މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,633 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9633 ޚަބަރުގެ ތެރެއިން
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ކުރިއަށް ގެންދިޔުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ، އެ ކުލަބުގެ ފަރާތުން މުބާރާތަށް ކަނޑައަޅާފައިވާ އިންޗާޖް މުހައްމަދު ސައީދުއެވެ. އަތޮޅު ކައުންސިލުގެ ފަރާތުން މ...

އިބްރާހިމް ޚަލީލް
މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން 📍 ހދ. ކުޅުދުއްފުށި

މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއ...

މުޙައްމަދު
ހދ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް ސޮއިކޮށްފި

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ހދ. އަތޮޅު ކައުންސިލް ރައީސް، މުޙައްމަދު ސިރާޖު އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ. ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ހދ އަތޮޅުގެ ވެރިރަށް ކުޅުދުއްފުށި ސިޓީގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މި ފޯމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަވާލުވެލެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް […]

އަލީ އާދިލް
ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި 📍 ށ. ގޮއިދޫ

ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި

ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހައްދަަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހައި ކަމެއް ފަހި ކޮށްދީ، ސީޕްލޭން ޖ...

މުޙައްމަދު އަފްރާޙް
މާއްޓޭ އިންޓަ ސްކޫލް ޖޫނިއަ ފުޓްބޯޅަ ފިއެސްޓާ ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މާއްޓޭ އިންޓަ ސްކޫލް ޖޫނިއަ ފުޓްބޯޅަ ފިއެސްޓާ ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މާއްޓޭ ސްޕޯޓްސް އެކަޑަމީއާއި ހިރަފުސް ސްޕޯޓްސް ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ “އިންޓަ ސްކޫލް ޖޫނިއާ ފުޓްބޯޅަ ފިއެސްޓާ 2023” ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި މިމަހު 15 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި ކުޅުދުއްފުށީ ސިޓީގެ ތިން ސްކޫލް ކަމަށްވާ އަފީފުއްދީން ސްކޫލާއި، ޖަލާލުއްދީން ސްކޫލުގެ އިތުރުން ހދ.އޭއީސީގެ ކީސްޓޭޖް 1، 2 އިން ކޮންމެ ކީ ސްޓޭޖަކުން ދެ ޓީމް ވަނީ ބައިވެރިވެފައެވެ. […]

އިބްރާހިމް ޚަލީލް
ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި

ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް މައްސަލާގައި މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި އެވެ. އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައި އޮތީ ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރި މައްސަލައެއްގަ އެވެ.  ޖޭއެސްސީން ބުނީ ކުރީގެ މައްސަލާގައި އޭނާ ސަސްޕެންޑްކުރި މުއްދަތު ނިމުމަކަށް އައި ނަމަވެސް އެ ކޮމިޝަނުން ބަލަމުންދާ އެހެން މައްސަލައަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯޅަ ޗެލެންޖް ފަށާ ތާރީޚް ބަދަލުކޮށް، އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯޅަ ޗެލެންޖް ފަށާ ތާރީޚް ބަދަލުކޮށް، އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީފި

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ފަށަން ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެނެސް އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ޑަބްލިއުޑީސީން ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ. މުބާރާތުގައި އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީ މުބާރާތް ފަސްކުރިކަން އިއުލާން ކުރީ މި ހަފްތާ އަންގާރަ ދުވަހުއެވ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ކައުންސިލްގެ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް" ގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލްގެ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް" ގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ” ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2023″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފެސްޓިވަލްގައި ދެ ކުޅިވަރެއް ހިމެނެއެވެ. އެއީ ފުޓްސަލްއާއި ވޮލީ ބޯޅައެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ހަތަރު ޓީމް ބައިވެރިވިނަމައެވެ. އަދި ވޮލީ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ތިން ޓީމް ބައިވެރިވިނަމައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރ...

އިބްރާހިމް ޚަލީލް
''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް'' 📍 ނ. މާފަރު

''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް''

ޕީއެންސީ، ޕީޕީއެމް ވެރިކަމެއްގައި ނ. މާފަރު ފަޅުގައި ރިސޯޓެއް އަޅައިދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެރަށަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ އެރަށު ފަޅުތެރެއިން ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ކައުންސިލްގެ ބާރު ނުހިނގާ ގޮތަށް ހަމަޖައްސާފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވާތީ އޭނާގެ ވެރިކަމެއްގައި އެތަން ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެެވެ. މާފަރަކީ ތަރައްގީ ކުރެވެން އޮތް ރަށ...

މުޙައްމަދު އަފްރާޙް
މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރު ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގައު އެތުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ […]

އަޙްމަދު ވަހީދު
ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

ހއ. ދިއްދޫ ފަހއ. ދިއްދޫ ފަރަށް ބާޖާއި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. “ޓީބީ މުތާ ޕްރިންސަސް” ޓަގު ބޯޓާއި “މުތާ ޕްރައިޑް” ބާޖު އެރަށު ފަރަށް އަރާފައިވަނީ މި 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި […]

މުޙައްމަދު އަފްރާޙް
މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. މަކުނުދޫ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ. މީގެ އިތުރުން ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ އިދާރާ އިން […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ނިންމާފައި ވަނީ މި މުބާރާތް ދެ ޑިވިޝަނަކަށް ކުރިއަށް ގެންދާށެވެ. އެއީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނެވެ. މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން ތިން ޓީމް ބައިވެރިވާނަމައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައ...

އިބްރާހިމް ޚަލީލް
މޮޅަދޫ ބަނދަރުން ވިޔަފާރި ކުރުމަށް ބިން ދޫކުރަނީ 📍 ހއ. މޮޅަދޫ

މޮޅަދޫ ބަނދަރުން ވިޔަފާރި ކުރުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ބަނދަރު ސަރަހައްދުން ވިޔަފާރިއަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށު ބަނދަރުން އެކިއެކި ވިޔަފާރިއަށް ޖުމްލަ ފަސް ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާއިރު، ފިއުލް ސްޓޯރޭޖާއި ޕެޓްރޯލް ޝެޑް ހެދުމަށް 5598.78 އަކަފޫޓުގެ ދެ ބިމެއް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ކެފޭ ރެސްޓޯރެންޓް ހިންގުމަށް 1806.03 އަކަފޫޓުގެ އެއް ބިން 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށް ނިންމާފައިވާއިރު، އާންމު...

އިބްރާހިމް ޚަލީލް
ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބާއްވާ “ރަންތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އެ ރަށު އުދަރެސް، އަލްމަރްހޫމާ ހަދީޖާ މުހައްމަދާއި އަލްމަރްހޫމް އިސްމާއިލް މުހައްމަދުގެ ހަނދާނުގައި، އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ދިއްދޫ އެކުވެރިކަމުގެ ޗޭން، ޖަމިއްޔާއިންނެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި...

އިބްރާހިމް ޚަލީލް