މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ޕްރޮމޯޓްކުރެވޭ ވަސީލަތަކަށް މަލުން ޖަރީވެފައިވާ ބޯގަންވިލާ ގަސްތައް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ޕްރޮމޯޓްކުރެވޭ ވަސީލަތަކަށް މަލުން ޖަރީވެފައިވާ ބޯގަންވިލާ ގަސްތައް

ގޯތިތެރޭގައި އޮންނަ ހުސްތަންކޮޅުގައި ނުވަތަ ދިރިއުޅޭ އެޕާޓްމެންޓްގެ ބެލްކަނީގައި ގަސް އިންދައި ހެއްދުމަކީ ދިވެހިންގެ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ގޭތެރޭގައި ގިނަވަގުތު ހޭދަކުރަން ޖެހުމާއިއެކު ގޯތިތެރެއާއި ބެލްކަނީގައި ގަސް އިންދައި ހެއްދުމަށް އައިސްފައި ވަނީ އިންގިލާބީ ބަދަލެކެވެ. މި އިންގިލާބީ ބަދަލުގެ ތެރެއިން އެންމެ ގިނަގެތަކުގެ ބެލްކަނިންނާއި ގޯތިތެރޭގައި ހެދިފައިވާ ބަގީޗާތަކުން ފެނިގެންދާ އެއް ބާވަތަކީ ބޯގަންވިލާއެވެ. ބޯގަންވިލާގެ ކުލަތަކުގެ ނ...

އިބްރާހިމް ޚަލީލް
މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފި

ހދ. މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފިއެވެ. މިކަމާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ ރަށުތެރޭގައި 106 ބައްތި އަދި ޖެޓީ ސަރަހައްދުގައި 32 ބައްތި ހަރުކޮށްފައިވާނެ ކަމަށެވެ. މި މަސައްކަތް ކުރީ ރަށު ކައުންސިލުގެ މުވައްޒަފުން ކަމަށާއި މިކަމުގައި ރަށުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށުތެރޭގައި ބައްތި ޖެހުމަށް 34،000 ރުފިޔާ އަދި ޖެޓީ ސަރަހައްދުގައި […]

މުޙައްމަދު އަފްރާޙް
ޒުވާން މަސްވެރިޔާގެ ލެންސުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު 📍 ހދ. ހަނިމާދޫ

ޒުވާން މަސްވެރިޔާގެ ލެންސުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު

މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް […]

ޙުސައިން ޝަހުދީ
މާލެއިން ބޭރުގައި ބޭއްވި އުރީދޫގެ ފުރަތަމަ ފަންރަން އަށްވެސް ބޮޑު ތަރުހީބެއް!

މާލެއިން ބޭރުގައި ބޭއްވި އުރީދޫގެ ފުރަތަމަ ފަންރަން އަށްވެސް ބޮޑު ތަރުހީބެއް!

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ “ފަން ރަން” އަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެހެން އަހަރުތަކުގައި މި ހަރަކާތް އުރިދޫއިން ބާއްވާފައިވަނީ މާލެ ސަރަހައްދުގައެވެ. ނަމަވެސް މިއަހަރު ފުރަތަމަ ފަހަރަށް މި ހަރަކާތް ވަނީ އަތޮޅުތެރެއަށް ބަދަލުކޮށްފައެވެ. އެގޮތުން، މިއަހަރުގެ ހަރަކާތް ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މާލެއިން ބޭރުގައި ބޭއްވި މި ފުރަތަމަ “ފަން ރަން” އަށް އާއްމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކުދި ބޮޑު އެންމެން […]

އަޙްމަދު ވަހީދު
ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ފިނޭ

ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައެވެ. މި ކޯހުގައި ކޮންމެ ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެންމެ މަދުވެގެން ދިހަ ބައިވެރިން ހަމަވާ ނަމައެވެ....

