މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފުނަދޫގެ ރައްޔިތުންނަށް އާމުދަނީ ލިބޭ ގޮތަށް ފަރުކޮޅުފުށި ތަރައްގީކުރަނީ 📍 ށ. ފުނަދޫ

ފުނަދޫގެ ރައްޔިތުންނަށް އާމުދަނީ ލިބޭ ގޮތަށް ފަރުކޮޅުފުށި ތަރައްގީކުރަނީ

ށ. ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް އެއަތޮގައި އޮންނަ ފަރުކޮޅުފުށި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީއަށް ކުރެއްވެވި ކެމްޕެއިން ދަތުރުފުޅަށް ފަހު، ށ. އަތޮޅަށް ވަޑައިގެން ފުނަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުނަދޫގެ މަގުތައް ހަދައިދެއް...

މުޙައްމަދު އަފްރާޙް
ހޯރަފުށީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާއަށް 📍 ހއ. ދިއްދޫ

ހޯރަފުށީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާއަށް

ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހޯރަފުށީ ކުޅިފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 19-11 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ބާރަލާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބ...

އިބްރާހިމް ޚަލީލް
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ފައިނަލުގައި ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު 📍 ހއ. އިހަވަންދޫ

ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ފައިނަލުގައި ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލުން ޓީމް ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ކުޅިމަގާއި ޔުނައިޓެދް ޔޫތެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދީ ޔުނައިޓެޑް ޔޫތުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]

އިބްރާހިމް ޚަލީލް
މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު "ދަ ޑިމޮކްރެޓްސް" އަށް!

މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު "ދަ ޑިމޮކްރެޓްސް" އަށް!

އައްޑޫ ސިޓީ މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު ހާލިދާ މުހައްމަދު “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެ ޕާޓީ އަށް ސޮއި ކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގައި ރޭ ބޭއްވި ޖަލްސާގައެވެ. ހާލިދާ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވިދާޅުވީ މިއީ އެ ޕާޓީއަށް […]

މުޙައްމަދު އަފްރާޙް
އުމްރާއަށް ގޮސް އުޅުނު ދިއްދޫ މީހަކު ނިޔާވެއްޖެ 📍 ހއ. ދިއްދޫ

އުމްރާއަށް ގޮސް އުޅުނު ދިއްދޫ މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިހާރު އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އެރަށު ހިމާލިޔާ ފާތިމަތު ސޮބިއްޔާއެވެ. އޭނާ އަކީ އުމުރުން 43 އަހަރުގެ މީހެކެވެ. އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑާއެކު އުމްރާއަށް ގޮސް އުޅުނު ސޮބިއްޔާ އުމްރާއަށް ގޮސް އުޅުނީ ފިރިމީހާއާއި މަންމަ އާއެކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ގުރޫޕުގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިނެއްގައި ރިޕޯޓުކޮށްފައިވަނީ ސޮބިއްޔާ ނިޔާވީ މިއަދު 11:45 އެހާކަންހާއިރު ކަމަށެވެ. އަދި […]

މުޙައްމަދު އަފްރާޙް
ސެމީގައި ހަނިމާދޫއާއި ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު 📍 ހއ. އިހަވަންދޫ

ސެމީގައި ހަނިމާދޫއާއި ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު ވާދަކުރަން ޖެހިއްޖެއެވެ. މި މުބާރާތުގް ގްރޫޕް ސްޓޭޖް ހުރިހާ މެޗެއް އިއްޔެ ކުޅެ ނިމިފައިވާއިރު، ގްރޫޕް އޭގެ އެއްވަނަ ޔުނައިޓެޑް ޔޫތުން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް ލިބުނު 8 ޕޮއިންޓާއި އެކުގައެވެ. މި […]

އިބްރާހިމް ޚަލީލް
މާރަންދޫ ރައީސް ޖައިލަމް، ނާޒިމަށް ތާއީދުކޮށް އެމްއެންޕީއާ ގުޅިއްޖެ 📍 ހއ. މާރަންދޫ

މާރަންދޫ ރައީސް ޖައިލަމް، ނާޒިމަށް ތާއީދުކޮށް އެމްއެންޕީއާ ގުޅިއްޖެ

ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ. ޖައިލަމް އެމްއެންޕީއަށް ސޮއި ކުރައްވައި، ފޯމު ހަވާލުކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އާއެވެ. އެމްއެންޕީން ވަނީ، މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅުމުން ހޫނު މަރުހަބާއެއް...

