މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނައިވާދޫ ޓްރެއިނާސްއާއި ހިރަފުސް މެޗު އެއްވަރު 📍 ހދ. ކުޅުދުއްފުށި

ނައިވާދޫ ޓްރެއިނާސްއާއި ހިރަފުސް މެޗު އެއްވަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގްރޫޕް ބީގައި ނައިވާދޫ ޓްރެއިނާސްއާއި ކުޅުދުއްފުށީ ހިރަފުސް އިއްޔެ ހަވީރު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހިރަފުހުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ފޯކައިދޫ މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމުކޮށްލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމުކޮށްލައިފި

ށ. ފޯކައިދޫ ނެރުމަގުގައި މަސްބާނަން އިން މީހަކަށް މިޔަރު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މި ހާދިސާގައި ފޯކައިދޫ ސީޒާ މަންޒިލް/ ހަސަން އަބަދުﷲ ގެ ފައިގެ ކުޑަކަޅުވާ މަސްގަނޑުގައި މިޔަރު ހިފުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާއަށް ފޯކައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާގެ ހާލު ރަނގަޅެވެ. މި ހާދިސާ ހިނގިގޮތާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހަސަން އަބްދުﷲ ބުނީ، އެ ރަށު ބަނދަރުގައި އޮންނަ […]

އިބްރާހިމް ޚަލީލް
ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި 📍 ހއ. ކެލާ

ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ހއ. ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. އެރަށު ކައުންސިލު އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި ދާއިމީ ލިސްޓު އާންމުކޮށްފައި މިވަނީ އެރަށުން ދިރިއުޅުމަށްޓަކައި 33 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހުއެވެ. އެރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 262 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ކެލާ ކައުނ...

މުޙައްމަދު އަފްރާޙް
ކުލަބް ހުވާސް ބަލިކޮށް ޗެމްޕިއަން ކޮރަލްސް ފެށުން ރަނގަޅުކޮށްފި

ކުލަބް ހުވާސް ބަލިކޮށް ޗެމްޕިއަން ކޮރަލްސް ފެށުން ރަނގަޅުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ނޮޅިވަރަމް ކުލަބް ހުވާސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކޮރަލްސް އިން ފެށުން ރަނގަޅު ކޮށްފިއެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ހުވާސް އާއި ކޮރަލްސް ބައްދަލުކުރި މެޗު، ކޮރަލްސް އިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކޮރަލްސް އެވެ. މި ލަނޑަކީ މެޗުގެ 10 […]

އިބްރާހިމް ޚަލީލް
ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެކައުންސިލުގެ އެގްޒެކެޓިވް އިބްރާހިމް އަލީ ވިދާޅުވީ އަމާޒަކީ އެއްއަހަރުގެ ތެރޭގައި 1000 ގަސް އިންދުން ކަމަށެވެ. މި ޕްރޮގްރާމް މިއަދު ހެނދުނު ފައްޓަވައިދެއްވީ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި އެރަށުގައި ހުރި ސަރުކާރުގެ ވުޒާރާތަކާއި ސްކޫލު، އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އިބް...

މުޙައްމަދު އަފްރާޙް
ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި 📍 ހދ. ކުޅުދުއްފުށި

ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާއްޓޭ ސްޕޯޓްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުން މާއްޓޭ ސްޕޯޓްސް އިން މޮޅުވާން ދަނިކޮށް މެޗުގެ ފަހު ދިހަމިނެޓްގައި ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް...

އިބްރާހިމް ޚަލީލް
ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއު 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 18,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު
ށ. ފޭދޫ ގައި އަޅާ 8 ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ގައި އަޅާ 8 ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައިފި

ށ. ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ އެ މަސައްކަތް އަވަސްކޮށް ދިނުމަށް ފޭދޫ ކައުންސިލްގެ އަހްމަދު ރައިޝަމް ސަރުކާރަށް ގޮވާލައިފިއެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އެރަށު ރައިޝަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޭދޫއަކީ ސްކޫލްގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު ރަށެއް ކަމަށެވެ. އަދި މި ސަރުކާރުން އެރަށުގައި އަޅަންފެށި 8 ކުލާސް ރޫމް އާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވެފަވެއެވެ. މިކަމާއި ގުޅިގެން...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް: އެޗްޒެޑްޖޭ ބަލިކޮށް ޒިގްޒެގުން މުބާރާތް ފެށީ މޮޅަކުން

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް: އެޗްޒެޑްޖޭ ބަލިކޮށް ޒިގްޒެގުން މުބާރާތް ފެށީ މޮޅަކުން

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (އެޗްޒެޑްޖޭ) އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު މި މުބާރާތުގެ ކުޅުން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފަށާފައިވާއިރު، މިއަދުގެ މެޗު ޒިގްޒެގުން އެޗްޒެޑްޖޭގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި […]

އިބްރާހިމް ޚަލީލް
ރޯވި މަކުނުދޫ ބޯޓު އަޑިއަށް، ފަޅުވެރިން މާދަމާ މަކުނުދޫއަށް ގެންދަނީ 📍 ހދ. މަކުނުދޫ

