މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ތިލައުތުރު އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލައުތުރު އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ “ތިލައުތުރު އެވޯޑް 2023” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި އަތޮ...

އިބްރާހިމް ޚަލީލް
"ދިއްދޫ އެންމެ އަލިގަދަ ތަރި" ހޮވުން މިރޭ 📍 ހއ. ދިއްދޫ

"ދިއްދޫ އެންމެ އަލިގަދަ ތަރި" ހޮވުން މިރޭ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ގްރޭންޑް ފައިނަލް ޝޯ މިރޭ އޮންނާނެއެވެ. މި ޝޯގައި ދިއްދޫ އެންމެ އަލިގަދަ ތަރި ހޮވުން އޮންނާނެއެވެ. ފައިނަލުން ޖާގަ ހޯދި ދިހަ ބައިވެރިންނާއިއެކު ރޭ ފައިނަލުގެ ފުރަތަމަ ރޭގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ވަނީ ފައިނަލުގެ ދެވަނަރެއަށް (ގްރޭންޑް ފައިނަލް) ހޮވުނު ފަސް ބައިވެރިންގެ […]

އިބްރާހިމް ޚަލީލް
ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައިފި 📍 ހއ. ބާރަށް

ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައި އެކަމާއި ގުޅޭ އުސޫލް އާންމުކޮށްފިއެވެ. ސިޔާސީ ޕާޓީތަކަށް ބާރަށުން ބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދޫކުރުމަށް ނިންމާފައި ވަނީ 1000 އަކަފޫޓަށް ވުރެ ކުޑަނޫން އަދި 2000 އަކަފޫޓަށްވުރެ ބޮޑު ނޫން ބިމެވެ. ބިން ދޫކުރާނީ ގިނަވެގެން 15 އަހަރުގެ މުއްދަތަށެވެ. އުސޫލުގައި ބުނެފައިވާގޮތުން ބާރަށުން ސިޔާސީ ޕާޓީއަކަށް ބިން ލިބޭނީ އެ ޕާޓީއެއްގައި 25000 (ފަންސަވީސް ހާސް) މެމްބަރުން ހަމަވާނަމައެވެ. މީގެ އިތުރުން ބާރަށުގައި […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ހަތަރު މިސްކިތުގައި ނެވިލޯން އަޅަން ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހަތަރު މިސްކިތުގައި ނެވިލޯން އަޅަން ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ނެވިލޯން އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ވަނީ 75 ދުވަސްތެރޭ ނެވިލޯން ސަޕްލައިކޮށް އެ ރަށު ބޮޑު ހަތަރު މިސްކިތުގައި ނެވިލޯން އަޅައި ނިންމުމަށް އެރިސްޑެކަރ ކުންފުންޏާއި ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އިހަވަންދޫ ކައުންސިލުން ނެވިލޯން އަޅަން ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ މަސްޖިދުއް ތައުބާ، މަސްޖިދުއް ތަޢާވުން، މަސްޖިދުއް ނަސްރުގެ އިތުރުން މަސްޖިދުއް އަބޫބަކުރު ޞިއްދީޤު ރަޟިޔަﷲ އަންހު އެވ...

އިބްރާހިމް ޚަލީލް
"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔެވުން މިރޭ 📍 ހއ. ދިއްދޫ

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔެވުން މިރޭ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔެވުން މިރޭ އޮންނާނެއެވެ. މުބާރާތުގެ ފައިނަލުގެ ފުރަތަމަ ރޭގެ ކިޔެވުން މިރޭ ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާއިރު، މިރޭ މުބާރާތުގެ އެންމެ މޮޅު 10 ބައިވެރިން ކިޔަވާނެއެވެ. މިރޭ ކިޔެވުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯއިން […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ހޮސްޕިޓަލް އަޅަން ސާފުކުރާ ބިމުގައި ހުރި ރުއްގަސްތަކެއް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އަންގާފައިވަނިކޮށް ކަނޑަމުންދާ މައްސަލައެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހޮސްޕިޓަލް އަޅަން ސާފުކުރާ ބިމުގައި ހުރި ރުއްގަސްތަކެއް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އަންގާފައިވަނިކޮށް ކަނޑަމުންދާ މައްސަލައެއް

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް ސާފުކުރަމުންދާ ބިމުގައި ހުރި ރުއްގަސްތަކުން ކުރެ ރުއްގަސްތަކެއް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގާފައި ވަނިކޮށް، އެ ރުއްގަސްތައް ކަނޑައި، ނީލަންކިޔާ ކަމުގެ ޝަކުވާ އީޕީއަށް ހުށަހެޅުމުން އެކަން އެ އޭޖެންސީން ބަލަން ފަށައިފިއެވެ. އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. 16 ޖެނުއަރީ 2023 ގައި ހަވާލުކުރި މަ މަސައްކަތުގެ އަގަކީ 12...

ޔުމްނާ ޢަލީ
އިހަވަންދޫގައި ބާއްވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫގައި ބާއްވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕްގައި ނަމާދާއި ގުޅޭ ހުކުމްތައް ދަސްކޮށްދިނުމުގެ އިތުރުން ފުރިހަމައަށް ނަމާދުކުރާނެ ގޮތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ނަމާދުގެ ޒިކުރުތައް ބައިވެރިންނަށް ހިތުދަސް ކޮށްދިނުމާއި ނަމާދުގައި ހެދޭ ގޯސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އުމުރުން 7 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ކިޔަވ...

