ހއ. ހޯރަފުށީގައި އަޅަމުން އަންނަ އިންޓަނޭޝަނަލް ޕްރީސްކޫލަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) 1،171،558 ރުފިޔާ މިއަދު ހަދިޔާކުރައްވައިފިއެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލްގެ އަމަލީ މަސައްކަތް ފެށީ 11 މެއި 2022 ގައެވެ.

Ad
rt

މި ސްކޫލްގެ މަސައްކަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ލިބުނު އެހީތެރިކަމާއެކުގައެވެ.

އުއްޗުގެ ފަރާތުން މިއަދު މިސްކޫލްގެ މަސައްކަތަށް 1،171،558 ރުފިޔާގެ އެހީއެއް ދެއްވިއިރު، މި އެހީ އޭނާގެ ފަރާތުން ހޯރަފުށީ ކައުންސިލާ ހަވާލުކޮށް ދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ. އަދި އެ އެހީއާ ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އާއި އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.

ތިން ކްލާސްރޫމާއެކު ބިނާ ކުރާ ޕްރީސްކޫލްގައި އަންނަ ދިރާސީ އަހަރުން ފެށިގެން ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި ސްކޫލަށް ދީފައިވާ ނަމަކީ "ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް" އެވެ.