މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,633 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9633 ޚަބަރުގެ ތެރެއިން
ތިލައުތުރު ޤުރްއާން މުބާރާތާއި ފުޓްސަލް މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. މާރަންދޫ

ތިލައުތުރު ޤުރްއާން މުބާރާތާއި ފުޓްސަލް މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތާއި ފުޓްސަލް މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ދެ މުބާރާތުގެ އެއްބަސްވުމުގައި ހއ. މާރަންދޫ ކައުންސިލާއެކު ސޮއި ކޮށްފައިވަނީ ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލުގައި އިއްޔެ މެންދުރުފަހު 1 ޖެހިއިރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަަސްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން، އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ސޮއި ކުރެއްވިއިރު، މާރަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލުގެ ރައީސް ޖައިލަމް ހާރޫނެވެ. މި ރަސްމިއްޔާތުގައި ދެ...

މުޙައްމަދު އަފްރާޙް
ދިއްދޫ ބަނދަރާއި ޖެޓީ ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރާއި ޖެޓީ ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް 98 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. ސައިޓުގައި މިހާރު […]

އަޙްމަދު ވަހީދު
ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ނޮޅިވަރަމުގައި ފަށައިފި 📍 ހދ. ނޮޅިވަރަމް

ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ނޮޅިވަރަމުގައި ފަށައިފި

ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ހދ. ނޮޅިވަރަމުގައި ފަށައިފިއެވެ. “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފައްޓަވާފައިވާ މި ޕްރޮގްރާމުގެ ދަށުން ނޮޅިވަރަމްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މިއަހަރުގެ މެއި 6 ވަނަ ދުވަހު މި ޕްރޮގްރާމު ފަށާފައިވަނީ ހދ. ވައިކަރަދޫގައެވެ. އަދި ޖެހިގެން އައި 7 ވަނަ ދުވަހު ވަނީ އެ އަތޮޅު އުތީމާއި […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައްޓޯ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12، މުޝްރިފް މުހައްމަދެވެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި […]

އިބްރާހިމް ޚަލީލް
އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފި

އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މުބާރާތުގެ އިވެންޓުތައް މިއަދު ފެށިނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރެއެވެ. އިވެންޓުތައް ފެށުމުގެ ކުރިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ. މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސ...

މުޙައްމަދު އަފްރާޙް
ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހއ.ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގައި ހިންގި ހަރަކާތްތަކުން ވަނީ 132000.88 (އެއްލައްކަ ބައްތިރީސް ހާސް ރުފިޔާ، އައްޑިހައަށް ލާރި) ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރަމުން، މި އިވެންޓ...

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” މާދަމާ ފަށާނެއެވެ. އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ. އަންހެން ޑިވިޝަންގައި […]

އިބްރާހިމް ޚަލީލް
ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ

ހއ. ދިއްދޫގެ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެއެވެ. އެ އަތޮޅު ވަށަފަރުން ފުރައިގެން ދިއްދޫއަށް ދަތުރުކުރި ލޯންޗް، ދިއްދޫގެ ނެރުމައްޗަށް އުރިފައި ވަނީ މިރޭ 08:30 ހާއިރުއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އެ ރަށު ނެރުމައްޗަށް އުރިފައި ވަނީ އެ އަތޮޅު ވަށަފަރުން ފުރައިގެން އައި ލޯންޗެއް ކަމަށެވެ. އެ ލޯންޗްގައި 10 މީހުން ދަތުރުކުރި ކަމަށާއި، އެ […]

އިބްރާހިމް ޚަލީލް
ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގެ މަގުތައް ސާފުކޮށްފި 📍 ހދ. ކުޅުދުއްފުށި

ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގެ މަގުތައް ސާފުކޮށްފި

މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގެ މަގުތައް ސާފުކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2023 އެސިޓީގައި ބޭއްވުމަށް ނިންމާފައިވާތީ ހިންގި ހަރަކާތެއް ކަމަށެވެ. އަދި މި މަގުތައް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެ ސިޓީގެ މުއައްސަސާތައް ގުޅިގެން ކަމަށެވެ. މި ހަރަކާތް ރާވާ ހިންގައި ދެއްވިކަމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވާއިރު، މި ހަރަކާތުގައި...

މުޙައްމަދު އަފްރާޙް
ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކަމުންދިޔަ ތިން ދިވެހިން ހައްޔަރުކޮށްފި

ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކަމުންދިޔަ ތިން ދިވެހިން ހައްޔަރުކޮށްފި

މާލޭގައި ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކުގައި ހަށިވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެންޓީ ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި ސްޕެޝަލް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ރޭޭ ހިންގި މި އޮޕަރޭޝަންގައި ތިން ދިވެހިން، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށާއި އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހ...

މުޙައްމަދު އަފްރާޙް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […]

އިބްރާހިމް ޚަލީލް
މެންބަރު ޣަފޫރު ޕީއެންސީ އަށް ސޮޔެއް ނުކުރައްވާ!

މެންބަރު ޣަފޫރު ޕީއެންސީ އަށް ސޮޔެއް ނުކުރައްވާ!

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރެއްވި ޚަބަރު ދޮގުކޮށްފިއެވެ. އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައިވާ މުހައްމަދު ޝިފާޒު ކުރައްވާފައިވާ ޓްވީޓެއްގައި ގަޕޯ ފޯމެއްގައި ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ހިމަނުއްވައި ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ އިރު، އެމްޑީޕީއާ އެކު ކިތައް މެންބަރުން ތިއްބަވ...

މުޙައްމަދު އަފްރާޙް
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަމް

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ނެރުއްވާފައިވާ ދެންނެވުމެއްގައި ވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރު 17 ވާ އަންގާރަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމުގަިއ ބައިވެރި ކުރުމަށް ނިންމާފައިވަނީ ޚަތިމު ބަލައިގެން ފަރިތަކޮށް ކިޔަވަން އެންގޭ ފަރާތްތަކަށް ކަަމަށާއި އެކަމަށް އެދޭ ފަރާތްތަކުން އޮކްޓޯބަރު 14 ވާ ހޮނިހިރު ދުވަހގުގެ މެންދުރު 2 ޖެހުމުގެ ކުރިިން ނަން ނޯޓު ކުރުމަށް ވަނީ އެދިލަ...

މުޙައްމަދު އަފްރާޙް
ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަނީ

ހއ. ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް އެރަށު ކައުންސިލުން ހުޅުވާލާއިފިއެވެ. އެ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ވޮލީބޯލް، ހޭންޑް ބޯލް އަދި ފުޓްސަލުން އެރަށް ތަމްސީލުކުރާނެ ޓީމުތަކެއް އެކުލަވައިލުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ވޮލީ ބޯލުގައި އަންހެން އަދި ފިރިހެން ޓީމު ނެގުމަށް ނިންމާފައިވާއިރު، ހޭންޑްބޯލް ގައި ނަގަނީ އަންހެން ޓީމެކެވެ. އަދި ފުޓްސަލްގައި ނަގަނީ ފިރިހެން ޓީމެކެވެ. މި ޓީމުތަކުގައ...

މުޙައްމަދު އަފްރާޙް
ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި ކޯހަކީ ދިއްދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކޯހެކެވެ. މި ކޯހާއި ގުޅިގެން އެ ކޮމިޓީން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހުޅުވައިލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ...

މުޙައްމަދު އަފްރާޙް