މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ 📍 ހއ. އިހަވަންދޫ

ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ

ހއ. އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، ހާލު ސީރިއަސްވީ މީހާ ނިޔާވެއްޖެއެވެ. މިކަން ވަނީ އިހަވަންދޫ އައިމިނާދިޔޮ ސިއްހީ މަރުކަޒުން ”ތިލަދުން” އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެމީހާ ނިޔާވީ އެތަނަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. މިރޭ ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ މީހެކެވެ. އެއީ އިހަވަންދޫ، ނަޔާޑޭޒީ، އަބުދުއްރަޝީދު މުހައްމަދު ކަމަށް މައުލޫމާތު ލިބިފަވެއެވެ. މިހާދިސާގައި މުޑިއަރާފައި ވަނީ އިހަވަންދޫ ދ...

ޔުމްނާ ޢަލީ
އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، އަނިޔާވި މީހަކު ސީރިއަސް ހާލުގައި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، އަނިޔާވި މީހަކު ސީރިއަސް ހާލުގައި

ހއ. އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، 3 މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރީގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ ކަމަށާއި މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އަދި އެ ތިން މީހުންނަށް އިހަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެތަނުން އެކަކުގެ ހާކު […]

މުޙައްމަދު އަފްރާޙް
ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތު ކުރުމަށް އިބުރޭ އައު ދައުރަކަށް ކެލާ ގޮނޑިއަށް ވާދަކުރައްވަނީ 📍 ހއ. ކެލާ

ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތު ކުރުމަށް އިބުރޭ އައު ދައުރަކަށް ކެލާ ގޮނޑިއަށް ވާދަކުރައްވަނީ

ކެލާ ދާއިރާގައި ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތުކޮށް، ޒިންމާދާރު އިދިކޮޅު މަޖިލިސްމެމްބަރެއްގެ ގޮތުގައި ހުރުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީ 2024 ގައި ވާދަކުރަން ނިންމަވައިފިއެވެ. އައު ދައުރަކަށް ގޮނޑި ކާމިޔާބު ކުރުމުގެ މަސައްކަތަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިބްރޭ ހާމަކުރެއްވީ މީސް މީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ. އިބްރޭގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ކެލާ...

ޔުމްނާ ޢަލީ
ނުފޫޒު ގަދަ ރަށަކަށް ކުޅުދުއްފުށި ހެދޭނީ ޕޮޓެންޝިއަލް ހުރި ރަށު މީހުންނަށް ފުރުސަތު ދީގެން: އާތިފް 📍 ހދ. ކުޅުދުއްފުށި

ނުފޫޒު ގަދަ ރަށަކަށް ކުޅުދުއްފުށި ހެދޭނީ ޕޮޓެންޝިއަލް ހުރި ރަށު މީހުންނަށް ފުރުސަތު ދީގެން: އާތިފް

ކުޅުދުއްފުށި ސިޔާސީ ގޮތުން ބާރުވެރި ވުމަށް ރައްޔިތުން ވަނީ ހަރުދަނާ ބިންގަލެއް އަޅާފައި ކަމަށާއި، ދެންއޮތީ އެ ބިންގަލުގެ މައްޗަށް ސިޔާސީގޮތުން ނުފޫޒުގަދަ ރަށަކަށް ވުމުގެ މަސައްކަތް ކުރުންކަމަށާއި، އެކަން ކުރެވޭނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕޮޓެންޝިއަލް ހުރި އެ ރަށު މީހުންނަށް އެރަށު ރައްޔިތުން ފުރުސަތު ދީގެން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީސް އިންތިހާބުގައި...

ޔުމްނާ ޢަލީ
މި އަހަރުގެ ތިލަދެކުނު ވޮލީ މުބާރާތް ވައިކަރަދޫގައި

މި އަހަރުގެ ތިލަދެކުނު ވޮލީ މުބާރާތް ވައިކަރަދޫގައި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ވަނީ ފަސް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި “ބޭސިކް ފަހާ” ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ 20 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ މި ކޯހުގެ މުއްދަތަކީ ވިހި ދުވަހެވެ. މި ކޯސް އެ ރަށުގައި ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު […]

އިބްރާހިމް ޚަލީލް
ހުއްޓާލި ފައިނަލް މެޗު ނުކުޅެ، ކުމުންދޫ ކައުންސިލް ފުޓްސަލް މުބާރާތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ހުއްޓާލި ފައިނަލް މެޗު ނުކުޅެ، ކުމުންދޫ ކައުންސިލް ފުޓްސަލް މުބާރާތް ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023″ގެ ފިރިހެން ބައިގެ ފައިނަލުގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި މެޗު ހަމަނުޖެހުންހިނގައި ހުއްޓާލާފައިވަނިކޮށް، ލިބުނު އިންޒާރަކާ ގުޅިގެން މިއަދު އަލުން ކުޅެން ނިންމި މެޗު ކެންސަލްކޮށް މުބާރާތް ނިންމާލައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި ފައިނަލު މެޗުގެ ކުޅުން އޮތީ މި މަހުގެ 23 ވަނަ ދުވަހުގެ ރެޔެވެ. މި މެޗުގައި […]

