📍 ހއ. ފިއްލަދޫ
ފިއްލަދޫ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ
ހއ. ފިއްލަދޫގެ ގެއެއްގައި އަލިފާން ރޯވެ އެ ގެ އެއްކޮށް އަނދާ ހުލިވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ‘’ތިލަދުން’’ އަށް ވިދާޅުވީ، އަލިފާން ރޯވެ އަނދާ ހުލިވީ އެރަށު ހިތައްފިނިވާގޭ ކަމަށެވެ. އަލިފާން ރޯވިއިރު އެ ގޭގައި ޖުމްލަ 7 މީހުން ތިބި ކަމަށާއި، އެއީ ކުޑަ ތިން ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ދެމީހަކާއި އަދި އިތުރު ދެ އަންހެނުންކަމަށް […]