މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ގުއަޓެމާލާއަށް M5.6 ގެ ބިންހެލުމެއް އަތުވެއްޖެ - 28 މިނިޓު ކުރިން
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި، ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ. ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައ...

އަޙްމަދު ވަހީދު
އުތުރުގެ އަތޮޅުތައް "ވިއަވަތި ރާއްޖެ" މަހާސިންތާގެ އިންތިޒާރުގައި!

އުތުރުގެ އަތޮޅުތައް "ވިއަވަތި ރާއްޖެ" މަހާސިންތާގެ އިންތިޒާރުގައި!

ލާމަރުކަޒީ ގާނޫނުގައި ހުރި މައްސަލަތަކާއި އެ ނިޒާމްގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ ވިއަވަތީގެ ހަތަރު ވަނަ ކޮންފަރެންސް އެންމެ ފުރަތަމަ އޮންނާނެކަމަށް އިޢުލާން ކުރީ މިއަހަރުގެ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށި ސިޓީ ގަ އެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ކުޅުދުއްފުށި ސިޓީގެ ބަދަލުގައި ހދ. ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފަހުން އިޢުލާންކުރިއެވެ. އުތުރުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފަވާ، މި މަހާސިންތާ ބޭއްވުމަށް ފަހުން ތާވަލުކޮށް ތައްޔާރުވަމުން އައީ، މިއަހަރުގެ...

އަލީ އާދިލް
އާރުޓީއެލްއިން ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރި، ލޯފަން ދެ މީހެއްގެ ތަޖުރިބާ!

އާރުޓީއެލްއިން ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރި، ލޯފަން ދެ މީހެއްގެ ތަޖުރިބާ!

ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ތަޢާރަފްވެ ބައެއް އަތޮޅުތައް ގުޅާލުމުން، އެ އަތޮޅުތަކުގެ މީހުންނަށް ލިބުނު ފަސޭހަތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ވާހަކަތައް އެކިއެކި މަންސަތަކުގައި ގިނަބަޔަކު ހިއްސާކުރަނީ އުފަލާއި އެކުގައެވެ. ނަމަވެސް މި ފެރީގެ ނިޒާމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރި ފަސޭހަތަކުގެ ވާހަކައަކީ އާންމު ވާހަކައަކަށް ނުވެދާނެއެވެ. މިހާރު ބްލައިންޑް އެސޯސިއޭޝަންގެ ބައެއް މެމްބަރުން...

އިބްރާހިމް ޚަލީލް
ކުމުންދޫ ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލައިފި

ހދ. ކުމުންދޫ ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިއަދު ވިދާޅުވީ، ކުމުންދޫ ނެރު މައްޗައް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ބަންޑުން ޖަހާލާފަ ވާކަމަށެވެ. މި ޑިންގީ އިން ދަތުރު ކުރިން 6 މީހުން ވެސް ވަނީ ސަލާމަތް ކުރެވިފައި ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. ”ޑިންގީ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި” އަމީން ވިދާޅުވެފަވެއެވެ. ކުމުންދޫ ނެރު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި "ހަ ވާ" އަރުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ހަ ވާ" އަރުވައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހަވާ (ފަޔާވޯކްސް) ބަލަން ދިޔަ މީހުންނަށް “ހަ ވާ” ފެނި އެއްބަޔަކު ރުޅިގަދަވި އިރު، އަނެއްބަޔަކަށް އެކަން ވީ މަޖާކަމަކަށެވެ. އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަށް އިޢުލާންކޮށް އަންގާ ހަދަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްގެ ގޮތުގައި އޮތީ އެރަށު ހިއްކި ސަރަހައްދުގައި “ޕަޗަރާލި ޝޯ، ހަ ވާ އެރުވުން” މިނަން ކިޔާ ހަރަކާތެކެވެ. 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ […]

