ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!
ކުޑައިރު އެންމެ ފުރަތަމަ ހަނދަށް ދާ މީހަކަށް ( އެސްޓްރޮނޮޓް ) ވާން ބޭނުންވީ އެއީ އާދަޔާ ޚިލާފް ކަމަކަށްވާތީއެވެ. އަދި ރާއްޖޭގައިވެސް އެފަދަ މީހުން ނޫޅޭތީއެވެ. އަދި ހަމަ އެހެންމެ އެކަން ތަޖުރިބާކުރަން ބޭނުންވާތީއެވެ. ނަމަވެސް މާ ގިނަ ދުވަހަކު އެ ހުވަފެން ދެކޭހިތެއް ނުވިއެވެ. ސްކޫލް ދައުރު ނިންމާލެއްވެވުމަށްފަހު، އެންމެ 19 އަހަރުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އާއި ގުޅިވަޑައިގަތީ ޤައުމަށް ޚިދުމަތްކުރުމުގެ މާތް ނިޔަތުގައެވެ. ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރެއްވު...