މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,634 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9634 ޚަބަރުގެ ތެރެއިން
"ކުރަހާ ރާއްޕެ"އަށް މިކަން "ވާނެބާ"! ބޭނުމީ ހެޔޮ ބަދަލެއް

"ކުރަހާ ރާއްޕެ"އަށް މިކަން "ވާނެބާ"! ބޭނުމީ ހެޔޮ ބަދަލެއް

އާރޓް ގެލަރީގެ ވަށައިގެން ހުރީ އެކި ކުލައިގެ، އެކި ވައްތަރުގެ ފަންނީ ހުނަރެވެ. ކުރެހުމާއި، އަތްތެރި މަސައްކަތާއި، ފެންކުލައިގެ “އައިޖައިބެއް ކަހަލަ” ތަސްވީރު ތަކެވެ. ހަތަރު ބިތުންވެސް ފެންނަނީ ކުރެހުމުގެ ދުނިޔެއިން ފެންނާނެ ހުރިހާ ކުލައެކެވެ. ނެތް ހުނަރެއް، ނެތް ކުލައެއް ނެތެވެ. މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން، ވަރަށް ޖޯޝީ ވާހަކަ ތެކެއްވެސް އަޑު އިވެއެވެ. ތިން ހަތަރު މީހުންގެ މެދުގައި ވާހަކަ ދައްކަން އެ ހުރީ މަޝްހޫރު ކުރެހުންތެރިޔާ “ކުރަހާ ރާއްޕެ” […]

ޙުސައިން ޒަބީރު (ހޒމވ)
އުތީމު ނެރުފައިކަށީގެ މަސައްކަތާއި އިތުރު ދެ ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހއ. އުތީމު

އުތީމު ނެރުފައިކަށީގެ މަސައްކަތާއި އިތުރު ދެ ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޅ. އަތޮޅު ކުރެންދުއާއި އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. ކު...

އަޙްމަދު ވަހީދު
ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި

ހދ. ނެއްލައިދޫގެ އައު ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އައު އިންޖީނުގެއާއި އެ އަތޮޅުގެ މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި ދެތަން ހުޅުއްވައިދެއްވީ މި ހަގުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ނެއްލައިދޫ އައު އިންޖީނުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 22 އަހަރުވީ އިންޖީނުގެ ނިއްވައި އައު އިންޖީނުގެއިން ވަނީ ހިދުމަތް ދޭން ފަށައިފައެވެ. މިއީ 4234.5 އަކަފޫޓު ބޮޑު އިންޖީނުގެއެކެވެ. މީގެ ކުރިން އެ ރަށުގައި ހުރި އިންޖީނުގޭގައި […]

އަޙްމަދު ވަހީދު
ފޯކައިދޫ ކައުންސިލް ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލް ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލްގެ އިދާރާގެ ރަސްމީ ލޯގީ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފޯކައިދޫ ރަމްޒުކޮށްދޭ ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކުގެ ތެރޭގައި ހުށަހަޅާ ލޯގޯއަކީ އެ ރަށުގެ ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވުން ހިމެނެއެވެ. ހުށަހަޅާ ލޯގޯއިން އެއްވެސް ސިޔާސީ ޕާޓީއެއް އަދި އެހެން މުއައްސަސާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ. ފަރުމާ ކުރެވޭ ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި...

އިބްރާހިމް ޚަލީލް
ފިއްލަދޫ ފަތުރުވެރިކަމުގެ ބިންތަކަށް ބޮޑު ތަރުހީބެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫ ފަތުރުވެރިކަމުގެ ބިންތަކަށް ބޮޑު ތަރުހީބެއް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރާ ބިންތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ފަތުރުވެރިކަމަށް ހާއްސަކޮށް ފިއްލަދޫއިން ކަނޑައަޅާފައިވާ ” ޓޫރިސްޓް ވިލެޖް” އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެ ބިންތަކަށް ޖުމްލަ 110 ފަރާތަކުން ވަނީ ބީލަން ހުށަހަޅާފައެވެ. ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިމެއް ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބ...

