މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,634 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9634 ޚަބަރުގެ ތެރެއިން
ބޮޑުދަތުރު ޑޮކިއުމަންޓްރީ ނެރެފި

ބޮޑުދަތުރު ޑޮކިއުމަންޓްރީ ނެރެފި

“ބޮޑުދަތުރު” ޑޮކިއުމަންޓްރީ މިއަދު “ތިލަދުން” އިން ނެރެފި އެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބޮޑުދަތުރު ޑޮކިއުމަންޓްރީ ތިލަދުންގެ މީސްމީޑިޔާ މަންސަތަކުން މިހާރު ފެންނާނެއެވެ. އެގޮތުން ތިލަދުން އޮންލައިންގެ ފޭސްބުކް ޕޭޖްއިންނާއި، ޔޫޓިއުބް ޗެނަލްއިން މިހާރު ފެންނާނެ އެވެ. މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ، އުތުރުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލެއައި ދަތުރާއި ގުޅޭ މި ޑޮކިއުމަންޓްރީ އަކީ...

ތިލަދުން
މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް އާއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. ބިގް ފިޝްއިން ބުނީ މި މަސައްކަތްތައް ކުރިއަށްދާ ހަލުވި މިނަށް ބަލާއިރު، މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަސައްކަތް ނިމޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރަނީ އަންނަ އަހަރުގެ […]

އަޙްމަދު ވަހީދު
ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު 📍 ށ. ކަނޑިތީމު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި...

މުޙައްމަދު އަފްރާޙް
ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފި

ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލެއިން ފުރައިގެން ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި “ހޮރިޒިއާ3” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ހިރިމަރަދޫ ނެރުގެ ކަނާތު ފައިކަށްޓަށް އުރި ދިޔަވާން ފެށުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފފައިވާ ކަމަށެވެ. ހިރިމަރަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ދޯނި އެރަށުގެ ނެރުމައްޗަށް […]

މުޙައްމަދު އަފްރާޙް
ބޮޑުދަތުރު ޑޮކިއުމަންޓްރީ ބުރާސްފަތި ދުވަހު ދައްކަނީ

ބޮޑުދަތުރު ޑޮކިއުމަންޓްރީ ބުރާސްފަތި ދުވަހު ދައްކަނީ

ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ “ބޮޑުދަތުރު” ޑޮކިއުމަންޓްރީ އަންނަ ބުރާސްފަތި ދުވަހު “ތިލަދުން” އިން ގެނެސްދޭން ނިންމައިފިއެވެ. ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެންދާ މި ޑޮކިއުމަންޓްރީ ތިލަދުންގެ މީސްމީޑިޔާ މަންސަތަކުން ދައްކާނީ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރުއެވެ. އެގޮތުން ތިލަދުން އޮންލައިންގެ ފޭސްބުކް ޕޭޖުންނާއި، ޔޫޓިއުބް ޗެނަލްއިން ދައްކާނެއެވެ. މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ،...

ތިލަދުން
ގާސިމަށް ހެނބަދޫން ވަރަށް ހޫނު މަރުހަބާއެއް!

ގާސިމަށް ހެނބަދޫން ވަރަށް ހޫނު މަރުހަބާއެއް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނ. ހެނބަދުއަށެވެ. އެ ރަށުން ގާސިމަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ހެނބަދޫގެ އިތުރުން މިއަދު ނ.ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ.ލަންދޫ އަދި ނ.މާފަރަށް […]

މުޙައްމަދު
ގާސިމަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އެބައޮތް: ނިހާން

ގާސިމަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އެބައޮތް: ނިހާން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރައްޔިތުން ކައިރި އަށް ގޮސް، ވޯޓެއް ދޭށޭ ވިދާޅުވުމުގެ ފުރިހަމަ ޝަރަފް އެބައޮތް ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ފިނޭގައި ޖޭޕީން ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ […]

މުޙައްމަދު
ޖޭޕީގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހިންގެ ބާރު: ގާސިމް 📍 ހދ. ހަނިމާދޫ

ޖޭޕީގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހިންގެ ބާރު: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ހދ. ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހި ދައުލަތުގެ ބާރު ކަމަށާއި ހަނިމާދޫގައި ސިފައިންނަށް ނުތިބެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހިރިމަރަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […]

