މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ކިޔެވުން މިރޭ 📍 ހއ. ދިއްދޫ

"ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ކިޔެވުން މިރޭ

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ނިންމައި، މުބާރާތުގެ އެންމެ މޮޅު ދިހަ ބައިވެރިން ހޮވައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ރޭ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައިވާއިރު، […]

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފި

ހއ. ދިއްދޫ ބަނދަރު ތަރައްގޫ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 70 އިންސައްތަ މިހާރު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 92 އިންސައްތަ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި [...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފި

ހދ. ކުޅުުދުއްފުށި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލާފައިވާ ކަމަށެވެ. މިތަކެއްޗަކީ ޤާނޫނު ނަންބަރު 79/31 (ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ 07 ވަނަ މާއްދާގެ ދަށުން, ރާއްޖެއަށް އިމްޕޯޓްކުރުން މަނާތަކެތީގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތ...

މުޙައްމަދު އަފްރާޙް
ވިޔަފާރި ކުރުމަށް ހަނިމާދޫ ބަނދަރުން ބިން ދޫކުރަނީ 📍 ހދ. ހަނިމާދޫ

ވިޔަފާރި ކުރުމަށް ހަނިމާދޫ ބަނދަރުން ބިން ދޫކުރަނީ

ހދ. ހަނިމާދޫ ބަނދަރުގައި ވިޔަފާރި ކުރުމަށް ހާއްސަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، ބިންތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން މި މަހުގެ 13 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި […]

އިބްރާހިމް ޚަލީލް
މުރައިދޫ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ ނިންމާލައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، އައު ހާބަ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ […]

އަޙްމަދު ވަހީދު
ހަނިމާދޫ އާއި ނޮޅިވަރަމްގައި އެމްޓީސީސީގެ ވޯކިން އިންޓަވިއުތަކެއް، މުސާރަ ވެސް ރަނގަޅު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި ނޮޅިވަރަމްގައި އެމްޓީސީސީގެ ވޯކިން އިންޓަވިއުތަކެއް، މުސާރަ ވެސް ރަނގަޅު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހދ. ހަނިމާދޫ އާއި އެއަތޮޅު ނޮޅިވަރަމްގައި ވޯކިންގ އިންޓަރވިއުތަކެއް މާދަމާ ބޭއްވުމަށް ނިންމައި، އެކަން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ އެކިދާއިރާތަކުން މީހުން ހޯދަން ބާއްވާ ވޯކް-އިން އިންޓަވިއުތަކެއް ކަމަށެވެ. މި އިންޓަރވިއުތައް މޮޅިވަރަމް ގައި ކުރިއަށްދާނީ މާދަމާ މެންދުރުފަހު 3 ން  ހަވީރު ޖަހަންދެން ކަމަށާއި ހަނިމާދޫގައި ކުރިއަށް ދާނީ މި މާރިޗު މަހުގެ 30 ވަނަ ދުވަހު މެންދުރުފަހު 3 ން […]

މުޙައްމަދު އަފްރާޙް
ހއ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މި އަހަރު ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ

ހއ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މި އަހަރު ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ

ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މި އަހަރު ވެސް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލު ތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ދަށުން އަތޮޅު ކައުންސިލުނ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އެ ޔުނިޓްތައް ދޫކުރުމަށް ނިންމާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އޭ ކެޓަގަރީގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓް ހާއްސަ ކޮށްފައި ވަނީ ނޮޅިވަރަންފަރުގެ ރައްޔިތުންނަށެވެ. ބީ ކެޓަގަރީގެ ދަށުން...

އިބްރާހިމް ޚަލީލް
ކުރުވާހަކަ: ވާށެ އޯގާ ހިތާ

ކުރުވާހަކަ: ވާށެ އޯގާ ހިތާ

ކަނޑުގެ ލޮނުގަނޑު ކަފަމުން ލޯންޗް ދަތުރުކުރަމުންދިޔައެވެ. ފަޅުވެރިންގެ އިތުރުން ލޯންޗްގައި ތިބީ އަހަންނާ، އަހަރެންގެ މަންމަގެ އަދި ފިރިމީހާއެވެ. އަހަރެމެންގެ އަލަތު ދަރިފުޅު އޮތީ ފިރިމީހާގެ އުނގުގައި ނިދިފައެވެ. އިރުއިރުކޮޅުން އަހަންނަށް ދަރިފުޅާދިމާލަށް ލޯތްބާއެކު ބަލާލެވެއެވެ. އޭރު، އަހަރެންގެ މަންމަ، ނިދި ޖެހި ޖެހި އިނެވެ. ކަނޑު މަޑުކަމުން ދުއްވާލަން ވަރަށް އަރާމުދުވަހެކޭވެސް އަހަންނަށް ބުނެލެވުނެވެ. ފަޅުތެރެއަށް ލޯންޗް ވަނުމާއެކު، ފާލަންމަތީގައި ތިބި މީހުންތައް އަހަންނަށް ފެނުނެވެ. އެމަންޒަރ...