ޔުމްނާ ޢަލީ
ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ އެފަދަ އިތުރު މައްސަލައެއް

ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ އެފަދަ އިތުރު މައްސަލައެއް

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިނުކޮށް އޮއްވާ އެފަދަ އެހެން މައްސަލައެއްގައި އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން އިން އަނެއްކާވެސް މަޖިލީހަށް ފޮނުވައިފި އެވެ. ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ކުރިން މަޖިލީހަށް ފޮނުވި ނަމަވެސް އެކަމާ މެދު މަޖިލީހުން ގޮތެއް ނުނިންމަ އެވެ. […]

ހުސައިން ހަބީބް
ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ 📍 ށ. މިލަންދޫ

ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ. ޝިޔާންޓޭ ޕީޕީއެމާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ށ. ވެރިރަށް ފުނަދޫގައި 18 ސެޕްޓެމްބަރު 2023ގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މީސް މީޑިއާ މެދުވެރިކޮށް ޝިޔާންޓޭ މިހާރު ވަނީ އަން މަޖިލިސް އިންތިޚާބުގައި މިލަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ހާމަކުރަ...

ޔުމްނާ ޢަލީ
ކުމުންދޫ ކައުންސިލް ފުޓްސަލްގެ އަންހެން ޗެމްޕިއަންކަން ސީއެސް ވިމެންސް އަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލްގެ އަންހެން ޗެމްޕިއަންކަން ސީއެސް ވިމެންސް އަށް

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ޗެމްޕިއަންކަން ސީއެސް ވިމެންސް އިން ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މިދިޔަ ހޯމަ ދުވަހުގެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސް އެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީއެސް ވިމެންސްއެވެ. މި މެޗުގައި ސީއެސް ވިމެންސްއަށް ގޯލު […]

އިބްރާހިމް ޚަލީލް
"ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަނީ 📍 ހއ. ދިއްދޫ

"ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަނީ

އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގެ ގޮތުން “ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު” މި ނަމުގައި އެ ރަށުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރު ވެއްޖެއެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވާ ހުކުރު ދުވަހުއެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:00 ގައި އެ ރަށު ބޮޑުމަގުގެ ރައްސިގަނޑު ސަރަހައްދުންނެވެ. މި ހިނގާލުމާއި ގުޅޭގޮތުން […]

އިބްރާހިމް ޚަލީލް
މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާއާއި ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާއާއި ހަވާލުކޮށްފި

ހދ. މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އިންޑިއާ އަށް ފޮނުވައިލައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް އެމީހުންގެ އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. މި ހިނގާ އޮކްޓީބަރު މަހުގެ 21 ވަނަ ދުވަހު ހިނގި މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅެފައިވަނީ މަކުނުދޫގައި […]

މުޙައްމަދު އަފްރާޙް
ޣާލިބު ކެލާ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ 📍 ހއ. ކެލާ

ޣާލިބު ކެލާ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ކެލާ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާ އެކަން ޢިއުލާންކޮށްފިއެވެ. ޣާލިބާއެކު އޭނާ އަށް ތާއީދުކުރާ ޕިޕީއެމްގެ މެމްބަރުންތަކެއް މިހާރުގެ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާ ގުޅުނީ މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި […]

ޔުމްނާ ޢަލީ
ޓޫރިޒަމްގެ ނައިބު ވަޒީރު އާތިފް ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރައްވަނީ 📍 ހދ. ކުޅުދުއްފުށި

ޓޫރިޒަމްގެ ނައިބު ވަޒީރު އާތިފް ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމަވައި، އެ ދާއިރާގެ ގޮނޑިއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިކަން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު އަޙްމަދު އާތިފް މިއަދު ހާމަކުރައްވައިފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ އާތިފް މިކަން ހާމަކުރެއްވީ މީސް މީޑިއާއަށް މިއަދު ދޫކޮށްލެއްވި މެސެޖެއްގައެވެ. މި މ...

ޔުމްނާ ޢަލީ
ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް 📍 ހއ. ދިއްދޫ

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް، މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާއަށް ބަދަލު ގެނެސްފިއެވެ. ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ. މި މުބާރާތުގައި […]

އިބްރާހިމް ޚަލީލް