މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ!

އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 11:59 އަށް ހަމަވާތީ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހަނދުމަކޮށްދީފިއެވެ. މިފަހަރުގެ ފަން ރަން ބާއްވަނީ ކުޅުދުއްފުށި ސިޓީގައެވެ. ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ ހަރަކާތެކެވެ. މިއަހ...

އަޙްމަދު ވަހީދު
ދިއްދޫގެ ކަނބަލުންނަށް ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގެ ކަނބަލުންނަށް ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ދިއްދޫގެ ކަނބަލުންނަށް އަމާޒުކުރެވިގެން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށާއި ދިއްދޫގައި ހުންނަ ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް ފުރިހަމަކުރައްވަން ޖެހޭ ފޯމް...

އިބްރާހިމް ޚަލީލް
ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ، އެތަން އަޅާނީ ކުޅުދުއްފުށީގައި: އާތިފް 📍 ހދ. ކުޅުދުއްފުށި

ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ، އެތަން އަޅާނީ ކުޅުދުއްފުށީގައި: އާތިފް

މި ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި އަޅަން ނިންމާފައިވާ ފުށް ފެކްޓްރީ ”ކަޓްވާލަން” ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެކަމަށާއި، އެތަން އަޅާނީ ކުޅުދުއްފުށީގައި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު، އަދި ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެސްޓީއޯ މެދުވެރިކޮށް ކުޅުދުއްފުށީގައި ގޮދަން ފުށް ފެކްޓަރީ އެއް އަޅަން ނިންމައި އެކަން ސަރުކާރުން ޢިއުލާންކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އެތަން އަޅަން ސިޓީ ކައުންސިލުން ވަނީ ހަމައެއަހަރު ބ...

ޔުމްނާ ޢަލީ
ބައްސާމާ، ދިއްދޫގައި ހުރި ހަމައެނި ހާފިޒާ، ކާމިޔާބީއާއި ގުޅިފައި ވަނީ މަންމަ ދިން ހިތްވަރާއި ވަރުގަދަ އަޒުމް 📍 ހއ. ދިއްދޫ

ބައްސާމާ، ދިއްދޫގައި ހުރި ހަމައެނި ހާފިޒާ، ކާމިޔާބީއާއި ގުޅިފައި ވަނީ މަންމަ ދިން ހިތްވަރާއި ވަރުގަދަ އަޒުމް

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދިޔަ “ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ކާމިޔާބުކޮށް ދިއްދޫގެ އެންމެ އަލިގަދަ ތަރިއަށް ހޮވުނު އަލް ހާފިޒާ ބައްސާމާ ސުލައިމާން، ފުނަކުރި / ހއ.ދިއްދޫ، އަކީ ޤުރުއާނުގެ ފަންނުގައި އެ ރަށަށް ވެސް އަދި އެ އަތޮޅަށް ވެސް އައު ނަމެއް ނޫނެވެ. އޭނާވަނީ އުމުރުން އެންމެ ސޯޅަ އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ޤުރުއާނާއި ބެހޭ […]

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” އާ އެގޮތަށް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑ...

މުޙައްމަދު އަފްރާޙް
ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައަޅައިފި 📍 ހއ. ދިއްދޫ

ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައަޅައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގެ އަގު އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އެއްފަހަރާ ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (50) ރުފިޔާ ކަމަށް ކަނޑަ އަޅާފައެވެ. މީގެއިތުރުން އެކިފަހަރުމަތީން ދިގު މުއްދަތުގައި ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (60) ފަސްދޮޅަސް ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ “ބަންޑާރަ ގޯތި އަމިއްލަ ކު...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައި: ކައުންސިލް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައި: ކައުންސިލް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫއާއި ގުޅުންހުރި މުހިންމު ކަންތައްތަކާއި މަޝްވަރާ ކުރެއްވުމަށް، ބައެއް މިނިސްޓްރީތަކާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރެއްގައި ހަނިމާދޫ ކައުންސިލުގެ ހުރިހާ މެމްބަރުން މިވަގުތު ތިއްބެވީ މާލޭގައެވެ. ހަނިމާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާކުރެއްވުމަށް އެ ކައުންސިލުން ވަނީ އިއްޔެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލ...

އިބްރާހިމް ޚަލީލް
ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ށ. ފުނަދޫގައި އައު ހޮސްޕިޓަލެއް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު އިއުލާންކޮށްފިއެވެ. ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަކީ މިހާރު ވެސް އެ އަތޮޅު، އަތޮޅު ހޮސްޕިޓަލް ހުންނަރަށެވެ. ފުނަދޫގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާންގައި ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު އެދިލެއްވުމުގެ މަތިން،  ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މިސައްކަތަށް ބީލަން ހ...