އިބްރާހިމް ޚަލީލް
ރަސްފުށީ އިންޓަގްރޭޓެޑް އާބަން ސެންޓަރ ތަރައްޤީކުރުން: ދެކުނު ތިލަދުންމަތި ހުޅަނގު ބިތުގެ ރަށްތަކަށް ތަސައްވުރެއް!

ރަސްފުށީ އިންޓަގްރޭޓެޑް އާބަން ސެންޓަރ ތަރައްޤީކުރުން: ދެކުނު ތިލަދުންމަތި ހުޅަނގު ބިތުގެ ރަށްތަކަށް ތަސައްވުރެއް!

ތަޢާރަފް: ރަސްފުށީ އިންޓަގްރޭޓެޑް އާބަން ސެންޓަރަކީ ތިލަދުންމަތީ ދެކުނު ބުރީގެ ހުޅަނގު ސަރަހައްދަށް، ޚާއްޞަކޮށް ނެއްލައިދޫ، ނާވައިދޫ، ހިރިމަރަދޫ، ކުރިނބީ، އަދި އެހެނިހެން ރަށްތަކަށާއި ދަނޑުވެރިކަމުގެ ރަށްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ހިންގިދާނެ ފުޅާ ތަޞައްވުރެއް އޮތް މަޝްރޫޢެކެވެ. މި ސަރަޙައްދުގެ ބޯހިޔާވަހިކަމާއި، އިޤްތިޞާދީ، އަދި އިންފްރާސްޓްރަކްޗަރގެ ބޭނުންތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދައިދިނުމުގައި މި އާބަން ސެންޓަރުގެ ތަރައްޤީގެ މުހިންމުކަން ވަރަށް ބޮޑެވެ. އުފެއްދުނ...

ތިލަދުން
ރައީސް ޞާލިޙް ނޫނީ ހިޔާލު ތަފާތުވާ މީހުންނާ އެކުގައި މަސައްކަތް ކުރެވޭނެ ވެރިއެއް ނެތް: ޔާސިރު

ރައީސް ޞާލިޙް ނޫނީ ހިޔާލު ތަފާތުވާ މީހުންނާ އެކުގައި މަސައްކަތް ކުރެވޭނެ ވެރިއެއް ނެތް: ޔާސިރު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޞާލިޙް ނޫނީ ހިޔާލު ތަފާތުވާ މީހުންނާ އެކުގައި މަސައްކަތް ކުރެވޭނެ ވެރިއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ޔާސިރު ވިދާޅުވީ އޭނާ މި ދާއިރާގެ މެމްބަރުކަން ކުރައްވާތާ މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތަފާތު އެކި ވެރިންނާ ދިމާވެއްޖެ ކަމަށާއި އެހެންނަމަވެސް، އޭގެ […]

މުޙައްމަދު އަފްރާޙް
ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ޚިދުމަތް ފެށީ އިއްޔެއެވެ. ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކުރާނެއެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި، 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ. އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލެއެވެ. އެ […]

އަޙްމަދު ވަހީދު
އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން: ޝާހިދު 📍 ހދ. ހަނިމާދޫ

އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން: ޝާހިދު

އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރެއްވުމަށް ހދ. މަކުނުދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުގެ ވިސްނުމުގައި ހުރީ ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައ...

މުޙައްމަދު އަފްރާޙް
އާރްޓީއެލް ބަހުގެ ހިދުމަތް ދިއްދޫ ގައި މާދަމާ ފަށަނީ 📍 ހއ. ދިއްދޫ

އާރްޓީއެލް ބަހުގެ ހިދުމަތް ދިއްދޫ ގައި މާދަމާ ފަށަނީ

މާލެއިން އުތުރުގައި މިސަރުކާރުން އެންމެ ފުރަތަމަ ފަށާ އާރްޓީއެލް ބަހުގެ ޚިދުމަތް މާދަމާ ހއ. ދިއްދޫއިން ފެށިގެންދާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއާއެކު މިހާރު ބަސް ދަތުރުތައްކުރާ ރޫޓްތައް ފައިނަލް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިބަހުގެ ޚިދުމަތާއެކު ދިއްދޫގެ ރައްޔިތުންނާއި ވަކިން ހާއްސަކޮށް ސުކޫލްގެ ދަރިވަރުންނަށް ބޮޑުތަނުން ލުއިފަސޭހަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މެމްބަރު ވަހީދު...

