މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހޯރަފުށީ ބިން ހިއްކައި ވަޒީފާގެ ފުރުސަތު އިތުރުކުރާނަން: މުއިއްޒު 📍 ހއ. ހޯރަފުށި

ހޯރަފުށީ ބިން ހިއްކައި ވަޒީފާގެ ފުރުސަތު އިތުރުކުރާނަން: މުއިއްޒު

ހއ. ހޯރަފުށީގައި ބިން ހިއްކައި އެ ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ވަޒީފާގެ ފުރުސަތު ލިބޭނެ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހޯރަފުށީގެ ރައްޔިތުން ވެސް އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރުވެރިކަމާއި ވަޒީފާއާއި އާމްދަނީގެ ފުރުސަތު ކަމަށެވެ. އަދި އެރަށުގައި ގެދޮރ...

މުޙައްމަދު އަފްރާޙް
ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި 📍 ހދ. ނެއްލައިދޫ

ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި

ހދ. ކުރިނބީ ބަދަރަށް އަޑިއަށް ދިޔަ އެ އަތޮޅު ނެއްލައިދޫ ދޯނި ނަގައިފިއެވެ. މި ދޯނި އަޑިއަށް ދިޔައީ މިއަދުއެވެ. މި ހާދިސާ އާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ސިޔާހު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެވަގުތު އޭނާ ހުންނެވީ އޮފީހުގައި ކަމަށެވެ. އަދި އާންމު ރައްޔިތަކު ކައުންސިލަށް ގުޅައިފާ އެ ޚަބަރު ދިނުމުން ވަގުތުން އެ ސަރަހައްދަށް ގޮސް […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ ''ދޮލަނގު'' ޓެކްނޮލޮޖީ ބޭނުންކޮށްގެން: ޓޮމް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ ''ދޮލަނގު'' ޓެކްނޮލޮޖީ ބޭނުންކޮށްގެން: ޓޮމް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު މިހާރު ހިންގަމުން ދަނީ މަށަންދައްޗާއި ފަކީރާ އަދި ދޮލަނގު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ. ޓޮމް މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ މަސައްކަތުގައި އުޅޭ ބަޔަކު ފެންނަ ވީޑިއޯއެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ. އެ ވީޑިއޯ އަށް އިޝާރާތް ކުރައްވައި ޓޮމް ވިދާޅުވީ، އެއީ 136 މިލިއަން ޑޮލަރުން ދިވެހި ދައުލަތް ޒިންމާވެ، އިންޑިޔާގެ […]

ޔުމްނާ ޢަލީ
މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދޭނަން: މުއިއްޒު 📍 ހދ. މަކުނުދޫ

މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދޭނަން: މުއިއްޒު

މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ ގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހދ. މަކުނުދޫގައި ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މަކުނުދޫގެ ސިއްހީ ނިޒާމަށް އަލިއަޅުވައިލައްވާ މުއިއްޒު ވިދާޅުވީ އެހެން ރަށްރަށާ ދުރުގައި ވަކިން އޮތް މަކުނުދޫގައި އޮންނަން ވާނީ ކޮޅަށް ތެދުވެފައި އޮތް ސިއްހީ ނިޒާމެއް ކަމަށެވެ. އެގޮތުން އެކްސްރޭ ނެގުމާއި ސްކޭން ކުރުމާއި ކުޑަކުދިންގެ ހާއް...

މުޙައްމަދު އަފްރާޙް
ކޭލަކުނު އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނަން: މުއިއްޒު

ކޭލަކުނު އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނަން: މުއިއްޒު

ހދ. ކޭލަކުނަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށާއި އެއީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މުއިއްޒުގެ އިގުތިސާދީ ސިޔާސަތާއި ގުޅޭ ބައެއް ކަންކަން ހާމަކުރައްވައި ވިދާޅުވީ ހދ. އަތޮޅަށް އިގުތިސާދީގޮތުން މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ފަތުރުވެރިކަން ކަމަށާއި އެކަން ކުރާނީ ޕީޕީއެމް، ޕީއެންސީގެ...

މުޙައްމަދު އަފްރާޙް
މުޢިއްޒުއަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުޙަބާއެއް، ޖަލްސާ މިރޭ! 📍 ހދ. ކުޅުދުއްފުށި

މުޢިއްޒުއަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުޙަބާއެއް، ޖަލްސާ މިރޭ!

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނާއެކު މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި، އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި އެކު، ފުރަތަމަ ވަޑައިގެންނެވި އެވެ. އެ ބޭފުޅުންނަށް މަރުހަބާ ދެއްވުމ...

އަލީ އާދިލް
ތިލަފުށި ފަޅުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ

ތިލަފުށި ފަޅުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ

ތިލަފުށި ފަޅުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެ އިދާރާއިން ކުރާއްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 12:07 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ތިލަފުށީ ފަޅުތެރޭގައި އޮތް ބާ ބޯޓެއްގައި ކަމަށެވެ. އެހެންނަމަވެސް މިހާދިސާގ...

މުޙައްމަދު އަފްރާޙް
މުއިއްޒުގެ ކެމްޕެއިން ދަތުރުތައް ފެއްޓެވީ، ބޮޑު ތިލަދުންމަތިން

މުއިއްޒުގެ ކެމްޕެއިން ދަތުރުތައް ފެއްޓެވީ، ބޮޑު ތިލަދުންމަތިން

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވައިފި އެވެ. މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި އޭނާގެ އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޕީޕީއެމ...

