މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި އެއާޕޯޓުގައި ނައިޓް ލޭންޑިންގެ ޚިދުމަތް ފަށަން ޓެސްޓް ފްލައިޓު ކާމިޔާބު! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓުގައި ނައިޓް ލޭންޑިންގެ ޚިދުމަތް ފަށަން ޓެސްޓް ފްލައިޓު ކާމިޔާބު!

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލޓޑ (އާރް.އޭ.ސީ.އެލް) އިން ހިންގަމުންގެންދާ ކުޅުދުއްފުށި އެއާޕޯޓްގައި ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކޮށް، އެ ހިދުމަތް ރަސްމީކޮށް ފެށުމަށް އަޅަންޖެހޭ ޓެސްޓް ފްލައިޓު ކާމިޔާބުކަމާއިއެކު ޖައްސައިފިއެވެ. ޓެސްޓް ފަލައިޓް ޖައްސާފައިވަނީ ރޭގައެވެ. ނައިޓްލޭންޑިންގެ ހިދުމަތާއެކު ކުޅުދުއްފުށި އައާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް 24 ގަނޑިއިރަށް ބަދަލުވެގެން ދާނެއެވެ. މިއީ ކުޅުދޫފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވިގެންދިއަ ވަރަށް ބޮޑު މަސައްކަތެ...

އަޙްމަދު ވަހީދު
ހޯރަފުށީ ކައުންސިލުން ހެއްދުމުގެ މަސައްކަތް ފެށި އަނބު ދަނޑަކާއި ރުއްގަނޑަށް ގެއްލުންދީފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން ހެއްދުމުގެ މަސައްކަތް ފެށި އަނބު ދަނޑަކާއި ރުއްގަނޑަށް ގެއްލުންދީފި

ހއ. ހޯރަފުށީ ކައުންސިލުން އެރަށުގައި އަނބު ފާމަކާއި ރުއްގަނޑެއް ހެއްދުމުގެ ގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވަނިކޮށް، އެ އަނބުފާމާއި ކުރުނބާ ރުއްގަނޑުގައި އިއްޔެ އިންދި ގަސްތަކަކާއި ރުއްތަކަކަށް ބަޔަކު ގެއްލުންދީފިއެވެ. މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ. އަނބުފާމާއި ރުއްގަނޑުގެ މަސައްކަތް ފެށީ ޒަމާނުއްސުރެ އެ ރަށުގައި އޮތް ބޮޑު ކުނި […]

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލުން އަނބު ދަނޑަކާއި ކުރުނބާ ރުއްގަނޑެއް ހެއްދުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން އަނބު ދަނޑަކާއި ކުރުނބާ ރުއްގަނޑެއް ހެއްދުމުގެ މަސައްކަތް ފަށައިފި

ހޯރަފުށީ ކައުންސިލްގެ އަނބު ފާމް އާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލުގެ ފަރާތުން އެ ރަށުގައި އަނބު ފާމެއް ގާއިމުކޮށް، ރުއް ގަނޑެއް ހެއްދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ. މި އަނބު ފާމް […]

ޙުސައިން ޝަހުދީ
އިހަވަންދޫ ''ސާކް'' އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ބާއްވާ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ''ސާކް'' އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ބާއްވާ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ބާއްވާ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. އެ ކުލަބުން ބުނީ މި ފުރުސަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. “ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖު” ގެ ނަމުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. ހއ. ހދ އަދި ށ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތާއިގުޅޭ ގޮތުން ސާކް ގެ […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކޮށްފި

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލްގެ ”ފިނިފެހި ސިޓީ” ޕްރޮޖެކްޓްގެ ދަށން، އެ ސިޓީގެ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމާލެވިފައެވެ. އެ މިސްކިތްތަކަކީ، މަސްޖިދުލް ފިރުދައުސް، މަސްޖިދުލް ހަސަނާތު އަދި މަސްޖިދުލް ޖަމ...