އިބްރާހިމް ޚަލީލް
"ރުކުގެ އާ ޖީލެއް" ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭކުރެންދޫގައި ރުއް އިންދައިފި 📍 ހދ. ނޭކުރެންދޫ

"ރުކުގެ އާ ޖީލެއް" ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭކުރެންދޫގައި ރުއް އިންދައިފި

ރާއްޖޭގައި “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިއްޔެ ފެއްޓެވި ޕްރޮގްރާމްގެ ދަށުން ހދ. ނޭކުރެންދޫގައި ރުއް އިންދައިފިއެވެ. މި ޕްރޮގްރާމް އިއްޔެ ފަށާފައި ވަނީ ހދ. ވައިކަރަދޫގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ވައިކަރަދޫއަށް ފަހު އިއްޔެ ހަވީރު ނޭކުރެންދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށުގައި ވެސް ރުއް އިންދަން ފައްޓަވައި ދެއްވީ ވަޒީރު، ޑރ. ހުސެން […]

ޙުސައިން ޝަހުދީ
"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ހިންގާ ޕްރޮގްރާމް ވައިކަރަދޫގައި ފަށައިފި 📍 ހދ. ވައިކަރަދޫ

"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ހިންގާ ޕްރޮގްރާމް ވައިކަރަދޫގައި ފަށައިފި

ރާއްޖޭގައި “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމް ވައިކަރަދޫގައި މިއަދު ފަށައިފިއެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގާ ‘ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް’ ގެ ތެރެއިން ހދ. ވައިކަރަދޫގައި މިއަދު ވަނީ ރުއް އިންދާފައި ކަމަށެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. މި ހަރަކާތް ހިންގުމަށް މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3 އަހަރު […]

މުޙައްމަދު އަފްރާޙް
ދިއްދޫ ފަރަށް އެރި ޓަގު ބޯޓު ފުންކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ފަރަށް އެރި ޓަގު ބޯޓު ފުންކޮށްފި

ހއ. ދިއްދޫ ފަރުމައްޗަށް އެރި ޓަގު ބޯޓު ރޭ ފުންކޮށްފިއެވެ. މި ޓަގު ބޯޓު ދިއްދޫ ފަރުމައްޗަށް އެރީ އަންގާރަ ދުވަހުގެ ހެނދުނުއެވެ. މި ޓަގު ބޯޓާއެކު ބާޖެއް ވެސް ވަނީ ދިއްދޫ ފަރުމައްޗަށް އަރާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެރަށު ފަރުމައްޗަށް އެރި ބާޖު އަންގާރަ ދުވަހު ފުންކޮށްފައިވާ ކަމަށެވެ. އަދި ޓަގު ބޯޓު ރޭ 10:00 ހާއިރު ފުންކޮށްފައިވާ ކަމަށެވެ. ”ބޯޓު ފުންކުރުމުން ރޭ ފުރައިފި، އެއީ […]

ޙުސައިން ޝަހުދީ
ދިއްދޫ ބަނދަރުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ހއ. ދިއްދޫ ބަނދަރު ތަރައްގީކުރަން ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަގައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާނެއެވެ. މީގެ އިތުރުން، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަ ޕޭވްމ...

އަޙްމަދު ވަހީދު
މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވާތީ ނޮޅިވަރަމަށް ނުތަނަވަސްކަން 📍 ހދ. ނޮޅިވަރަމް

މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވާތީ ނޮޅިވަރަމަށް ނުތަނަވަސްކަން

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ނޮޅިވަރަމުން 28 އަހަރުގެ އަންހެނަކު މަރާލާފައި އޮވާފެނުނެވެ. އެ މަރަށް ތުހުމަތުކުރެވި އޭނާގެ ފިރިމީހާ ހައްޔަރު ކުރެވުނެވެ. އެއީ މަސްތުވާތަކެތީގެ ދިގު މާޒީއެއް އޮތް މީހެކެވެ. މި އަހަރުތެރޭ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރިއެވެ. އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ. މި ހަފްތާތެރޭ ނޮޅިވަރަމު ބަނދަރުން އެ ރަށު ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއި އެކު ފުލުން ވަނީ ހައްޔަރު ކޮށްފައެވެ. މި ކަންކަމުން [...

