މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އާއި މައުސާ

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އާއި މައުސާ

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އިބްރާހިމް ހަފީޒް އާއި މައުސާ އާދަމް ހޮވިއްޖެއެވެ. އެ ދެ ދަރިވަރުން އެ މަގާމަށް ހޮވުނުކަން އިއުލާންކޮށްފައިވަނީ އެ މަރުކަޒުގެ 2022،2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ގައެވެ. ރޭ ބޭއްވި މި ޖަލްސާގައި އޯލެވެލްގެ ހުރިހައި ގޮތަކުން އެއްވަނަ ހޯދި ލީމް، ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައިވައިރު، އޭލެވެލްގެ އެންމެ މޮޅު ދަރިވަކަށް ހޮވުނު މައުސާ ވަނީ ގައުމީ ގަދަ […]

މުޙައްމަދު އަފްރާޙް
ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ގާސިމް: ވަހީދު 📍 ހދ. ނޮޅިވަރަމް

ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ގާސިމް: ވަހީދު

ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގާސިމްގެ ރިޔާސީ ކެމްޕޭންގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވަހީދު ވިދާޅުވީ ހިޔާލު ފާޅުކުރުމާއި މުޒާހަރާ ކުރުމާއި ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު […...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމެއް

ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކޮށް އެނިޒާމު ހިންގާ ބެލެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މެދުގައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެނިޒާމް ދެމެހެ...

އަޙްމަދު ވަހީދު
ހޯރަފުށީ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ހއ. ހޯރަފުށީ ހޮސްޕިޓަލް އާ އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޮއިންޓް ވެންޗަ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ. ހއ. ހޯރަފުށީ ހޮސްޕިޓަލް އައު އިމާރާތުގެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ޖުމްލަ އަގަކީ 85,736,587.55 ރ. ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ހެލްތު މިނިސްޓްރީން އަން...

އަޙްމަދު ވަހީދު
ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިން ދޫކުރަން ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިން ދޫކުރަން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމަށް، ފަތުރުވެރިކަމަށް ހާއްސަކޮށް އެ ރަށުން ކަނޑައަޅާފައިވާ ” ޓޫރިސްޓް ވިލެޖް” އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް އެ ރަށުން ދޫކުރާ 99 ބިމުގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބިމުން ފެށިގެން ގޮސް 115000 (އެއްލައްކަ ފަނަރަހާސް) އަކަފޫޓާއި ދެމެދުގެ ބިނ...

އިބްރާހިމް ޚަލީލް
ޤާސިމް ކެމްޕޭނަށް ހދ. އަތޮޅަށް، މަކުނުދޫން ހޫނު މަރުހަބާއެއް

ޤާސިމް ކެމްޕޭނަށް ހދ. އަތޮޅަށް، މަކުނުދޫން ހޫނު މަރުހަބާއެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕޭނަށް ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ޖޭޕީން މައުލޫމާތު ދެއްވިގޮތުގައި ޤާސިމް ކުޅުދުއްފުށީ މަގުން މިއަދު ފުރަތަމަ ވަޑައިގަތީ ހދ. މަކުނުދޫ އަށެވެ. ކުޅުދުއްފުށީ އެއާޕޯޓުންނާއި މަކުނުދޫން ޤާސިމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ޖޭޕީން ބުނެއެވެ. މި ދަތުރުގައި ޤާސިމްގެ އަރިހުގައި ރަނިންމޭޓް، ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު […...

ޔުމްނާ ޢަލީ
އިހަވަންދޫގައި މަސްކިރާ ޒަމާނީ ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

އިހަވަންދޫގައި މަސްކިރާ ޒަމާނީ ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ހަދަން ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައު މި މަޝްރޫއު އްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. މިއީ ޖުމުލަ 60.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 500 ދުވަހެވެ. މި މަޝްރޫއުގެ ދަށުން 5.5 މީޓަރު އެމްއެސްއެލްގެ...

އަޙްމަދު ވަހީދު
ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި، ބޮޑު ތިލަދުންމައްޗަށް ހާއްސަކުރަނީ

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި، ބޮޑު ތިލަދުންމައްޗަށް ހާއްސަކުރަނީ

ދަ ޑިމޮކްރެޓުންގެ ވެރިިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި ބޮޑު ތިލަދުންމައްޗަށް ހާއްސަކުރައްވާނެ ކަަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. އެޕާޓީން ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުގައި އިލްޔާސް ވިދާޅުވީ ގާނޫނު އަސާސީގައި ވަކިގޮތަކަށް ސަރުކާރެއް އެކުލެވިގެން އަންނައިރު، ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހޭ ކަމަށާއި ނަމަވެސް ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހޭ ގޮތްތަކެއް ސާފުކޮށް ބުނެދީފައި ނުވާ ކަމަށެވެ. އެހެން...

މުޙައްމަދު އަފްރާޙް
ގިނަ ހަރަކާތްތަކަކާއެކު، ހިއުމެނިޓޭރިއަން ފެސްޓިވަލް މާދަމާ ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

ގިނަ ހަރަކާތްތަކަކާއެކު، ހިއުމެނިޓޭރިއަން ފެސްޓިވަލް މާދަމާ ކުޅުދުއްފުށީގައި

ދިވެހި ރެޑް ކްރެސެންޓްގެ 14 ވަނަ އަހަރީ ދުވަހާއި، ދުނިޔޭގެ އިންސާނީ ޚިދުމަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިއުމެނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި ބާއްވަމުން އަންނަ އާއިލީ ހަވީރު، މާދަމާ ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ. ދިވެހި ރެޑް ކްރެސެންޓް ކުޅުދުއްފުށީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 16:15 އިން 18:00 އަށް، ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ. މި އަހަރުގެ ހިއުމެނިޓޭރިއަން ފެސްޓިވަލްގައިވެސް ގިނަ ސްޓޯލްތަކެއް ހ...

