މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް! 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް!

ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ދެ ބޭފޫޅުން “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ. ހދ. އަތޮޅު ކައުންސިލުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނި ވޭތުވެދިޔަ 13 އަހަރު […]

މުޙައްމަދު އަފްރާޙް
މައުސޫމް އެމްޑީޕީ ދޫކުރެއްވި ސަބަބުތަކުގެ ތެރޭގައި، މިސަރުކާރުން ތިލަދުންމައްޗަށްވީ ވަޢުދުތައް ނުފުއްދުން!

މައުސޫމް އެމްޑީޕީ ދޫކުރެއްވި ސަބަބުތަކުގެ ތެރޭގައި، މިސަރުކާރުން ތިލަދުންމައްޗަށްވީ ވަޢުދުތައް ނުފުއްދުން!

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑު މެންބަރުކަމުން އަހުމަދު މައުސޫމް އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައިފިއެވެ. އޭނާ، މިކަން ހާމަކުރެއްވީ އިސްތިއުފާދެއްވި ސަބަބަކީ ކޮބައިތޯ ސުވާލުކުރެއްވުމުން އެކަމަށް ޖަވާބުދެއްވަމުންނެވެ. މައުސޫމް ވިދާޅުވީ އިސްތިއުފާދިން ފުރަތަމަ ސަބަބަކީ އެމްޑީޕީ އުފެއްދި އަސްލު އުސޫލުތައް ގަބޫލް ކުރާ އެއުސޫލްތައް ގާއިމް ކޮށް ދަމަހައްޓަން ތިބި އިތުބާރު ކުރެވޭ ފަރާތްތަކެއް އިސްނަގައިގެން އެވެލިއު ތައް އ...

މުޙައްމަދު އަފްރާޙް
ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފި 📍 ނ. ލަންދޫ

ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފި

ނ. ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފިއެވެ. މި ޕިކަޕުގައި ރޯކޮށްލާފައި މިވަނީއެރަށުގައި، އަންނަމަހު ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށެވެ. އެރަށު ކައުންސިލުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 3:50 ހާއިރު ކަމަށާއި އެއާއެކު އަލިފާން ނިއްވާލަން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އަލިފާން ނިއްވާލެވުނު އިރު، ޕިކަޕުގެ ބޮޑުބައެއް އަނދާފައި ކަމަށް ވެސް ބުނެއެވެ. “އެއީ ސަރުކާރުން އެރަށަށް ހަދިޔާ ކުރި ޕިކަޕެއް. އެއީ ކުނި މެނޭޖްކުރުމުގެ ބޭނުމަށް ލިބިފައިވާ ޕިކަޕެ...

މުޙައްމަދު އަފްރާޙް
ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ މުޙައްމަދު އިފްހާމް 📍 ހދ. ކުމުންދޫ

ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ މުޙައްމަދު އިފްހާމް

ފާއިތުވި 2021-2022 ވަނަ އަހަރު ކުމުންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު އިފްހާމު އިބްރާހީމް ހޮވިއްޖެއެވެ. ކުމުންދޫ ސްކޫލުގެ 2021-2022 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ޕްރިންސިޕަލް ސަޢީދު އަޙްމަދެވެ. ވޭތުވެދިޔަ ދިރާސީ އަހަރުގެ ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަށް ހޮވުނު އިފްހާމު ވަނީ ޘާނަވީ މަރުހަލާ ނިންމާ […]

އިބްރާހިމް ޚަލީލް
ދިއްދޫ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި އާރުއާރުސީއާއި ހއ އަތޮޅު ހޮސްޕިޓަލް 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި އާރުއާރުސީއާއި ހއ އަތޮޅު ހޮސްޕިޓަލް

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ފައިނަލުން ރޯޑް ރިކްރިއޭޝަން ކުލަބް (އާރުއާރުސީ) އާއި ހއ އަތޮޅު ހޮސްޕިޓަލް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އިއްޔެ ހަވީރު ކުޅެފައިވާއިރު، ފުރަތަމަ ސެމީގައި ބައްދަލު ކޮށްފައި ވަނީ އާރުއާރުސީ އާއި ފެނަކައެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ […]

އިބްރާހިމް ޚަލީލް
މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި

ށ. މިލަންދޫގައިި ”ރޫލްސް އޮފް ޖަނާޒާ 1” ގެ ނަމުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ. އެެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ ޖި ކޯހާއި ބެހޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވީ އެ ކަޮމެޓީގެ ރައީސާ އައިޝަތު ހަނިއްޔާއެވެ. އޭނާ ވިދާޅުވީ މިއީ ދެ ހަފުތާގެ މުައްދަތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި މި ކޯސް ފެށީ މި މޭ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މި ކޯސް ކުރިއަށް ދަނީ […]

މުޙައްމަދު އަފްރާޙް
އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލު ކުރުމަށް ނަޢްލާ ކުރި ހިތްވަރު! 📍 ހދ. މަކުނުދޫ

އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލު ކުރުމަށް ނަޢްލާ ކުރި ހިތްވަރު!

2021-2022 ވަނަ އަހަރު މަކުނުދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އެރަށު ފެހިވިލާގޭ ނަޢްލާ އިބްރާހީމް ޝަރީފްވަނީ ހޯދާފައެވެ. ސްކޫލަކުން ހުރިހާ ގޮތަކުން އެންމެ މޮޅު، އެންމެ ރަނގަޅު ދަރިވަރޭ ބުނުމުން ހިތަށް އަރަނީ އެ މަޤާމް ޙާޞިލް ކުރުމަށްޓަކައި އެ ދަރިވަރު މަސައްކަތް ކުރާނެވަރާއި ކުރާނެ ހިތްވަރެވެ. އެއީ އެންމެ ދުވަހެއް، ދެދުވަހެއްގެ މަސައްކަތެއް ނޫނެވެ. އަހަރު ދުވަހު، ކިޔެވުމުގެ އިތުރުން ތަޢުލީމާ ގުޅުންހުރި ކޮންމެ ކަމަކަށް އެދަރިވަރު ކަށިން ހިތްވަރު […]

ސަލާމާ ޢަބްދުލް ޢަލީމް
ދިއްދޫ އޮފީސް ފުޓްސަލް: ސެމީގައި އާރުއާރުސީއާއި ފެނަކަ އަދި ހޮސްޕިޓަލާއި ޕޮލިސް 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް: ސެމީގައި އާރުއާރުސީއާއި ފެނަކަ އަދި ހޮސްޕިޓަލާއި ޕޮލިސް

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޯޑް ރިކްރިއޭޝަން ކުލަބާއި ފެނަކަ ބައްދަލު ކުރަން ޖެހުނުއިރު، ސެމީގެ ދެވަނަ މެޗުގައި ހއ އަތޮޅު ހޮސްޕިޓަލް ޓީމާއި ދިއްދޫ ޕޮލިސް ޓީމް ވާދަ ކުރަން ޖެހިއްޖެއެވެ. އިއްޔެ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިފައިވާއިރު، އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލު […]

އިބްރާހިމް ޚަލީލް
ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް 📍 ހއ. ދިއްދޫ

ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” މިއަދު ކުޅުނު މެޗުތައް ހއ.އަތޮޅު ހޮސްޕޮޓަލު ޓީމާއި ރޯޑް ރިކްރިއޭޝަން ކުލަބުން ކާމިޔާބު ކޮށްފިއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތޮޅު ހޮސްޕިޓަލާއި ފެނަކައެވެ. މި މެޗު ވާދަވެރި ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އަތޮޅު ހޮސްޕިޓަލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް […]

އިބްރާހިމް ޚަލީލް
މަކުނުދޫ ސިއްސުވާލި ހާސްކަމުގެ ވަގުތުކޮޅު، ފެނުނީ އެއްބައިވަންތަކުގެ ނަމޫނާ 📍 ހދ. މަކުނުދޫ

މަކުނުދޫ ސިއްސުވާލި ހާސްކަމުގެ ވަގުތުކޮޅު، ފެނުނީ އެއްބައިވަންތަކުގެ ނަމޫނާ

ރޭގެ އިރާކޮޅުގެ ވަގުތެއްގައި މަކުނުދޫ އަލްފާގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ މަކުނުދޫގެ ތާރީޚުގައިވެސް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެގޭގައި ދިރިއުޅެމުންދިޔަ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލްފާގޭގެ ބަދިގެއާއި ބޮޑު ގުދަނެއްވަނީ އަނދާ ހުލިވެފައެވެ. އޭރު އެ ގުދަނުގައި ގިނަ ޢަދަދެއްގެ މުދާ ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރޭ 7.55 ކަންހާއިރު ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 10 ޖެހިފަހުންނެވެ. “އަޅުގަނޑަށް ޚަބަރު ލިބުމާއެކު ވަގުތުން...

ސަލާމާ ޢަބްދުލް ޢަލީމް
ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތް ފަށައިފި

ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ފަށައިފިއެވެ. މި މުބާރާތް މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މިއަދު ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ޕޮލިސް އާއި ދިއްދޫ ކައުންސިލެވެ. މި މެޗު 14-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

ހދ. މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން” އަށް ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވީ މިރޭ 8 ޖަހާކަށްހާއިރު ކަމަށެވެ. ހަތަރު ވަރަކަށް މީހުން އެ ގޭގައި ދިރިއުޅެއެވެ. އެ އެންމެން ވެސް ރައްކާތެރިކަމާއެކު އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް އައުޒަމް ވިދާޅުވިއެވެ. ތިން ކޮޓަރީގެ އެ ގޭގައި ރޯވި އަލިފާނުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، އަލިފާން ނިވުމުގެ މަސައްކަތުގައި މަކުނުދޫގެ މުއައްސަސާތަކާއި […]

ޙުސައިން ޝަހުދީ
"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" މި އަހަރުގެ އޮކްޓޯބަރ މަހު ބާއްވަނީ 📍 ހދ. ކުމުންދޫ

"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" މި އަހަރުގެ އޮކްޓޯބަރ މަހު ބާއްވަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” މި އަހަރުގެ އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފިއެވެ. ކުމުންދޫ ކައުންސިލުން ވަނީ ފާއިތުވި އަހަރު އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 49 ވަނަ އާންމު ބައްދަލުވުމުގައި ކޮންމެ އަހަރަކު އެ ކައުންސިލުން އިންތިޒާމް ކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން ކުމުންދޫ ކައުންސިލުން ވަނީ ފާއިތުވި 2022 ވަނަ އަހަރު އެ ކައުންސިލުގެ ފުރަތަމަ ފުޓްސަލް މުބާރާތް […]

އިބްރާހިމް ޚަލީލް
މި އަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިވާދޫ ވާދަކުރާނެ 📍 ހދ. ކުޅުދުއްފުށި

މި އަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިވާދޫ ވާދަކުރާނެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ހދ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ޖުމްލަ އަށް ޓީމަށް ފުރުޞަތު ދޭ ގޮތަށް ސިޓީ ކައުންސިލުން ފަރުމާކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. އެ އަހަރު މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. މި އަހަރުވެސް ފުރަތަމަ މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. ހުޅުވާލި ފުރުޞަތުގެ ދަށު...

އިބްރާހިމް ޚަލީލް
ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތެވެ. އަދި، ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ 95 އިނަސައްތަ ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެއެވެ. […]

އަޙްމަދު ވަހީދު