ޗާގޮސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ހިކުމަތާއި ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށް ތިލަދުންމަތި އުތުރުބުރީ ހޯރަފުށި ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން މިހެން ބުނީ ރާއްޖެއާއި މޮރިޝަސް އާއި ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރަށްފަހު، ދިވެހިން ބޭނުންވިގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

Ad
rt

އިޓްލޮސްގެ ނިންމުމާއި ގުޅިގެން 4687 އަކަ ކިލޯ މީޓަރުގެ ބޮޑުބައެއް ރާއްޖެއަށް ވަނީ ލިބިފައެވެ.

ހޯރަފުށި ކައުންސިލުން ބުނީ މި އަގުބޮޑު ރައުސުލްމާލު ރާއްޖޭގެ ރައްޔިތުންނަށް ލިބިގެން ދިއުމުން ހާމަވަނީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތު ފުރިހަމައަށް ކާމިޔާބުވެއްޖެކަމުގެ ވަރުގަދަ ރަމްޒެއް ކަމަށެވެ.

މުހައްމަދު ތަކުރުފާނު ފަދައިން އަލިރަސްގެފާނު ފަދައިން އަދި ދޮންބަންޑާރަ ފަދައިން ރައީސް ސާލިހުގެ ނަންފުޅު ފަތްފުށްތަކުގައި ލިޔެވިގެންދާނެކަމީ ޝައްކެތް ނެތް ކަމަށް ވެސް އެ ކައުންސިލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަމިއާއެކު މިގައުމުގެ ތާރީހުގައި ދިވެހިން ދުށް ރައްޔިތުންނަށް އެންމެ އޯގާތެރި، އެންމެތެދުވެރި ލީޑަރަކީ ރައީސް ސާލިހުކަން ޗާގޮސް މައްސަލަ ނިންމުމާއެކު ރައްޔިތުންނަށް އިތުރަށް އެނގި ހާމަވެއްޖެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ހޯރަފުށި ރައްޔިތުން ތިބީ މި ސަރުކާރާއި ރައީސްގެ ފަހަތުގައި ކަމަށް ވެސް ބުނެފައި ވެއެވެ.