ސަލާމާ ޢަބްދުލް ޢަލީމް
ބޯގަންވިލާއިން ހޯރަފުށި ޒީނަތްތެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް 📍 ހއ. ހޯރަފުށި

ބޯގަންވިލާއިން ހޯރަފުށި ޒީނަތްތެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ބޯގަންވިލާ މަލުގެ ކުލަތަކުން ހއ.ހޯރަފުށި ޒީނަތްތެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. “ހޯރަފުށީގެ ކޮންމެ ގެއަކުން، ކޮންމެ އިދާރާއަކުން ބޯގަންވިލާގެ ޗާލުކަން” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމިގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށަކީ ފެހިކަންގަދަ ތިމާވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުމާއި އެ ރަށަކީ މާމެލާމެލިން ޒީނަތްތެރިވެފައިވާ ރަށަކަށް ހެދުމެވެ. ގޭ ދޮރޯށި މަތިން ފެންނަ ގޮތަށް ބޯގަންވިލާ ހައ...

އިބްރާހިމް ޚަލީލް
''އިހަވަންދިއްޕޮޅުން އާގު ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައި''

''އިހަވަންދިއްޕޮޅުން އާގު ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައި''

އިހަވަންދިއްޕޮޅު ޕޯޓު ބަނދަރު މަޝްރޫއު ފެށުމަށް ގަވާއިދުތައް ބަދަލުކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފެށެމުގެ މަސައްކަތްތަކާއި ބެހޭގޮތުން މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާލުވެފައިވަނީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްޤީކުރެވެނ...

މުޙައްމަދު އަފްރާޙް
ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 15 ބައިވެރިން އުތީމަށް ޒިޔާރަތްކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 15 ބައިވެރިން އުތީމަށް ޒިޔާރަތްކޮށްފި

ހއ.ދިއްދޫ މިޑިލް ސްޕޯރޓްސް ކުލަބުން އިންތިޒާމްކޮށްގެން މި އަހަރުގެ ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤްރުއާން މުބާރާތުގެ އެންމެ މޮޅު 15 ބައިވެރިން އެ އަތޮޅު އުތީމަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ. މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފަނަރަ ބައިވެރިން މިއަދު ހަވީރު އުތީމަށް ކުރި ހާއްސަ ޒިޔާރަތުގައި، އެ ބައިވެރިންގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިޑްލް ސްޕޯޓްސް […]

އިބްރާހިމް ޚަލީލް
"ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

"ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރަށް ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަން ބާއްވާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޮޑިޝަނުން މުބާރާތަށް ހޮވާފައި ވަނީ 20 ބައިވެރިންނެވެ. މި 20 ބައިވެރިންނާއިއެކު މުބާރާތުގެ […]

އިބްރާހިމް ޚަލީލް
މިިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަސްތައް އައީ ހަނިމާދުއަށާއި ކައްދު އަށް! 📍 ހދ. ހަނިމާދޫ

މިިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަސްތައް އައީ ހަނިމާދުއަށާއި ކައްދު އަށް!

މިިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަސްތައް އައީ ހދ. ހަނިމާދުއަށާއި ލ. ކައްދު އަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ. އެ އިދާރާ އިން ހާމަކުރި ރާއްޖޭގެ މިދިޔަ އަހަރުގެ މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ދެ ރަށަށް ވެސް އެންމެ ހޫނު ގަދަ ވި ދުވަހު، 33.8 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން އަރާފައި ވެއެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި ހަނިމާދުއަށް ހޫނު ގަދަވީ މިދިޔަ އަހަރުގެ އޭޕްރިލް […]

މުޙައްމަދު އަފްރާޙް
ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބާރަށު ކައުންސިލާއި ސްވިމިން އެސޯސިއޭޝަނާއި ބާރަށު ޕޮލިސްޓޭޝަން އަދި ބާރަށު ސްކޫލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ސްވިމިން އިންސްޓްރަކްޓަރުންގެ ގޮތުގައި 12 ބައިވެރިން ސެޓްފިކެޓް ހާސިލް ކޮށްފައެވެ. މި ޕްރޮގްރާމްގައި ފަތަން ދަ...

އިބްރާހިމް ޚަލީލް