މުޙައްމަދު
އަޅުގަނޑުމެން ހެދި ޑީލުގެ އަގު އެއްބިލިއަނަށް ވުރެ މަތިވާނެ: އާތިފް 📍 ހދ. ކުޅުދުއްފުށި

އަޅުގަނޑުމެން ހެދި ޑީލުގެ އަގު އެއްބިލިއަނަށް ވުރެ މަތިވާނެ: އާތިފް

ދަ ޑިމޮކްރެޓްސް ގައި ހުންނެވުމަށްފަހު އަލުން އަނބުރާ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގުޅުމަށް ހެދި ޑީލަކީ އެއް ބިލިއަނަށް ވުރެ މަތީގެ ޑީލެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން ލިބޭ މިންވަރު އެއް ބިލިއަނަށް ވުރެ މަތިވާނެކަން ހާމަކުރައްވާ ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މައްސަލައަކީ އެ […]

މުޙައްމަދު އަފްރާޙް
ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑު ކުރުމަށް ވައުދުވެވަޑައިގެންފި

ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑު ކުރުމަށް ވައުދުވެވަޑައިގެންފި

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ވަނީ ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ ހދ. އަތޮޅާއި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުން ޝަކުވާތައް […]

މުޙައްމަދު
ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް 📍 ހދ. ކުރިނބީ

ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރަން ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން ސަޕޯޓަރުންނާއި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމުގެ ހާލަތު ކިޔައިދެމުން އަންނަނީ ރައްޔިތުންގެ ނެތް އަމިއްލަ...

މުޙައްމަދު އަފްރާޙް
ހއ. މެދަފުށި އަދި ށ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ހއ. މެދަފުށި އަދި ށ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ހއ. މެދަފުށި އަދި ށ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރައްވާފައިވާ އިއުލާނުގައި ވަނީ 21 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރަށް އެ ވުޒާރާ އަށް ހާޒިރުވެ، ބީލަން ހުށަހެޅުމަށް އެދިފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 11 ޖަހާއިރު، ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވެސް ވަނީ އެދިފައެވެ. މި މަސައްކަތާއި […]

މުޙައްމަދު އަފްރާޙް
އިންސްޕެކްޓަރ އޮފް ޕޮލިސް، ހޯރަފުށި އަހްމަދު މޫސާ ނިޔާވެއްޖެ 📍 ހއ. ހޯރަފުށި

އިންސްޕެކްޓަރ އޮފް ޕޮލިސް، ހޯރަފުށި އަހްމަދު މޫސާ ނިޔާވެއްޖެ

އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު މޫސާ، ހއ. ހޯރަފުށި / ނިކޯޝިއާ ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަހްމަދު މޫސާ މެދުނުކެނޑި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދުމަތް ކުރައްވާފައިވާއިރު، ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓުގައި މަސައްކަތްކުރައްވައި، ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ނިޔާވި، އަހްމ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް! އަންނަ މަހު އާ ރަންވޭގެ އެއްބައި ބޭނުންކުރަން ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް! އަންނަ މަހު އާ ރަންވޭގެ އެއްބައި ބޭނުންކުރަން ފަށަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަންނަމަހު ފްލައިޓު ޖައްސާނީ އައު ރަންވޭގައި ކަމަށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމް ކުރާ ރަންވޭގެ ފުރަތަމަ 1400 މީޓަރު އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން އަލަށް ގާއިމްކުރާ 2.7 ކިލޯމީޓަރުގެ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، އެ ރަންވޭ އާއި މިހާރު ބޭނުން […]

މުޙައްމަދު އަފްރާޙް
ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އާއި މައުސާ

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އާއި މައުސާ

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އިބްރާހިމް ހަފީޒް އާއި މައުސާ އާދަމް ހޮވިއްޖެއެވެ. އެ ދެ ދަރިވަރުން އެ މަގާމަށް ހޮވުނުކަން އިއުލާންކޮށްފައިވަނީ އެ މަރުކަޒުގެ 2022،2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ގައެވެ. ރޭ ބޭއްވި މި ޖަލްސާގައި އޯލެވެލްގެ ހުރިހައި ގޮތަކުން އެއްވަނަ ހޯދި ލީމް، ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައިވައިރު، އޭލެވެލްގެ އެންމެ މޮޅު ދަރިވަކަށް ހޮވުނު މައުސާ ވަނީ ގައުމީ ގަދަ […]

މުޙައްމަދު އަފްރާޙް