ޔުމްނާ ޢަލީ
ދިއްދޫ ބަނދަރަށް ކުނި ނޭޅުމަށް އިލްތިމާސެއް 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރަށް ކުނި ނޭޅުމަށް އިލްތިމާސެއް

ހއ. ދިއްދޫ ބަނދަރަށް ކުނި ނޭޅުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިގޮތުން އެ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ބަދިގެތަކުގައި އުފެދޭ ކުނިވާޒާތުގެ ތަކެތި، މިހާރަކަށް އައިސް އެރަށު ބަނދަރަށް އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ކައުންސިލުން ކުރިން ވެސް މަނާ ކޮށްފައިވާ ކަމެއް ކަމަށާއި މިގޮތަށް އެއްވެސް ބާވަތެއްގެ ކުންޏެއް ބަނދަރަށް އެޅުމަކީ ބަނދަރުގެ ސާފުތާހިރުކަން ގެއްލި، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތިތައް ކުރިމަތުވަމުންދާ ކަމެއްގެ ގޮ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6،525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ އެއްގަމުތޮށި ލުމާއި 704 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ...

އަޙްމަދު ވަހީދު
ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް އަންނަ އަހަރު މުޅި ހއ އަތޮޅަށް 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް އަންނަ އަހަރު މުޅި ހއ އަތޮޅަށް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން “ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ނަން “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމަށް ބަދަލުކޮށް، އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލަން ނިންމައިފިއެވެ. އެ ކުލަބުން މިކަން އިޢުލާން ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯގައެވެ. މި ބަދަލާއި ގުޅޭގޮތުން […]

އިބްރާހިމް ޚަލީލް
އުފަންވީއްސުރެ ވޭން ތަހައްމަލު ކުރަމުން އަންނަ ނާފް އަށް އެހީތެރިވަމާ! 📍 ހއ. ބާރަށް

އުފަންވީއްސުރެ ވޭން ތަހައްމަލު ކުރަމުން އަންނަ ނާފް އަށް އެހީތެރިވަމާ!

ދަރިންގެ މައްޗަށް މައިން ނުވާނެ ގުރުބާނީއެއް ނޯންނާނެއެވެ. އެއީ ތަކުލީފުތަކުން ފުރިގެންވާ ޤުރުބާނީއަކަށް ވީ ނަމަވެސް މެއެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ހިތުގައި އޮންނަ ކުލުނަކީ އެހާވެސް ހާއްސަ އެހާމެ ބާރުގަދަ ގުޅުމެކެވެ. ހއ.ބާރަށު އިސާމާއާއި މުޙައްމަދު ޠާހާގެ ފަރާތުން ވެސް ފެންނަން އޮތީ އެކަމެވެ. ދެ މީހުންގެ ތިންވަނަ ދަރިފުޅު ނާފް މުޙައްމަދު ޠާހާ އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނާފް އުފަންކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގެ […]

އިބްރާހިމް ޚަލީލް
ނައީމާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަނީ 📍 ނ. މަނަދޫ

ނައީމާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަނީ

ނ. މަނަދޫ ގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެރަށު ކައުންސިލުން ބުނީ އެކަނި ދިރިއުޅެމުން އައި ނައީމާ މޫސާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބާއްވާނެ ކަމަށެވެ. އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ […]

މުޙައްމަދު އަފްރާޙް
ދިއްދޫ އެންމެ އަލިގަދަ ތަރިއަކަށް ބައްސާމާ 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރިއަކަށް ބައްސާމާ

ހއ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ އަލް ހާފިޡާ ބައްސާމާ ސުލައިމާން ހޯދައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން މި މުބާރާތް މިދިޔަ އަހަރު ވެސް ބާއްވާފައިވާއިރު، ބައްސާމާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ އަހަރު އޭނާއަށް ލިބިފައި ވަނީ ހަތަރު ވަނައެވެ. އެ އަހަރު އެއްވަނަ ހޯދީ ޝިޢުރާ އިބްރާހީމްއެވެ. […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލުން އެ ރަށުގައި އައުޓްޑޯ ޖިމެއް ޤާއިމްކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން އެ ރަށުގައި އައުޓްޑޯ ޖިމެއް ޤާއިމްކުރަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އެ ރަށުގައި އައުޓްޑޯ ޖިމެއް ތަރައްޤީކުރަން ނިންމައި އެތަނަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައިކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. އައުޓްޑޯ ޖިމަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައިކުރުމުގެ އެއްބަސްވުމުގައި އިއްޔެ އެ ކައުންސިލުން ވަނީ ބްރިލިއަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއި ކޮށްފައެވެ. މި އައުޓްޑޯ ޖިމަށް ބޭނުންވާ އިކްއިޕްމެންޓް ގަތުމަށް އިހަވަންދޫ ކައުންސިލުގެ ބަޖެޓުން 199800.00 (އެއްލައްކަ ނުވަދިހަ ނުވަހާސް އައްސަތޭކަ) ރުފިޔާ ހަރަދުކުރާނެ...

އިބްރާހިމް ޚަލީލް