އިބްރާހިމް އަސްވާޤް
ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް، ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް، ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ: މޭޔަރު އާތިފް

ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އަލުން ގުޅިވަޑައިގަތުމަށްފަހު އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އޭނާ ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެ ޕާޓީގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ...

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީން މެޖޯރިޓީ ނަގާނަން: ދަ ޑިމޮކްރެޓްސް

ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީން މެޖޯރިޓީ ނަގާނަން: ދަ ޑިމޮކްރެޓްސް

ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ހދ. ކުޅުދުއްފުށި ސިޓީން މެޖޯރިޓީ ނަގާނެކަމަށް ދަ ޑިމޮކްރެޓްސް އިން ހާމަކޮށްފި އެވެ. ޑިމޮކްރެޓްސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އެތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މޭޔަރު މުހައްމަދު އާތިފް އަދި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީން ވަކިވުމަކީ ބޮޑު އަސަރެއް ޕާޓީއަށް ކުރާނެ ކަމެއް ނޫން ކަމަށެވެ. މެމްބަރު ޔާސި...

އަލީ އާދިލް
ޚަލީލްގެ ކޮލަމް: ކަމާކަންފަށާ ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

ޚަލީލްގެ ކޮލަމް: ކަމާކަންފަށާ ހޯރަފުއްޓަށް

އެކިއެކި ކަންކަމުގައި މީގެ ކުރިން ތިލަދުންމަތީ އުތުރުބުރީގެ ގިނަ ރަށްތަކަށް ވަނީ ދަތުރު ކުރެވިފައެވެ. ނަމަވެސް ހޯރަފުއްޓަކީ ހއ.އަތޮޅުން ނުދެވޭ މަދު ރަށްތަކުގެ ލިސްޓްގައި ހިމެނޭ ރަށަކަށްވެފައި އެކުވެރިން ވެސް ތިބި ރަށަކަން ވުމުން ހޯރަފުއްޓަށް ގޮސްލަން ނިންމީމެވެ. އާރުޓީއެލް ފެރީގެ ނިޒާމުން ބޮޑުތިލަދުންމަތީ ރަށްތައް ގުޅާލާފައި އޮތުމުން މިހާރު މި ތިން އަތޮޅުގެ ކޮންމެ ރަށަކަށް ވެސް ދަތުރު ކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ. ހެޔޮއަގުގައި އެހާއަރާމުގައި ބޭނުން ދުވަހަކަށް ދަތުރު ޕްލޭން ކޮށްލަންވީއެވެ. ރާ...

އިބްރާހިމް ޚަލީލް
މެންބަރު ޔާސިރާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އަނެއްކާވެސް އެމްޑީޕީއަށް 📍 ހދ. ކުޅުދުއްފުށި

މެންބަރު ޔާސިރާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އަނެއްކާވެސް އެމްޑީޕީއަށް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ. މިރޭ އެމްޓީޕީން ކުރި ޓުވީޓެއްގައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ⁦‪ޔާސިރު ލަތީފް އާއި‬⁩, އެ ސިޓީގެ މޭޔަރ ⁦‪އަދި‬⁩, ޑެޕިއުޓީ މޭޔަރަ އަދި 3 ކައުންސިލަރުން ސޮއި ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ އަކްރަމް މުޙައްމަދުވެސް އަލިން އެޕާޓީއާއި ގުޅިފައިވާ ކަމަށެވެ. ކުޅުދުއް...

އަލީ އާދިލް
ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ރަސްމީ ލޯގޯ ފާސްކޮށް އެ ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. ހަނިމާދޫގެ ލޯގޯއިން ރަމްޒުކޮށްދޭ ކަންތައްތަކަށް ބަލައިލާއިރު، މުޅި ލޯގޯއިން ފެންނަނީ ދޫންޏެއް އުދުހޭ މަންޒަރެވެ. އެކަމުން ރަމްޒުކޮށްދެނީ ހަނިމާދޫއަކީ ޒަމާނުއްސުރެ އެއާޕޯޓެއް އޮންނަ ވައިގެމަގުން ދަތުރުކުރުމުގެ ފަސޭހަކަން ލިބިފައި އޮތް ރަށެއްކަމެވެ. ހަނިމާދޫގެ ނަމުން ރަމްޒުވާފަދައިން ހަނިމާދޫއަކީ ހަނި ދިގު ރަށެކެވެ. އެކަން ރަމްޒުވެގެންދަނީ ލޯގޯގައިވާ ދޫނީގެ ހަށިގެނޑުތެރެއިން ފެންނަ ހަނ...

އިބްރާހިމް ޚަލީލް
މިލަންދޫ ބަނދަރުގެ އެއްގަމުތޮށިލާން ބޭނުންވާ ގައު އެތެރެކުރުމުގެ މަސައްކަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރުގެ އެއްގަމުތޮށިލާން ބޭނުންވާ ގައު އެތެރެކުރުމުގެ މަސައްކަތް ފަށައިފި

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ދަނީ ހަލުވި ކަމާއެކު ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަހައ...

އަޙްމަދު ވަހީދު