އިބްރާހިމް ޚަލީލް
ދިއްދޫ ފަރުމައްޗަށް ބާޖަކާއި ޓަގު ބޯޓެއް އަރައިފި 📍 ހއ. ދިއްދޫ

ދިއްދޫ ފަރުމައްޗަށް ބާޖަކާއި ޓަގު ބޯޓެއް އަރައިފި

ހއ. ދިއްދޫ ފަރުމައްޗަށް ބާޖަކާއި ޓަގެއް އަރައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ އިރުމަތީ ފަރާތު ފަރުމައްޗަށް ބާޖަކާއި ޑަގުބޯޓެއް އަރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނުއެވެ. މި ހާދިސާ ހިނގުމުގެ ރިޕޯޓް ލިބުމާއެކު ހަމަ އިއްޔެ އެކަން އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”މިއަކީ މިރަށު ބަނދަރު މަޝްރޫޢަށް ހިލަ ހިފައިގެންއައި އިންޑިއާގެ ކުންފުންޏެއްގެ ބާޖަ...

މުޙައްމަދު އަފްރާޙް
ކޭވައިއެސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އެއްވަނަ އަޝްފާ އަށް 📍 ހދ. ކުމުންދޫ

ކޭވައިއެސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އެއްވަނަ އަޝްފާ އަށް

ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް އަޝްފާ އަސްލަމް ކާމިޔާބު ކޮށްފިއެވެ. ފާއިތުވި ރަމަޟާން މަހު ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ޔޫތު ސްޕޯޓްސް ރަންތަރި ޤުރުއާން މުބާރާތް 1444” އާއި “ކުމުންދޫ ޔޫތު ސްޕޯޓްސް މަދަހަ މުބާރާތް 1444” ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މި ހަފްތާ ހޯމަ ދުވަހުގެ ހަވީރު ވަނީ ބާއްވާފައެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި […]

އިބްރާހިމް ޚަލީލް
''ރަންތާޖު ޤުރުއާން'' މުބާރާތުން ހޯރަފުށީ ސުޖާއު ސަރ އަށް ފަޚުރުވެރި ވަނައެއް 📍 ހއ. ހޯރަފުށި

''ރަންތާޖު ޤުރުއާން'' މުބާރާތުން ހޯރަފުށީ ސުޖާއު ސަރ އަށް ފަޚުރުވެރި ވަނައެއް

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޤުރުއާން މުބާރާތުން ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަހުމަދު ސުޖާއު (ސުޖާއު ސަރ) ފަޚުރުވެރި ވަނަ އެއް ހޯދައިފިއެވެ. ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވި މި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށް ސުޖާއު ވަނީ މުޅި ރާއްޖެއިން ހަތަރު ވަނަ ހޯދާފައެވެ. ސުޖާއު އަކީ ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ޤުރްއާން މުދައްރިސެކެވެ. ސުޖާއުގެ މި ކާމިޔާބަށް އަތޮޅު މަދަރުސާއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. […]

ޔުމްނާ ޢަލީ
ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅުވާލައިފި

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “ދިއްދޫ އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ. މި މުބާރާތުގައި ކޮންމެ އޮފީހަކުން ވެސް ބައިވެރި ކުރެވޭނީ އެއް ޓީމެވެ. ނަމަވެސް ގިނަ އޮފީސްތަކެއް އެކުވެގެން ޓީމް އެކުލަވާލުމުގެ […...

އިބްރާހިމް ޚަލީލް
މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި 📍 ހދ. ނޮޅިވަރަމް

މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމުން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ހަޔަރު ކޮށްފައި ވަނީ ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ނޮޅިވަރަމަށް އައިވަގުތު ފުލުހުން އެ ރަށު ބަނދަރުމަތިން އޭނާ ބަލައި ފާސްކުރުމުގެ ތެރޭ މަސްތުވާތަކެތިކަމަށް ސައްކުކުރެވޭ އެއްޗެހި އަޅާފައިވާ ރަބަރު ޕެކެޓްތަކެއް އޭނާ އަތުން ފެނުމާއި ގުޅިގެންނެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނޮޅިވަރަމް ސްކޫލުގައ...

އިބްރާހިމް ޚަލީލް