ބޮޑުތަކުރުފާނުގެ ޖިހާދު - އަސްކަރީ ވިސްނުމަކުން (ދެވަނަ ބައި)
ކުރީގެ އަދަދާއި ގުޅޭ ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން ޢަލީ ހަވަނަ (ޢަލީ ރަސްގެފާނު) ޕޯޗްގީޒުން ޝަހީދުކޮށް، ރާއްޖެ ހިފީ ސޮލީބީ ހަނގުރާމައެއްގައެވެ. ޔޫރަޕްގެ އެންމެ ދެކުނުގައި އޮންނަ ޕޯޗްގީޒުން ފުރައިގެން އިންޑިއާ ކަނޑައަށް އައިސް ބާރު ހިންގަމުންދިޔަ ޕޯޗްގީޒުންގެ ލަޝްކަރުގެ މައިގަނޑު އެއް މަޤްޞަދަކީ މި ސަރަޙައްދުގައި ނަސޯރާދީން ފެތުރުމެވެ. ޚާއްޞަ ގޮތެއްގައި އެ ދުވަސްވަރު މުސްލިމުންނާ މެދު ޕޯޗްގީޒުންގެ ހިތުގައި އޮތް ރުޅިވެރިކަން އެ މީހުން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ...