ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އެ ޔުނިޓްތައް ދޫކުރުމަށް ނިންމާފައި ވަނީ ދެ ކެޓަގަރީއަކަށެވެ.
އޭ ކެޓަގަރީގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓް ހާއްސަ ކޮށްފައި ވަނީ ނޮޅިވަރަންފަރުގެ ރައްޔިތުންނަށެވެ. ބީ ކެޓަގަރީގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 25 ހައުސިން ޔުނިޓް ހާއްސަ ކޮށްފައި ވަނީ އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ ފަރާތްތަކަށެވެ.
މި ޔުނިޓްތައް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން އެކަމަށް ފަރުމާކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ފޯމް ހުށަހަޅުއްވާނީ އެ ކައުންސިލް އިދާރާއަށެވެ.
ފޯމް އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން info@nolhivaranfaru.gov.mv މި އީމެއިލް އެޑްރެސް އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
އުސޫލް: https://storage.googleapis.com/gazette.gov.mv/docs/iulaan/122485.pdf
ނޮޅިވަރަންފަރު ރައްޔިތުންގެ ކެޓަގަރީ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/122486.pdf
އެ ރަށަށް ބަދަލުވާން ބޭނުންފުޅުވާ ފަރާތްތަކަށް ހާއްސަ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/122487.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!