އަލީ އާދިލް
ފޭދޫ ޓާފް ދަނޑު ނުނިމި ލަސްވާތީ ފަޅޯ ގަހާއި ކެޔޮ ގަސް އިންދައިފި 📍 ށ. ފޭދޫ

ފޭދޫ ޓާފް ދަނޑު ނުނިމި ލަސްވާތީ ފަޅޯ ގަހާއި ކެޔޮ ގަސް އިންދައިފި

ށ. ފޭދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރަމުގެ މަސައްކަތް ކުރަމުންދާ ބޯޅަ ދަނޑުގައި ބަޔަކު ރޭ ފަޅޯ ގަހާއި ކެޔޮގަސް އިންދައިފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، ޓާފް އަޅައިގެން ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ އެރަށު ދަނޑުގައި ބަޔަކު ރޭ ފަޅޯ ގަހާއި، ކެޔޮ ގަސް އިންދާފައިވާ ކަމަށެވެ. އެކަން ބަޔަކު ކޮށްފައި ވަނީ ދަނޑުގެ މަސައްކަތް ނުނިމި ދިގުލާތީ ހިތްހަމަނުޖެހިގެންކަމަށް ޤަބޫލު ކުރެއްވޭ ކަމަށް ވެސް ރައިޝަމް ވިދާޅުވިއެވެ. […]

ޔުމްނާ ޢަލީ
ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ

ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ

މިއަހަރުގެ ބޮޑު ޢީދު ނަމާދު، ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ވެސް ބޮޑު ޖަމާއަތުގައި ކުރާގޮތައް ކުރާނެކަމަށް އެރަށްތަކުގެ ކައުންސިލުންތަކުން ހާމަކުރައްވައިފިއެވެ. މާދަމާ އަކީ މިއަހަރުގެ އަޟްހާޢީދު (ބޮޑު ޢީދު) ދުވަހެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާދަމާގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާއިރު، ބޮޑު ތިލަދުން މަތީގެ ބައެއް ރަށްތަކުގައި ވެސް މާދަމާގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެއެވެ. މިދުވަސް ވަރަކީ ބޮޑު ތިލަދުންމައްޗަށް ވިއްސާރަ ދުވަސްވަރެއް ކަމުން ބައެއް ކައު...

ޔުމްނާ ޢަލީ
''މާފަރުން ފެނުނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން'' 📍 ނ. މާފަރު

''މާފަރުން ފެނުނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން''

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުން ޖަނަވާރެއް ފެނިގެން އިއްޔެ އާންމުވި ވީޑިއޯއިން ފެންނަނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން ކަމަށް މާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. މާފަރު ކައުންސިލުން މިއަދު ވިދާޅުވީ، އެރަށު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއްކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިން ބެލިބެލުމުން މިހާތަނަށް މިނިކާވަގެއްފަދަ ޖަނަވާރެއް ފެނިފައެއް ނުވެއެވެ. އަދި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް ސިފައިނ...

ޔުމްނާ ޢަލީ
ރާވެރި އާއިލާއެއްގެ ހުވަފެން ހަޤީގަތަކަށް، ''މަރޮށީ ދިޔާހަކުރު'' ބާޒާރަށް! 📍 ށ. މަރޮށި

ރާވެރި އާއިލާއެއްގެ ހުވަފެން ހަޤީގަތަކަށް، ''މަރޮށީ ދިޔާހަކުރު'' ބާޒާރަށް!

