މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,633 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9633 ޚަބަރުގެ ތެރެއިން
ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫ ކައުންސިލުގެ ގުރުއާން ކްލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިއީ އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ގުރުއާން ކުލާހެއް ކަމަށެވެ. އަދި މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މަހަކު 200 ރުފިޔާ ކަމަށެވެ. މި ކުލާހުގައި ބައިވެރިވާން އެދޭ ދަރިވަރުން “ޤުރްއާން ކްލާހަށް ވަނުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަކުރުމަށް ފަހު، […]

މުޙައްމަދު އަފްރާޙް
"ހިޔަލަ" އެކްސްޕޯ މިފަހަރު ހދ. އަތޮޅާއި ށ. އަތޮޅުގައި

"ހިޔަލަ" އެކްސްޕޯ މިފަހަރު ހދ. އަތޮޅާއި ށ. އަތޮޅުގައި

މިއަހަރުގެ “ހިޔަލަ” އެކްސްޕޯ ހދ އަތޮޅާއި ށ އަތޮޅުގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީ.ސީ.ސީ) އިން ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގެވެށި މަސައްކަތްތެރިންގެ ދުވަހާއި، ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް، ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެއް ކަމަށެވެ. މިފަހަރުގެ އެކްސްޕޯ އިންތިޒާމްކުރަނީ އެ ކުންފުނީގެ ކުޅުދުއްފުށި ސިޓީ ބްރާންޗާއި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކ...

މުޙައްމަދު އަފްރާޙް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ ނުވަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި […]

އިބްރާހިމް ޚަލީލް
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ނިންމައިފި

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފިއެވެ. މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމުގައި، ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ނަޝީދު މަގާމުން ވަކި ކުރުމަށް 39 މެމްބަރުންގެ ސޮއި ވަނީ ހަމަވެފައެވެ. މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔ...

މުޙައްމަދު
ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […]

އިބްރާހިމް ޚަލީލް
ހިޔާ ފްލެޓުން ވެއްޓުނު އައިހަމް ނިޔާވެއްޖެ، ކަށުނަމާދު މިއަދު 10:00ގައި 📍 ހއ. ދިއްދޫ

ހިޔާ ފްލެޓުން ވެއްޓުނު އައިހަމް ނިޔާވެއްޖެ، ކަށުނަމާދު މިއަދު 10:00ގައި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ފްލެޓަކުން ރޭ ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ކުއްޖާ އަކީ ހއ. ދިއްދޫ، ޝަމަންވިލާ، އުމުރުން 15 އަހަރުގެ މުހައްމަދު އައިހަމް އިސްމާއީލް އެވެ. އެ ކުއްޖާ ވެއްޓިފައި އޮތްތަނުގައި ގިނަ އަދަދެއްގެ ލޭ ހުރިއިރު، އެ ކުއްޖާ ވެއްޓުމުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ކަނޑައެޅީ ރޭ 00:45 ހާއިރުއެވެ. ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ސްޕީޗް ތެރަޕީ ދޭ ސެންޓަރެއް ހުޅުވައިފިއެވެ. ‘ބުލްބުލް ތެރަޕީ ސެންޓަރު’ ގެ ނަމުގައި މި ސެންޓަރު ހުޅުވާފައިވަނީ މި ހިނގާ އޮކްޓޯބަރު 6 ވަނަ ދުވަހުއެވެ. މިކަމާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން އެ ސެންޓަރު ހިިންގެވުމާއި ހަވާލުވެހުންނެވި އަހްމަދު އަބްދުއްރަހީމް ވިދާޅުވީ މި ވަގުތު ހިދުމަތް ދެމުން ދަނީ އެންމެ ޑޮކްޓަރަކާއެކުގައި ކަމަށާއި ނަމަވެސް މި މަހުގެ ތެރޭގައި އިތުރު ތިން ޑޮކްޓަރުން ގެންނާނެ ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް […]

މުޙައްމަދު އަފްރާޙް
ކެލާ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ: އިބުރޭ 📍 ހއ. ކެލާ

ކެލާ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ: އިބުރޭ

ހއ. ކެލާ ދާއިރާގެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެކަމުގެ އިހުސާސް ކުރެއްވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކެލާ ދާއިރާގެ ތިން ރަށުގެ ތަރައްގީއަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވި އަދި އެކަމުގެ ސަބަބުން އެރަށް ރަށުގެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށާއި އުންމިދުތަކަށް ހެޔޮބަދަލުތަކެއް އައިސްފައިކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ. ކެލާ ދާއިރާގައި އެރަށުގެ އިތުރުން...

