މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނޮޅިވަރަމްގައި ޕަބްލިކް ސްޕީކިން ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ޕަބްލިކް ސްޕީކިން ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި

ހދ. ނޮޅިވަރަމްގައި ބާއްވާ ޕަބްލިކް ސްޕީކިން ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕާއިގުޅޭގޮތުން ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ނައިބު ރައީސް ހަސަން ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ”ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން އެރަށުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނޮޅިވަރަމްގައި މި ވޯކްޝޮޕް ހިންގަނީ އެރަށު ބްރައިޓް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ […]

ޔުމްނާ ޢަލީ
ހަނިމާދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ކައުންސިލުން ތައްޔާރުވަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ކައުންސިލުން ތައްޔާރުވަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލުން ވިދާޅުވެފައި ވަނީ މި އަހަރުގެ ޢީދުގައި ހަނިމާދޫގައި ހިންގާނެ ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ. ޢީދުގައި ހިންގާ ޕްރޮގްރާމްތަކުގައި ހިމަނާނެ ކުޅިވަރުތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޝްވަރާ ބޭނުންވާތީ އެ ކައުންސިލުން ވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި...

އިބްރާހިމް ޚަލީލް
ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް

ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ. އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ. ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި […]

މުޙައްމަދު އަފްރާޙް
މޮޅަދޫ "ގްރީން އެނާޖީ" އަށް ދިއުމަށް މިސްކިތުގައި ސޯލާ ހަރުކޮށް ޓެސްޓު ކޮށްފި 📍 ހއ. މޮޅަދޫ

މޮޅަދޫ "ގްރީން އެނާޖީ" އަށް ދިއުމަށް މިސްކިތުގައި ސޯލާ ހަރުކޮށް ޓެސްޓު ކޮށްފި

ހއ. މޮޅަދޫ “ގްރީން އެނާޖީ” އަށް ދިއުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިސްކިތުގައި ސޯލާ ހަރުކޮށް ނިމިއްޖެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވަމުން އެރަށު ކައުންސިލުން ބުނީ މިސްކިތުގައި ސޯލާ ހަރުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށްވާތީ، އެންމެ އެކަށީގެންވާ ގޮތުގައި ސޯލާ އިން ކަރަންޓު އުފެއްދޭގޮތް ނުވިޔަސް، މިއީ ދުރުމުސަތްގުބަލަށް ބަލާއިރު، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމެއްކަން...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަނީ

ހދ. ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަން ނިންމައިފިއެވެ. އެރަށު ކެތިއަރާ ޖަމިއްޔާއިން ނެރެފައިވާ އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރަމުންދަނީ އެ ޖަމިއްްޔާ އާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މި ގްރޫޕު ހެދުމަށްޓަކައި ބޭނުންވާ ރޯވަރ ސްކައުޓަށް ބޭޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 26 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށް ވެސް […]

މުޙައްމަދު އަފްރާޙް
7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައި ވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ހޮސްޕިޓަލްތައް އަޅަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 […]

ޔުމްނާ ޢަލީ
ކެލާ ސްޕަރ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާ ސްޕަރ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ “ކެލާ ސްޕަރ ލީގު 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލުގެ ދަށުން އެ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށްށެވެ. މި އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ނިންމާފައިވާ މި މުބާރާތުގެ ޤުރުއަތުލުން ބޭއްވުމަށް ހަމަޖެހި...

އިބްރާހިމް ޚަލީލް
ހއ. އަތޮޅަށް ހުޅުވާލައިގެން ހޯރަފުށީގައި ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އަތޮޅަށް ހުޅުވާލައިގެން ހޯރަފުށީގައި ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. “އެޗްއާރުއެފް ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމަންޓް 2023” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެ އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށާއި، ކޮމިއުނިޓީ ގްރޫޕްތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން އަމި...

އިބްރާހިމް ޚަލީލް
ފޯކައިދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ށ. ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެރަށު ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގައި ފޯކައިދޫ ތަމްސީލް ކުރައްވާ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 791,1...

ޔުމްނާ ޢަލީ
ކުރިނބީ ޔޫތު މޫވްމެންޓުން އެރަށު ހުކުރު މިސްކިތުގައި ނެވިލޯން އަޅަން ފަށައިފި 📍 ހދ. ކުރިނބީ

ކުރިނބީ ޔޫތު މޫވްމެންޓުން އެރަށު ހުކުރު މިސްކިތުގައި ނެވިލޯން އަޅަން ފަށައިފި

ހދ. ކުރިނބީ މަސްޖިދު އީސާ ކަލޭފާނު (ހުކުރު މިސްކިތް) ގައި ނެވިލޯން އަޅަން ފަށައިފިއެވެ. މި މަސައްކަތް ކުރަމުން ދަނީ އެރަށު ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމެންޓްގެ އިސްނެގުމާއެކު ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ. މިކަމާއި ގުޅިގެން ކުރިނބީ ޔޫތް މޫވްމެންޓުގެ ރައީސް އާދަމް ޝަޒީމް ‘ތިލަދުން’ އަށް ވިދާޅުވީ މި މަސައްކަތް ކުރަނީ މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވައިލި ފަންޑަށް ލިބުނު ފައިސާ އިން ކަމަށެވެ. އަދި މިއީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީން ނިންމައިގެން […]

