މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,633 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9633 ޚަބަރުގެ ތެރެއިން
މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. މަކުނުދޫން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާޙް ގެނެސް އެރަށު ކައުންސިލުން އިއްޔެ ވަނީ އެ އިސްލާހާއެކު އެ އުސޫލު ޢާންމުކުރައްވާފައެވެ. މި އުސޫލުގެ ދަށުން އެރަށުން 2400 އަކަފޫޓުގެ 215 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު، އެރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު (އޮކްޓޯބަރު 4 ވާ ބުދަ ދުވަހުގެ) މެންދުރު 12 […]

ޔުމްނާ ޢަލީ
މިއީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު: ޔާސިރު

މިއީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު: ޔާސިރު

މި ފަސް އަހަރަކީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި ޔާސިރު ވަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ތަހުނިޔާ ދަންނަވާފައެވެ. މީގެ އިތުރުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަށް ޔާސިރު ވަނީ ހިތްވަރު ދެއްވާފައެވެ. ”ވޭތުވި […]

ޔުމްނާ ޢަލީ
"ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް" ކާމިޔާބު ކަމާއިއެކު ނިންމާލައިފި

"ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް" ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އަދި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް ގުޅިގެން ‘ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް’ ނަމުގައި ކުރިޔަށް ގެންދިޔަ ނާރސިންގ ކޮންފަރެންސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. 58 ބައިވެރިންނާއިއެކު ކުރިޔަށް ގެންދެވުނު މި ކޮންފަރެންސް ކުރިޔަށް ގެންގޮސްފައިވަނީ 28 ސެޕްޓެމްބަރު 2023 ވީ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށި ސިޓީ ކެމްޕަސް ހޯލްގައެވެ. މިއީ ރާއްޖެތެރޭގައި ބޭއްވުނު ނަރުހުންގެ ފުރަތަމަ ކޮންފަރެންސެވެ. ‘ޓްރެންޑްސް އިން ނ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުއްޓާއި އައްޑޫ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދޭނަން: މުއިއްޒު

ކުޅުދުއްފުއްޓާއި އައްޑޫ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދޭނަން: މުއިއްޒު

ޕީއެންސީގެ ވެރިކަމެއްގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “މުއިއްޒު ރައްޔިތުންގެ ގާތަށް”ގެ ނަމުގައި ބޭއްވި ސުވާލާއި ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ ދެ ސިޓީގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރައްވާ ވިދާޅ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ސިޓީގައި އާރުޓީއެލް ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ދޭން ފަށައިފިއެވެ. 

ރޭ ބޭއްވި ހަފްލާއެއްގައި އެ ސިޓީގައި ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އެމްޓީސީސީން ބުނި ގޮތުގައި އާރުޓީއެލްގެ އެހެން ޙިދުމަތާ އެެއްގޮތަށް މި ހިދުމަތް ކުޅުދުއްފުށި ސިޓީގައި ފަށައިގަންނާނީ ޓްރަޔަލް ދަތުރުތަކުންނެވެ. މި ދަތުރުތައް އެއް ހަފުތާގެ މުއްދަތަކަށް ކުރާނީ ހިލެއެވެ. ޓްރަ...

އަޙްމަދު ވަހީދު
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ދިއްދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ އާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުالله ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. ދިއްދޫއަކީ 4،186 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލައެވެ. މި މަޝްރޫއާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބ...

އަޙްމަދު ވަހީދު
ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން އެ އިދާރާގެ އަލިފާން ނިއްވާ ޓީމުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެ ދޯނި މިހާރުވަނީ ތިލަފުށި ފަޅުތެރެއިން ނެރަފައި ކަމަށާއި އެ ދޯނީގައި ތިބި މީހުންނަށް އަނިޔާއެއް ލިބިފައިވާކަން މިހާތަނަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އިތުރު މައުލޫމާތެއް އަދިހާމަނުކުރެއްވިޔަސް އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދ...

މުޙައްމަދު އަފްރާޙް
އުލިގަމު: ސިޔާސީ އެއްވެސް ކުލައެއް ނެތް ހަމައެކަނި ރަށް

އުލިގަމު: ސިޔާސީ އެއްވެސް ކުލައެއް ނެތް ހަމައެކަނި ރަށް

ފޯރިގަދަ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރު ވެސް ނިމެނީއެވެ. އެހެންނަމަވެސް މި އިންތިޚާބުގެ އެއްވެސް ކުލައެއް އެއްވެސް ފޯރިއެއް ހއ. އުލިގަމުގައި ނެތެވެ. މިކަން އުލިގަމަށް ޒިޔާރަތް ކުރާ ފަރާތްތަކުންވެސް ފާހަގަ ކުރެއެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް، ޕޯސްޓަރެއް، ދިދައެއްހާ ހިސާބުވެސް އުލިގަމުން ނުފެނެއެވެ. އުލިގަމުގެ ރައްޔިތަކުވެސް ސިޔާސީ ބަޙުސްކުރުމުގައި ނުވަތަ ސިޔާސީ ދެބަސްވުމުގައި އަރާރުންވާތީ ނުފެނެއެވެ. އެހެންނަމަވެސް ރަށަށް ވަޑައިގެންނެވި ހަމައެކަނި ރިޔާސީ ކެންޑިޑޭ...