ރާވެރިކަން ނުވަތަ ރުއްއެރުމަކީ އިހު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުންއައި ގަދީމީ މަސައްކަތެކެވެ. އިހުގައި މުޅި ރާއްޖޭގައި މި މަސައްކަތް ކުރަމުންއައި ނަމަވެސް ށ.އަތޮޅު މަރޮށްޓަކީ ރާވެރިކަމުގައި ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ރަށެވެ. ހާއްސަކޮށް ރުކު ރަލުން ތައްޔާރުކުރެވޭ، މަރޮށީ ކަރުހަކުރާއި ދިޔާހަކުރަކީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަކެއްޗެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތައް ޒަމާނާއި އެއްގޮތަށް ބަދަލުގެނެވި އެއިން ނަފާ ހޯދުމުގެ ވިސްނުމަކީ މިއަދު ދިވެހިންގެ ތެރޭގައި އާލާ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް

ގޯތިތެރޭގައި ގަސްއިންދާ ހައްދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ހިންގައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްމޯލް އައިލެންޑް ޖޯގްރަފިކް ސޮސައިޓީ ގުޅިގެން ހިންގާ “ސަސްޓެއިނަބަލް ލައިވްލިހުޑް އެންޑް އިކޮނޮމީ ރިކަވަރީ ޕްލޭނިންގ ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގެ ތެރެއިން، ގަސްގަހާއި ގެހި ހެއްދުމަށް ބޭނުންވާ ތިއަރީ ސެޝަންތަކާއި ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަންނެ ކޮންޓްރޯލް ކުރާނެގޮތާއި، ގަސް އިންދުމާއިގުޅޭ ޕްރެކްޓިކަލް ސެޝަން ތ...

މުޙައްމަދު އަފްރާޙް
އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިފި

ހއ. އިހަވަންދޫގެ 4 މިސްކިތެއްގައި ނެވިލޯން އަޅައިފިއެވެ. މި މަސައްކަތް ނިންމާލާފައިވަނީ މި ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެރަށުގެ ކުންފުންޏެއް ކަމަށްވާ އެރިސްޑެކަރ އާއެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަަހރުގެ އޭޕްރިލް 6 ވަނަ ދުވަހުއެވެ. މި ކަމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަހްމަދު ސޮބާހުއެވެ. އެރިސް ޑެކަރގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ވެރިޔާ އިބްރާހިމް ރަޝީދުއެވެ. މިކަމާއިގުޅިގެން އިހަވަންދޫ ކައުންސިލުގެ ރައީސ...

މުޙައްމަދު އަފްރާޙް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި 11 ޓީމެއް

ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި 11 ޓީމެއް

ހއ.އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ ހދ އަދި ށ އަތޮޅަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ “ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް” ގައި ބައިވެރިވާން ހުޅުވާލި ފުރުޞަތުގެ ދަށުން ޖުމްލަ 11 ޓީމެއް ބައިވެރިވެފައިވާކަން އެ ކުލަބުން ހާމަކޮށްފިއެވެ. މި މުބާރާތުގައި އިހަވަންދޫއިން ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ އަދި ކުޅިމަގެވެ. މި […]

އިބްރާހިމް ޚަލީލް
ކައުންސިލުން ފޯކައިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ 📍 ށ. ފޯކައިދޫ

ކައުންސިލުން ފޯކައިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ގެތަކަށް ފޮތި ކޮތަޅު ބެހުމަށް ހިންގާ ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ފޯކައިދޫ ކައުންސިލުން އެ ރަށުގައި މީހުން ދިރިއުޅޭ 265 ގެއަށް، ކޮންމެ ގެއަކަށް ފަސް ކޮތަޅު ބެހުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ އެ ކައުންސިލުގެ ސްޓާފުންގެ އެހީތެރިކަމާއިއެކު ގެތަކަށް ކޮތަޅު ބެހުމުގެ މަސައްކަތް އިއްޔެ […]

އިބްރާހިމް ޚަލީލް
ޗެމްޕިއަން ޓީމަށް 50000 ރުފިޔާދޭ ދިއްދޫ ކަޕްގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ޗެމްޕިއަން ޓީމަށް 50000 ރުފިޔާދޭ ދިއްދޫ ކަޕްގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނ...

އިބްރާހިމް ޚަލީލް
މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން ހަވާލުކޮށްފި

ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ބިގްފިޝްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހުމަދެވެ. މި މަޝްރޫ...

އަޙްމަދު ވަހީދު