މުޙައްމަދު އަފްރާޙް
ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހްމަދު އާސިފް ވިދާޅުވެއްޖެއެވެ. މި ކެމްޕޭނަކީ ދި އައިލެންޑް އާޓިސްޓް އާއި އެންވަޔަރްމެންޓް މިނިސްޓްރީ އަދި ފޯކައިދޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. މިކަމާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ”ތިލަދުން” އަށް ވިދާޅުވީ މިފަދަ ކުރެހުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑަށް އ...

މުޙައްމަދު އަފްރާޙް
މޮޅަދޫ ގައި ހަދާ ގްރީންހައުސްތައް ނިމިއްޖެ 📍 ހއ. މޮޅަދޫ

މޮޅަދޫ ގައި ހަދާ ގްރީންހައުސްތައް ނިމިއްޖެ

ހއ. މޮޅަދޫ ގައި ހަދާ ގްރީންހައުސްތައް ނިމި، މިހާރު ކުރިއަށް ދަނީ އެތެރޭގައި ކުރަން ހުރި މަސައްކަތްތައް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ހިއްސާކުރަމުން އެރަށު ކައުންސިލުން ބުނީ މިއީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑު ފޮ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑު) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެ ކައުންސިލުން ބުނީ 20 ނުވަތަ 30 މީހުން އެރަށުގައި އަބަދުވެސް ދަނޑުވެރިކަން ކުރާ ކަމަށެވެ. ނަމަވެސް ދިމާވާ މައްސަލައަކީ […]

މުޙައްމަދު އަފްރާޙް
''ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ''

''ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ''

ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. ޝަވަންގެ ޕްރޮސްތެޓިކް ފަޔެއް ވަނީ މިހާރު ވަނީ ޖަހާފައެވެ. ޝަވަން އަށް ރަނިން ބްލޭޑް ހަދިޔާ ކުރީ ޔޫތް މިނިސްޓްރީން ނެވެ. އަދި އާދައިގެ ފައި (ޕްރޮސްތެޓިކް ފައި) ޖަހައިދިނީ އެންސްޕާގެ އެހީތެރިކަމާއެކުގައެވެ. އެކަމަށް އިޝާރާތް ކުރައްވައި މަހްލޫފް ވިދާޅުވީ، ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ ކަމަށެވެ. ނަމަވެސް […]

ޔުމްނާ ޢަލީ
ޝަވަންގެ ހުވަފެން ހަގީގަތަކަށް! 📍 ހދ. މަކުނުދޫ

ޝަވަންގެ ހުވަފެން ހަގީގަތަކަށް!

ހދ. މަކުނުދޫ އަހުމަދު ޝަވަންގެ ހުވަފެން ހަގީގަތަކަށްވެ، ޕްރޮސްތެޓިކް ފަޔެއް ޖެހުމުގެ ނަސީބު ލިބިއްޖެއެވެ. މިކަމާއިގުޅިގެން ޝަވަންގެ މަންމަ އައިޝަތު ވިޝާ “ތިލަދުން” އަށް ބުނީ މިއީ ލިބުނު ވަރަށްބޮޑު އުފަލެެއް ކަމަށާއި މިއީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެން ދެކެމުން އައި ހުވަނެއް ކަމަށެވެ. އަދި މިކަމަށްޓަކައި އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ. “ވަރަށް އުފާވޭ މިއަދު، ދަރިފުޅަށް ފައެއް ޖެހޭނެ ދުވަހެއް ފެނުމަކީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެންވެސް ކުރަމުން އައި އުއްމީދެއް. އަދި...

މުޙައްމަދު އަފްރާޙް
ފިއްލަދޫ ބަނދަރު ސަރަހައްދުން 18 ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ބަނދަރު ސަރަހައްދުން 18 ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހއ. ފިއްލަދޫގެ ބަނދަރު ސަރަހައްދުން ސިނާއީ މަސައްކަތް ކުރުމާއި ގުދަން ކުރުމުގެ މަސައްކަތަށް ބިން ދޫކުރަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން 10000 އަކަފޫޓުގެ 18 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ 5 އަހަރުގެ މުއްދަތަށް ދޫކުރާ ވަގުތީ ބިންތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އެ ބިންތަކުގައި ކުރެވޭނީ ހަމައެކަނި ތަކެތި ގުދަންކުރުމުގެ މަސައްކަތާއި ޤަރާޖު، ވޯކޮޝޮސޮޕް ފަދަ މަސައްކަތް ކަމަށް ވެސް ބުނެފައި ވެއެވެ. މިކަމަށް ޝަޢުޤުވެރިވާ […]

މުޙައްމަދު އަފްރާޙް