ އިއްޔެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުރިއަށް މި އޮތް ހަފްތާތެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެއްވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް […]

އިބްރާހިމް ޚަލީލް
ކޭއާރުއެޗުން ދޭ ބައެއް ހިދުމަތްތައް އީދު ބަންދުގައި ބަންދުވާނެ

ކޭއާރުއެޗުން ދޭ ބައެއް ހިދުމަތްތައް އީދު ބަންދުގައި ބަންދުވާނެ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އީދު ބަންދުގައި ބައެއް ޚިދުމަތްތައް ބަންދުވާނެ ކަމަށް ހާމަކޮށްފިއެވެ. ކޭއާރްއެޗު އިން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ މިއަހަރުގެ ފިތުރު އީދާއި ގުޅިގެން މި އޭޕްރިލް މަހުގެ 21، 22 އަދި 23 ގައި އެ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ. އެގޮތުން ހާއްސަ ބަލިތަކުގެ އޯޕީޑީ، ޕަބްލިކް ހެލްތު، އިމަޖެންސީ ޑައިގްނޯސްޓިކްގެ ޚިދުމަތް ބަންދުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އިދާރީ އޮފީސް ވެސް ބަންދުވާނެ ކަމަށް ބުނެފައި […]

މުޙައްމަދު އަފްރާޙް
މިފަހަރު ދޫކުރާނީ 2500 އަކަފޫޓުގެ 200 ގެވަޅު: ހަނިމާދޫ ކައުންސިލް 📍 ހދ. ހަނިމާދޫ

މިފަހަރު ދޫކުރާނީ 2500 އަކަފޫޓުގެ 200 ގެވަޅު: ހަނިމާދޫ ކައުންސިލް

ހދ.ހަނިމާދޫން 2500 އަކަފޫޓުގެ 200 ގެވަޅު ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު ނިންމައިފިއެވެ. ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ޖަލްސާގައި މިއަދު ނިންމާފައި ވަނީ ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 2500 އަކަފޫޓުގެ 200 ގެވަޅު އެ ރަށުގައި މީހުން ދިރިއުޅުމަށް ދޫކުރުމަށެވެ. ހަނިމާދޫން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ ބާރަ އަހަރަށް ފަހު މިހާރު އޮތް ކައުންސިލުން ވަނީ މި އަހަރުގެ ޖަނަވަރީ މަސް ތެރޭ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން 45،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 300 މީޓަރުގެ ބޭރުތޮށި ލުމާއި 40 މީޓަރުގެ...

އަޙްމަދު ވަހީދު
ހަނިމާދޫން އަނެއްކާ ވެސް ގެވަޅުދޫކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫން އަނެއްކާ ވެސް ގެވަޅުދޫކުރަނީ

ހދ. ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް، ކުރިއަށް އޮތް އެ ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ. ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫއިން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވެން ހުރި މިންވަރަށް ގެވަޅު ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް، މި މަހު 19 ވަނަ ދުވަހު އޮންނަ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 19 ވަނަ ދުވަހު...

އިބްރާހިމް ޚަލީލް
މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ހަވާލުކޮށްފި

ހދ. މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ގްރީން އެންޑް ޓެކްނޮލޮޖީ އެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ މިއީ ނުވަލައްކަ ނުވަދިހަ ހަތަރުހާސް ރުފިޔާގެ މަސައްކަތެއް ކަމަށާއި މިކަމުގެ ފަހުމުނާމައިގާ ސޮއި ކުރީ މިއަދު ކަމަށެވެ. އެ މަސައްކަަތަށް އިތުރަށް ބޭނުންވާ ތަކެތި އެއްކުރުމަށް މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ޕާކުގެ މަސައްކަތް ފަށާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގަ...

މުޙައްމަދު އަފްރާޙް
އެމްއެސްއެސްގެ ދަތުރުތައް ކުޅުދުއްފުއްޓާއި އައްޑޫ އަށް ފަށަނީ 📍 ހދ. ކުޅުދުއްފުށި

އެމްއެސްއެސްގެ ދަތުރުތައް ކުޅުދުއްފުއްޓާއި އައްޑޫ އަށް ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ ދަތުރުތައް ކުޅުދުއްފުށި ސިޓީ އަށާއި އައްޑޫ ސިޓީއަށް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އެމްއެސްއެސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވީ އެ ދެ މަންޒިލަށް ދަތުރު ފެށުމަށް، މަހެއްހާ ދުވަސް ކުރިން ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން މީގެ ކުރިން ވެސް އައްޑޫ ސިޓީއަށް ދަތުރުތައް ފަށައި، […]

މުޙައްމަދު އަފްރާޙް
އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް

އިސްލާމިކް މިނިސްޓްރީން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ. 1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބުނުކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައެވެ. އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން އޮތީ […]

ޔުމްނާ ޢަލީ
ހަނިމާދޫ ކެތިއަރާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކެތިއަރާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މުބާރާތުގައި ދެ ޖިންސްގެ ޓީމްތަކަށް ވެސް ބައިވެރިވެވޭނެއެވެ. ކަނބަލުންގެ މަސްރޭސް ޢީދު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ފިރިހެނުންގެ މަސް ރޭސް އޮންނާނީ ވަޅު އީދު ދުވަހުއެވެ. މި މުބާރާތުގައި ޒަމާނީ އާލާތްތައް ނުވަތަ ސްޕޯޓްސް ފިޝިންގެ އާ...

އިބްރާހިމް ޚަލީލް
އެކްސް ޒީރޯ ބެޑުމިންޓަން ޗެލެންޖް 2023 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފި 📍 ހދ. ނޭކުރެންދޫ

އެކްސް ޒީރޯ ބެޑުމިންޓަން ޗެލެންޖް 2023 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފި

ހދ. ނޭކުރެންދޫ ކުލަބެއް ކަމުގައިވާ އެކްސް ޒީރޯ ސްޕޯރޓްސް ކުލަބުން އިންތަޒާމް ކޮށްގެން ބާއްވަމުންއަންނަ އެކްސްޒީރޯ ބެޑްމިންޓަންޗެލެންޖް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ނޭކުރެންދޫ ރައްޔިތުންނަށާއި އެރަށުގައި ވަޒީފާ އަދާ ކުރާ ރަށުން ބޭރު ފަރާތްތަކަށް ބައިވެރި ވެވޭ ގޮތަށް (ބައިވެރިވުމުގެ) ފުރުސަތު ހުޅުވައިލި މި މުބާރާތް މިފަހަރު ކުރިޔަށްދާނީ ޖުލައި މަހުއެވެ. މި މަހު 15 އިން މޭ 15 އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވެފައިވާ މި މުބާރާތުގެ ފޯމް އޮންލައިންކޮށް ފުރޭގޮތަށް ވަނީ […]

އަލީ ރިޔާޟް
ބޮޑު ފައިސާގެ އިނާމެއްދޭ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ބޮޑު ފައިސާގެ އިނާމެއްދޭ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށެވެ. މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެންމެ ފުރަތ...

އިބްރާހިމް ޚަލީލް
އުތީމު އެންމެ އަލިގަދަ ތަރިއަކަށް މުޙައްމަދު ވިއާމް 📍 ހއ. އުތީމު

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މުޙައްމަދު ވިއާމް

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ އުތީމް އެންމެ އަލިގަދަތަރި 1444، ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ މުޙައްމަދު ވިއާމް ހޯދައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ ދިހަ ބައިވެރިންނަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް ފައިނަލުން ޖާގަ ލިބޭ […]

އިބްރާހިމް ޚަލީލް