ޔުމްނާ ޢަލީ
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ހަވާލު ކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ހަވާލު ކުރަނީ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިންނަކީވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއްކަމަށާއި، އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކ...

ޔުމްނާ ޢަލީ
ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީއާ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑްއާއެކު މިއަދު ސޮއިކޮށްފައިވާއިރު، ިކަމަށް ބޭއްވި ބައްދަލުވުމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. ކޮމަންޑޫ ޞިއްޙީ މަ...

ޔުމްނާ ޢަލީ
މަޝްހޫރު ހުރިހައި ސައިޓުތަކަށް ޑައިވްކުރި ޒުވާނަކަށް، އެންމެ ހިތްގައިމު މަންޒަރުތައް ފެނުނީ ހދ. އަތޮޅުން 📍 ހދ. ހަނިމާދޫ

މަޝްހޫރު ހުރިހައި ސައިޓުތަކަށް ޑައިވްކުރި ޒުވާނަކަށް، އެންމެ ހިތްގައިމު މަންޒަރުތައް ފެނުނީ ހދ. އަތޮޅުން

ރާއްޖެއަކީ ކަނޑު އަޑީގެ ރީތި ބަގީޗާތަކުން ޖަރީވެފައިވާ ގައުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ގައުމުތަކަށް މަޝްހޫރުވެފައި އޮންނަނީ ވެސް މިގޮތަށެވެ. ފަތުރުވެރިން އަންނަނީ ވެސް އެކަމުގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް ގުދުރަތީި ރީތިކަން ލިބިފައިވާ އަތޮޅަކަށްވާއިރު، އެކި އަތޮޅުތަކުގައި ހުންނަ ޑައިވިން ޕޮއިންޓުތައް ތަފާތެވެ. އެ ތަންތަނުން ފެންނަ މަންޒަރުތައް ވެސް ތަފާތެވެ. އެހެންނަމަވެސް ބޮޑު ތިލަދުންމަތީގައި ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ޑައިވް ސައިޓުތައް ހުރި ވާހަކައަކީ މީގެކުރިން ‘އެހާ...

މުޙައްމަދު އަފްރާޙް
ކޭއާރުއެޗުގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސީޔޫގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޝިއާމްއެވެ. މި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ އައިސީސީޔޫ ޕްރޮޓޮކޯލް ވެސް ވަނީ އިފްތިތާހު ކުރައްވާފައެވެ. މިކަމާއި ގުޅިގެން ކޭއާރްއެޗްގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ އަލަށް ތަރައްގީުކުރި އައިސީޔޫ ހުންނާނީ އެ ހޮސްޕިޓަލުގައި މިފަހުން ގާއިމުކުރި ތި...

މުޙައްމަދު އަފްރާޙް
މަކުނުދޫން 24 ބިމެއް ކުއްޔަށް ދޫކުރަން ބީލަމަށް ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫން 24 ބިމެއް ކުއްޔަށް ދޫކުރަން ބީލަމަށް ހުޅުވާލައިފި

ހދ. މަކުނުދޫ އިން 24 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި މިއަދު ބީލަމަށް ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި މަކުނުދޫ ކައުންސިލުން ކުރެއްވި ޢިއުލާނުގައިވާގޮތުން މި 24 ބިމަކީ 8 ބޭނުމަކަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ބިންތަކެކެވެ. މި ބިންތަކުގައި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 11 މޭ 2023 ން 24 މޭ 2023 ގެ 23:00 ގެ ނިޔަލަށް އެކަމަށް ޚާއްސަކޮށްފައިވާ ލިންކު […]

ޙުސައިން ޝަހުދީ
ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 1335 މީހުންގެ އާބާދީއެއް އޮންނަ ށ. ފޭދޫއަކީ ބިމުގެ ޖާގަ ތަނަވަސް، ގާމަތީ ރަށެކެވެ. އަފި އެ ރަށަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން މޫސުން ގޯސް ދުވަސްވަރު، ރަށު ބަނދަރު ބޭނުންކުރުމަކީ އޮޑިފަހަރުތަކަށް ދަތި އުނދަގޫކަމަކަށް ވަނީ ވެފައެވެ. މީގެ އިތުރުން ބ...