ރޯވި މަކުނުދޫ ބޯޓު އަޑިއަށް، ފަޅުވެރިން މާދަމާ މަކުނުދޫއަށް ގެންދަނީ

މާލެއިން ފުރައިގެން ދަތުރު ކުރަނިކޮށް މިރޭ އަލިފާން ރޯވި ހދ. މަކުނުދޫ ”ހޮރީޒިއާ 2” ބޯޓު މިހާރު އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުގެ ފަޅުވެރިން މާދަމާ ހެނދުނު މަކުނުދޫއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ބޯޓުގައި މިރޭ ރޯވީ ބ. އަތޮޅު ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގެ އުތުރުން 3 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މިރޭ 19:00 ހާއިރުއެވެ. މި ބޯޓުގައި ފުރަތަމަ ރޯވީ އިންޖީނު ރޫމްގެ ބެޓެރީއެއް ސްވިޗާއި ގުޅާފައިވާ ނަރުގައި […]

ޔުމްނާ ޢަލީ
ބޯޓާ މުދާ ސަލާމަތް ކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރިން: ފަޅުވެރިއެއް 📍 ހދ. މަކުނުދޫ

ބޯޓާ މުދާ ސަލާމަތް ކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރިން: ފަޅުވެރިއެއް

މާލެއިން ފުރައިގެން ދަތުރު ކުރި ހދ. މަކުނުދޫ ”ހޮރީޒިއާ 2” ބޯޓުގައި ރޯވެ މިރޭ ހިނގި ހިތާމަވެރި ހާދިސާއަކީ ބޯޓުގެ ވެރިފަރާތާއި ބޯޓުގައި ހުރި މުދަލުގެ ވެރިންނަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެކެވެ. މި ބޯޓަކީ މާލެ އާއި މަކުނުދޫ، ރ. އަލިފުށި އަދި ރ. ރަސްގެތީމާ ދެމެދު ދަތުރުކުރާ ބޯޓެކެވެ. މި ބޯޓުގައި މިރޭ ރޯވީ ބ. އަތޮޅު ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގެ އުތުރުން 3 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މިރޭ 19:15 […]

ޙުސައިން ޝަހުދީ
ރޯވި މަކުނުދޫ ބޯޓުން ދަތުރުކުރި މީހުން ކަަމަދޫ އަށް ގެންގޮސްފި 📍 ހދ. މަކުނުދޫ

ރޯވި މަކުނުދޫ ބޯޓުން ދަތުރުކުރި މީހުން ކަަމަދޫ އަށް ގެންގޮސްފި

މާލެއިން ފުރައިގެން ދަތުރު ކުރި ހދ. މަކުނުދޫ ” ހޮރީޒިއާ 2” ބޯޓުގައި ރޯވެ އަނދާފައިވާއިރު، އެ ބޯޓުން ދަތުރު ކުރި އެންމެން ބ. އަތޮޅު ކަމަދޫ އަށް ގެންގޮސްފިއެވެ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އަންހެނެއް އަދި ކުޑަކުއްޖަކު ވެސް ނުހިމެނެއެވެ. މި ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ މުހައްމަދު ހަމީދު ކަމަދޫގައި ހުރެ ”ތިލަދުން” އަށް ބުނީ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަކުނުދޫ ބޯޓެއްގައި ރޯވެއްޖެ އޭނާ […]

ޔުމްނާ ޢަލީ
މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަކުނުދޫ ބޯޓެއްގައި ރޯވެއްޖެ 📍 ހދ. މަކުނުދޫ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަކުނުދޫ ބޯޓެއްގައި ރޯވެއްޖެ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ހދ. މަކުނުދޫ ބޯޓެއްގައި ރޯވެއްޖެއެވެ. މަކުނުދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބުދުﷲ މާހިދު “ތިލަދުން” އަށް ވިދާޅުވީ، އެ ބޯޓުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. “މުޅި ބޯޓުގައި ވަނީ ރޯވެފައި، އެއް ވެސް މީހަކަށް އަނިޔާއެއް ނުވޭ” މާހިދު ވިދާޅުވިއެވެ. ”ހޮރީޒިއާ 2” ނަމަކަށް ކިޔާ މި ބޯޓުގައި 10 މީހުން ތިބިއިރު އެ އެންމެން ވެސް ވަނީ ސަލާމަތްތެރިކަމާއެކު ފޯ ސީޒަން […]

ތިލަދުން
ފިއްލަދޫ އާއި ކެނދިކުޅުދޫ މަގުހެދުމަށް އާރްޑީސީއަށް 📍 ހއ. ފިއްލަދޫ

ފިއްލަދޫ އާއި ކެނދިކުޅުދޫ މަގުހެދުމަށް އާރްޑީސީއަށް

ހއ. ފިއްލަދޫ އާއި ނ. ކެނދިކުޅުދޫ މަގުހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮމަންޓް ކޯރޕަރޭޝަން (އާރުޑީސީ) އާއި އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް އާރުޑީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުނ...

ޔުމްނާ ޢަލީ
ފިއްލަދޫ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: އެންޑީއެމްއޭ 📍 ހއ. ފިއްލަދޫ

ފިއްލަދޫ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: އެންޑީއެމްއޭ

ހއ. ފިއްލަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ. ފިއްލަދޫ ހިތައްފިނިވާގޭގައި އަލިފާން ރޯވެފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ. އެ ހާދިސާގައި އެ ގޭ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން މިއަދު ވިދާޅުވީ، ފިއްލަދޫ ހިތަށްފިނިވާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގެ ދިިރިނޫޅެވޭ ވަރަށް އަނ...

ޔުމްނާ ޢަލީ