މުޙައްމަދު އަފްރާޙް
އުރީދޫ މަސްރޭސް: ކުޅުދުއްފުށިން ޗެމްޕިއަންކަން ނެގީ ޓީމް “ބުޅި ކެނޑި” 📍 ހދ. ކުޅުދުއްފުށި

އުރީދޫ މަސްރޭސް: ކުޅުދުއްފުށިން ޗެމްޕިއަންކަން ނެގީ ޓީމް “ބުޅި ކެނޑި”

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، “އުރީދޫ މަސްރޭސް 2023” ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ. އިއްޔެ ކުޅިދިއްފުށީގައި ކުރިއަށްގެންދިޔަ މި މުބާރާތުގައު 20 ޓީމަކުން ބައިވެރިވިއެވެ. މުބާރާތުގައި ބުޅި ކެނޑި ޓީމުން ޖުމްލަ 1214.25 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާފައިވާއިރު ރަނަރަޕްކަން ހޯދާފާވަނީ 659.05 ޕޮއިންޓާއެކު ލައްޓި އިންނެވެ. އަދި 612.35 ޕޮއިންޓާ އެކު ތިންވަނަ ކާމިޔާބުކޮށްފާވަނީ ކުރިބިއަންސް ޓީމުންނެވެ. މީގެ އިތުރަށް، ޓީމް ލައްޓިގެ އާދަމް ހ...

އަޙްމަދު ވަހީދު
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޙިދުމަތް ފަށަން ގަތަރުގެ ކުންފުންޏަކަށް

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޙިދުމަތް ފަށަން ގަތަރުގެ ކުންފުންޏަކަށް

އިހަވަންދިއްޕޮޅުގައި ޕްލޭން ކުރެވިފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެސްޓީއޯއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގްއެވެ. މި ކަމުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކޮށްފައެވެ. މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އާބަކޮން ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކ...

އަޙްމަދު ވަހީދު
ހަނިމާދޫގައި އަނެއްކާވެސް ފުޓްސަލް ދަނޑެއް އަޅަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަނެއްކާވެސް ފުޓްސަލް ދަނޑެއް އަޅަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ. މި މަސައްކަތ...

އިބްރާހިމް ޚަލީލް
''ޤާސިމް-އަމީން'' މެނިފެސްޓޯ: ބޮޑު ތިލަދުންމައްޗަށް ގިނަ ވައުދުތަކެއް

''ޤާސިމް-އަމީން'' މެނިފެސްޓޯ: ބޮޑު ތިލަދުންމައްޗަށް ގިނަ ވައުދުތަކެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ ރޭ ލޯންޗުކޮށްފައިވާއިރު، އަހަރަކު 5 މިލިއަން ކޮންޓޭނާގެ ހިދުމަތް ދެވޭ ވަރަށް އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ތަރައްގީ ކުރުމާއެކު މުހިއްމު ވައުދުތަކެއް ބޮޑުތިލަދުންމަތީގެ ސަރަހައްދަށް ހިމަނައިފިއެވެ. ”ޤާސިމް-އަމީން 2023” މެނިފެސްޓޯ އެކުލަވާލާފައި ވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ. އޭގެތެރެއިން ”ސަރަހައްދީ ތަރައްގީ އާ ހަރުފަތަކަށް” މި އަސާސްގެ ދަށުން ރާއްޖޭގައި އިޤްތިޞ...

ޔުމްނާ ޢަލީ
ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަނީ

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަނީ

ހއ. ދިއްްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް ދޭން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ އެ ރަށުގައި ބަހުގެ ހިދުމަތް ފެށުމަށް ވަޒީފާތަކަށް މިހާރު އިއުލާންކޮށްފައެވެ. އެގޮތުން ހަ ބަސް ޑްރައިވަރުންނާއި ދެ މޭކޭނިކުން ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ. މިއީ މާލެ ސިޓީ އާއި އައްޑޫ، ފުވައްމުލަކު ސިޓީގެ އިތުރުން އާރުޓީއެލްގެ ބަހުގެ ހިދުމަތް ދޭން ފަށާނެ ފުރަތަމަ ރަށެވެ. ދިއްދޫގައި ހުޅުވާލި ފުރުސަތުގެ […]

އަޙްމަދު ވަހީދު
މަކުނުދޫ ހިމެނޭގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުން ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ހިމެނޭގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުން ހޯދަނީ

ހދ. މަކުނުދޫ ހިމެނޭގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދަން ހުޅުވައިލީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ، ވ. ފޮއްތެޔޮފަޅު އަދި ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އެޅުމުމަށެވެ. ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން،...

މުޙައްމަދު އަފްރާޙް
ކެލާ ޝައިޚް އިބްރާހީމް ސްކޫލުގެ ތިން ބުރީގެ އިމާރާތް އަޅަން ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާ ޝައިޚް އިބްރާހީމް ސްކޫލުގެ ތިން ބުރީގެ އިމާރާތް އަޅަން ހަވާލުކޮށްފި

ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލުގެ 03 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ހަވާކުކޮށްފައިވަނީ ވޭވްލެންތް ޕަރައިވެޓް ލިމިޓެޑާއެވެ. މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓާ ނައުޝާދު އިބްރާހީމް އެވެ. ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިސްމާއިލް ޖަލީލް އެވެ. އެޑިއުކޭޝަން މިނިސްޓް...

މުޙައްމަދު އަފްރާޙް