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދާ ކޭކް ޑެކަރޭޝަން ކޯސް ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދާ ކޭކް ޑެކަރޭޝަން ކޯސް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދާ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ފަށައިފިއެވެ. ޖުމްލަ ދިހަދުވަހުގެ މުއްތަށް ކުރިއަށް ގެންދާ މި ކޯސް ފަށާފައި ވަނީ އިއްޔެއެވެ. މި ކޯސް ކުރިއަށް ދަނީ ޖުމްލަ ދިހަ ބައިވެރިންނާއި އެކުގައެވެ. މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ބުނީ މި ކޯހުގައި […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އެޗްއާރުއެފް ސީސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެޗްއާރުއެފް ސީސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އެޗް އާރު އެފް ސީސީ ކަޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓް ކުރެއްވުމަށް ހޯރަފުށީ ކައުންސިލުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ.އަތޮޅު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ.އަތޮޅު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން އެ އަތޮޅު ކެލާ ކައުންސިލާއި ގުޅިގެން އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކެލާ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް

ހދ.ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މިއަދު ފުލުހުން ވިދާޅުވީ ހަނިމާދޫއިން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާތައް ފޭރިގަތްކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ހަނިމާދޫގައި އުމުރުން 63 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާކޮށް ފައިސާ ފޭރިގަތް މައްސ...

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ބަހައްޓާފައި ހުރި ރައީސްގެ ފޮޓޯއަށް ކަޅުތެޔޮ ޖެހިޖެހުން ކައުންސިލުން ކުއްވެރިކޮށްފި

ހޯރަފުށީގައި ބަހައްޓާފައި ހުރި ރައީސްގެ ފޮޓޯއަށް ކަޅުތެޔޮ ޖެހިޖެހުން ކައުންސިލުން ކުއްވެރިކޮށްފި

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އެއާޕޯޓް ސަރަހައްދުގައި ބަހައްޓާފައި ހުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮޓޯއަށް ބަޔަކު ކަޅުތެޔޮޖެހި ޖެހުން އެ ރަށު ކައުންސލިން ކޮށްވެރިކޮށް ބަޔާން ނެރެފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ހޯރަފުށީ އެއާޕޯޓާއި އެ ރަށުގެ ތަރައްގީގެ ބާނީއަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި އެ އެއާޕޯޓް ހަގީގަތަކަށް ހައްދައިދެއްވާ ރޭގަނޑުގެ ދަތުރުތައް ފަށ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށް ވަދެ އެ ގޭގައި އުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ހާއްސަ އެހީ އަށް ބޭނުންވާ އެ މީހާ އަށް ހަމަލާ ދިން 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބުނު މީހާ އަށް މިހާރު އަންނަނީ […]

މުޙައްމަދު
ހަނިމާދޫ ބަނދަރާއި ޑްރައިވިން ޓްރެކް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރާއި ޑްރައިވިން ޓްރެކް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ބަނދަރާއި ޑްރައިވިން ޓްރެކް ފެހިކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ބޮޑެތި ގަސް އިންދުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ. ހަނިމާދޫ ފެހިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށާފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ. މި ޕްރޮގްރާމްގެ ދަށުން ރަށުގެ މަގުތަކާއި އަދިވެސް އެހެނިހެން ބައެއްތަންތަނުގައި ގަސް އިންދުމުގެ ހަރަކާތް އެ ކައުންސިލުގެ މުވައްޒަފުން ނުކުމެ ދޭތެރެދޭތރެއިން އަންނަނީ ކުރިއަށް ގެންދަމުނ...

އިބްރާހިމް ޚަލީލް