އަޙްމަދު ވަހީދު
އިހަވަންދޫގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގައި ރުކުގެ ފަނުން އުފެއްދުންތެރި ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ހިންގާ ޕްރޮގްރާމެކެވެ. 30 ބައިވެރިންނަށް ފުރުސަތު ދީގެން މި މަހުގެ 5 ވަނަ ދުވަހު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 11 ގެ ނިޔަލަށެވެ. ފަނުން އުފެއްދުންތެރި ތަކެތި ވިޔުމުގެ ފަންނުގެ ތަޖުރިބާކާރެއްގެ އެހީތެރިކަމާއެކު ހިންގާ މި ޕްރޮގްރާމަށް އެރަށުގެ އަންހެންބޭފުޅުންގެ ފަރާތުން ވަނީ ބޮޑު ތަރުޙީބެއް […]

ޙުސައިން ޝަހުދީ
ދިއްދޫގެ ފަރަށް ބޯޓު އަރައިގެން ލިބުނު ގެއްލުން ދެނެގަތުމަށް އީޕީއޭ ގެ ޓީމެއް ދަނީ 📍 ހއ. ދިއްދޫ

ދިއްދޫގެ ފަރަށް ބޯޓު އަރައިގެން ލިބުނު ގެއްލުން ދެނެގަތުމަށް އީޕީއޭ ގެ ޓީމެއް ދަނީ

ހއ. ދިއްދޫގެ ފަރަށް ޓަގު ބޯޓު އަރައިގެން ލިބުނު ގެއްލުން ދެނެގަތުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް މި ހަފުތާގައި ދާން ނިންމާފައިވާ ކަމަށް ބުނެފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޔޫސުފް ރިޟުވާން ވިދާޅުވީ ނުދެވި ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ހަމަޖައްސަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ. އެހެންނަމަވެސް މިފަދަ ކަމެެއް ދިމާވުމުން އަމަލުކުރަމުންދާ އުސޫލާއި އެއްގޮތަށް ހުރިހައި މަރުހަލާއެއް ވެސް ފުރިހަމަކުރަމުންދާ ކަމަށް އޭނާ ވި...

މުޙައްމަދު އަފްރާޙް
އިހަވަންދޫ ''ސާކް'' އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ފުޓްސަލް މުބާރާތެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ''ސާކް'' އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ފުޓްސަލް މުބާރާތެއް

ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ފުޓްސަލް މުބާރާތެއް ހއ. އިހަވަންދޫގައި ބާއްވަން އެރަށު ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ނިންމައި އެކަން ޢިއުލާންކޮށްފިއެވެ. މި މުބާރަތަކީ “ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖު” ގެ ނަމުގައި ބޮޑުތިލަދުންމަތީގެ ތިން އަތޮޅުކަމުގައިވާ ހއ. ހދ އަދި ށ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހުޅުވާލާފައިވާ މުބާރާތެކެވެ. މި މުބާރާތާއިގުޅޭ ގޮތުން ސާކް ގެ އެކްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު ނާއިފް ”ތިލަދުން” އަށް ވިދާޅުވީ، މ...

މުޙައްމަދު އަފްރާޙް
އިހަވަންދޫ ސްކޫލް މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލް މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިމުމަކާ ގާތަށް

ހއ. އިހަވަންދޫ ސްކޫލް މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ކައިރި ވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނަި (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ވޭރިއޭޝަނެއްގެ ގޮތުގައި އިތުރު ކުރެވިފައިވާ އިހަވަންދޫ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކަމަށެވެ. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 240 ދުވަހުގެ […]

އަޙްމަދު ވަހީދު