މުޙައްމަދު އަފްރާޙް
މާރަންދު އާއި ތަކަންދޫ ބަނދަރު ބޮޑުކުރަން އެމްޓީސީސީއަށް 📍 ހއ. މާރަންދޫ

މާރަންދު އާއި ތަކަންދޫ ބަނދަރު ބޮޑުކުރަން އެމްޓީސީސީއަށް

ހއ. މާރަންދުއާއި ހއ. ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި ކޮންޓްރެކްޓްތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ތަކަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 15،565 ކިއުބިކް މީޓަރުގެ ބަނދަރު ކޮނުމާއި 161 މީޓަރުގެ ބޭރު ހިލަ ތޮށި ޖެހުމާއި 58 މީޓަރުގެ...

އަޙްމަދު ވަހީދު
މަކުނުދޫއަށް ރައީސް ދެއްވީ އިތުރު ރިސޯޓެއްގެ އުންމީދު

މަކުނުދޫއަށް ރައީސް ދެއްވީ އިތުރު ރިސޯޓެއްގެ އުންމީދު

ހދ. މަކުނުދޫ ފަޅުގައި އިތުރު ރިސޯޓެއް ތަރައްގީކުރަން ހުޅުވައިލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއެޖެއެވެ. ހދ. މަކުނުދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަކުނުދުއަކީ ތަފާތު ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ އަތޮޅެއް ކަމަށާއި، އެއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ސަރަހައްދުކަމަށެވެ. އަދި ވަކިން އޮތަސް މަކުނުދޫ އަކީ ރީތި ފަޅެއް އޮތް އަތޮޅެއްކަމަށް ރައީސް ވިދާޅުވިއެވެ. “ޓުއަރިޒަމް ދާއިރާގެ އެއް އިންވެސްޓަރު (ސިޔާމު) ޔަގީންކަން އެ […]

އިސްމާއިލް މޫސާ
ކޮމަންޑޫ ހިއްކި ބިމުން ދޫކުރާ ގެވަޅުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ހިއްކި ބިމުން ދޫކުރާ ގެވަޅުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގެ ހިއްކި ބިމުން ދޫކުރާ ބަންޑާރަ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކޮމަންޑޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް 1200 އަކަފޫޓުގެ 103 ގެވަޅު ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމާފައި ވަނީ، ފާއިތުވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 95 ވަނަ އާންމު ޖަލްސާގައެވެ. ގެވަޅަށް ކުރިމަތިލާން ފުރިހަމަ ކުރަންޖެހޭ ފޯމް މިހާރު އެ ކައުންސިލުން ދޫކުރަން ފަށާފައިވާއިރު، ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ […]

އިބްރާހިމް ޚަލީލް
ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް، ރައީސްގެ ގިނަ ވައުދުފުޅުތަކެއް! 📍 ހދ. ނޮޅިވަރަންފަރު

ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް، ރައީސްގެ ގިނަ ވައުދުފުޅުތަކެއް!

މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ފުރުސަތެއް ދީގެން ކަމަށާއި އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، އެ ބަދަލު ގެނައުން ހުއްޓުވުމުގެ ބިރު އޮންނާނެ ކަމަށެ...

މުޙައްމަދު އަފްރާޙް
ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅާފައެއް ނޯންނާނެ: ދިއްދޫ ކައުންސިލް 📍 ހއ. ދިއްދޫ

ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅާފައެއް ނޯންނާނެ: ދިއްދޫ ކައުންސިލް

ހއ. ދިއްދޫ ކައުންސިލައި ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފިއެވެ. އެރަށު ކައުންސިލުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކައުންސިލާއި ކައުންސިލުގެ މެމްބަރުންނަކީ ސަރުކާރަށް އެއްބާރުލުން ނުދޭ ބައެއްކަން ސިފަވާގޮތަށް ކައުންސިލުގެ އަގު ވައްޓާލައި، ކައުންސިލާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަަމަށެވެ. އަދި މިގޮތަށް ވާހަކަތައް ފަތުރަމުން ގެންދަނީ ދިއްދޫ...

މުޙައްމަދު އަފްރާޙް