އިބްރާހިމް ޚަލީލް
ށ. އަތޮޅު ކައުންސިލަށް އެސްޖީ އެއް ހަމަޖައްސައިފި

ށ. އަތޮޅު ކައުންސިލަށް އެސްޖީ އެއް ހަމަޖައްސައިފި

މައްސަލަ ގަނޑަކަށްފަހު ށ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. މި މަގާމަށް ހަމަޖައްސާފައިވަނީ ށ. ފުނަދޫ، ތަރި މުހައްމަދު ހަސަން އެވެ. މިކަމާއި ގުޅިގެން ށ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަދި ށ. ފޭދޫ ކައުންސިލުގެ ރައީސް އަގްމަދު ރައިޝަމް ‘ތިލަދުން’ އަށް ވިދާޅުވީ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުނީ ވަރަށް މަސައްކަތުން ކަމަށާއި ސިވިލް ސާވިސް ކޮމިޝަންގެ އުނދަގޫތައް ވެސް ކުރިމަތިވި ކަމަށެވެ. އޭނާ ވިދާޅުވީ […]

މުޙައްމަދު އަފްރާޙް
އުރީދޫ ފަން ރަން ކުޅުދުއްފުށީގައި، ރަޖިސްޓްރީވާން ހުޅުވާލައިފި

އުރީދޫ ފަން ރަން ކުޅުދުއްފުށީގައި، ރަޖިސްޓްރީވާން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަން މިފަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫއިން އިއްޔެ ބުނީ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. ފަން ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގ...

އަޙްމަދު ވަހީދު
އިހަވަންދޫ ކައުންސިލުން އެ ރަށު ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން އެ ރަށު ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ މަޢުލޫމާތު ހިމެނޭ ފޮތް ބެހުމުގެ ޕްރޮގްރާމްގެ ދަށުން މި އަހަރު އެ ރަށު ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާ ކޮށްފިއެވެ. އެހަވަންދޫ ކައުންސިލުގެ މުވައްޒަފުންނާއި ކައުންސިލުގެ މެމްބަރުން ނުކުމެ އިއްޔެ ވަނީ އެ ރަށުގެ 450 ގެ އަށް މުސްހަފް ހަދިޔާ ކޮށްފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް […]

އިބްރާހިމް ޚަލީލް
އިހަވަންދޫ މަގުތައް ހަދަން އާރުޑީސީއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ މަގުތައް ހަދަން އާރުޑީސީއަށް

ހއ. އިހަވަންދޫ މަގުތައް ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަނެވެ. މި މަޝްރޫއުގެ ދަށުން އިހަވަންދޫގެ 6.9 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތ...

އަޙްމަދު ވަހީދު
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހއ. ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯރަފުށިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ހޯރަފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާރިޗު 30 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފަ...

ޔުމްނާ ޢަލީ
''ދުނިޔެމަތީގައި ލިބެނީ ވަގުތީ ކާމިޔާބީ، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން'' 📍 ހދ. ކުޅުދުއްފުށި

''ދުނިޔެމަތީގައި ލިބެނީ ވަގުތީ ކާމިޔާބީ، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން''

ދުނިޔެމަތީގައި ލިބޭ ކާމިޔާބީ ތަކަކަކީ ވަގުތީ ކާމިޔާބީ ތަކެއް ކަމަށާއި، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން ކަމަށް އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ. އައްޝައިޚް އާމިރު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީ ސިޓީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ”އިސްލާމީ ނަޒަރަކުން ވަގުތު” މި މައުޟޫޢަށް ކުޅުދުއްފުށި ސިޓީގައި ތަޤްރީރައްވަމުން އައްޝައިޙް ޢަބްދުﷲ އާމިރު ވިދާޅުވީ ވަގުތު އެންމެ ހެޔޮގޮތުގަ...

ޔުމްނާ ޢަލީ
"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިން ވެސް ފައިނަލަށް 📍 ހއ. ދިއްދޫ

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިން ވެސް ފައިނަލަށް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ދިހަ ބައިވެރިންނަށް ވެސް މުބާރާތުގެ ފައިނަލް ބުރުން ޖާގަ ދީފިއެވެ. ކުރިން މުބާރާތް ރާވާލާފައި އޮތީ ދެވަނަ ބުރުގެ ދެވަނަރެއަށް ހޮވޭ ދިހަ ބައިވެރިން، ދެވަނަ ބުރުގެ ދެވަނަ ރޭގެ ޝޯގައި […]

އިބްރާހިމް ޚަލީލް
ހިރަފުހުގެ އަސަރު ކުޑަކުރުމަށް އިހަވަންދޫ މަގުތަކަށް ފެންޖަހަނީ 📍 ހއ. އިހަވަންދޫ

ހިރަފުހުގެ އަސަރު ކުޑަކުރުމަށް އިހަވަންދޫ މަގުތަކަށް ފެންޖަހަނީ

ވިއްސާރަނުވެހި ގިނަދުވަސްތަކެއް ވުމާއި ގުޅިގެން އިހަވަންދޫގެ މަގުތަކުގައި ހިރަފުސް ބޯވެ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭތީ އެކަން ހައްލުކުރުމަށްޓަކައި އެ މަގުތަކަށް ފެންޖެހުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އިހަވަންދޫ ކައުންސިލާއި އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއް ކަމަށްވާ ޕޯލް ސްޓާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ކްލަބް ޕޯލްސްޓާގެ ރައީސ...

އިބްރާހިމް ޚަލީލް