📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށިން ގައުމީ ފެންވަރުގެ އެތުލީޓުން ވަނީ ފެނިފައި: އާތިފް
ކުޅުދުއްފުއްޓަކީ އެތްލެޓިކްސްގައި ގަދަ ރަށެއް ކަމަށާއި ގައުމީ ފެންވަރުގައި ގުނާލެވޭ އެތްލީޓުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމަޕިއަންޝިޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ 1979 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެތްލީޓުން ބައިވެރިވެގެން މާލޭގައި ބޭއްވި އެތްލެޓިކްސް މުބާރާތުން ވެސް އެއްވަނ...