ތިލަދުން
ހއ. އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ވޮލަންޓިއަރުން ހޯދަނީ 📍 ހއ. ދިއްދޫ

ހއ. އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ވޮލަންޓިއަރުން ހޯދަނީ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަހަރު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ހިންގުމުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ އެކަމަށް ބައެއް ފަރާތްތަކުން އެދެމުން އައުމާއިއެކު، ހަމަހަމަ ގޮތެ...

އިބްރާހިމް ޚަލީލް
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މުބާރާތް ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި އެ އަތޮޅު މާރަންދޫ ކައުންސިލް ގުޅިގެން މާރަންދޫގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ކޮންމެ ރަށަކުން އެއް ޓީމަށެވެ. މުބާރާތުގައި ބައިވެރިކ...

އިބްރާހިމް ޚަލީލް
ގެއްލިގެން ހޯދަމުން ދިޔަ މަކުނުދޫ ނާތިފް ފެނިއްޖެ 📍 ހދ. މަކުނުދޫ

ގެއްލިގެން ހޯދަމުން ދިޔަ މަކުނުދޫ ނާތިފް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ ސިތާރާމަންޒިލް، ނާތިފް އަބްދުއްސަލާމް ފެނިއްޖެއެވެ. އުމުރުން 28 އަހަރުގެ ނާތިފް ގެއްލިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މާލެއިންނެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެއިން ފެނިފައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމުގެ ފުލުހުން ވަނީ ކުރައްވާފައެވެ. މިފަހަކަށް އައިސް ރާއްޖޭގެ އެކި […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މިއީ 2023 ވަނަ އަހަރުގެ ނޭޝަނަލް ޖޫނިޔާ އެތްލެޓިކްސް ޗެމްޕިއަންޝިޕް އެ ސިޓީގައި ބާއްވާތީ އެއްކުރާ މައުލޫމާތު ކަމަށެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށް މި ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވާތީ، މި މުއްދަތުގައި އެ ސިޓީއިން ދުވަހު […]

މުޙައްމަދު އަފްރާޙް
ކޭލަކުނު އިކޯ ޓޫރިޒަމްގެ ރަށަކަށް ހަދައި، އާމްދަނީ ލިބޭނެގޮތް ހަދައިދޭނަން: ޑރ. މުއިއްޒު

ކޭލަކުނު އިކޯ ޓޫރިޒަމްގެ ރަށަކަށް ހަދައި، އާމްދަނީ ލިބޭނެގޮތް ހަދައިދޭނަން: ޑރ. މުއިއްޒު

ހދ. ކޭލަކުނަކީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނެ ކަމަށާއި އެރަށަކީ  އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ‘ތިލަދުން’ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި، ރާއްޖޭގެ ވެރިކަަމަށް އާދެވިއްޖެނަމަ، އެކަން ކުރައްވާނެ ކަމަށާއި އޭގެން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އާމްދަނީ ލިބޭނެ ފުރުސަތުތައް ލިބި، ވަޒީފާގެ ފުރުސަތުތ...

މުޙައްމަދު އަފްރާޙް
ތިލަދެކުނު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދެކުނު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023” ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ނޮވެމްބަރ މަހު ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށާއި ކްލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް […]

އިބްރާހިމް ޚަލީލް
ވިދިވިދިގެން 3 ވަނަ ފަހަރަށް ތިލަދެކުނު ޤުރުއާން މުބާރާތް، ނޮޅިވަރަމުން ކާމިޔާބުކޮށްފި

ވިދިވިދިގެން 3 ވަނަ ފަހަރަށް ތިލަދެކުނު ޤުރުއާން މުބާރާތް، ނޮޅިވަރަމުން ކާމިޔާބުކޮށްފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ތިލަދެކުނު ޤުރުއާން މުބާރާތް 2023” ގެ އެއްވަނަ ވިދިވިދިގެން ތިންވަނަ ފަހަރަށް ނޮޅިވަރަމުން ހޯދައިފިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 21 ސެޕްޓެމްބަރ އިން 23 ސެޕްޓެމްބަރ އަށް ހދ.ކުޅުދުއްފުށީގައެވެ. މި މުބާރާތުގެ އެއްވަނަ ނޮޅިވަރަމުން ހޯދިއިރު، ދެވަނަ ހޯދީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. ތިންވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މުބާރާތުގެ ވަނަތައް މުޅި މުބާރާތުން އެއް...

އިބްރާހިމް ޚަލީލް