ޔުމްނާ ޢަލީ
އިހަވަންދޫ ބިން ހިއްކައި ނިންމާލުމަށްފަހު، ޑްރެޖަރު ކޮމަންޑޫ ބިން ހިއްކަން! 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބިން ހިއްކައި ނިންމާލުމަށްފަހު، ޑްރެޖަރު ކޮމަންޑޫ ބިން ހިއްކަން!

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއްވެސް ސައިޓަށް ގެންދެވި އަންލޯޑް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ 75 އިންސައްތަ ނިމިފައިވާ ކ...

އަޙްމަދު ވަހީދު
"ތިލައުތުރު ފުޓްސަލް މުބާރާތް 2023" ނޮވެމްބަރ ތިންވަނަ ދުވަހު ފަށަން ތާވަލުކޮށްފި

"ތިލައުތުރު ފުޓްސަލް މުބާރާތް 2023" ނޮވެމްބަރ ތިންވަނަ ދުވަހު ފަށަން ތާވަލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށަން ތާވަލުކޮށް މުބާރާތް ހޯސްޓް ކުރާނެ ރަށްތައް ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިއީ އެ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެކެވެ. ހއ.އަތޮޅު ކައުންސިލުން އިންތިޒ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ހޭންޑްބޯޅަ މުބާރާތް، ޗެމްޕިއަން ބާވީހުން ފެށީ މޮޅަކުން 📍 ހއ. ހޯރަފުށި

ހޯރަފުށީ ހޭންޑްބޯޅަ މުބާރާތް، ޗެމްޕިއަން ބާވީހުން ފެށީ މޮޅަކުން

ހއ. ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާވީސް ސްޕޯޓްސް ކުލަބުން ހޯރަފުށީ ޕޮލިސް ކްލަބް ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ބާވީސް ސްޕޯޓްސް ކުލަބާއި ހޯރަފުށީ ޕޮލިހެވެ. މި މެޗު 21-09 އިން ކާމިޔާބު ކުރީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ފެންސްޖަހައި ދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ފެންސްޖަހައި ދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. މި އަންދާސީ ހިސާބާއި ގުޅިގެން އެސްވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިއިލް ކުރެއ...

އިބްރާހިމް ޚަލީލް
ދިއްދޫގައި ނާސިން ކޯހެއް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ނާސިން ކޯހެއް ފަށަނީ

ހއ. ދިއްދޫ ގައި ފައުންޑޭޝަން އިން ނާސިން ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލު އިދާރާ އިން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، އެކައުންސިލްގެ އެހީތެރިކަމާއެކު ވިލާ ކޮލެޖުން ސެޓްފިކެޓް 4 އިން ނާސިން ކޯހެއް އެރަށުގައި ގެންދަން ނިންމާފައިވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހު އެވެ. މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ދިވެހި އަދި އިސްލާމް މާއްދާ...

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރު ކަނބަލުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓާފް ކުއީންއަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކަނބަލުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓާފް ކުއީންއަށް

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޓާފް ކުއީން އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ނޮޅިވަރަންފަރު ޓާފް ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ޓާފް ކުއީންއާއި އަމާޒް އެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ޓާފް ކްއީން ވަނީ ޗެމްޕިއަންކަން […]

އިބްރާހިމް ޚަލީލް
ޓީމް ހަނިމާދޫއާއި ކުޅިމަގު ސެމީއަށް 📍 ހއ. އިހަވަންދޫ

ޓީމް ހަނިމާދޫއާއި ކުޅިމަގު ސެމީއަށް

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން ޓީމް ހަނިމާދޫއާއި އިހަވަންދޫ ކުޅިމަގު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގައި މިއަދު ހަވީރު ގްރޫޕް ބީގެ ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ސެންސިޓީއާއި މަނަފަރެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ސެންސިޓީއެވެ. މި މެޗުގެ އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ހަސަން ސަމީރު، އަހްމަދު ޒާހިދު، ހަސަން ޒަހުވާންގެ […]

އިބްރާހިމް ޚަލީލް
އެންވީކޭއާއި ޔުނައިޓެޑް ޔޫތު އެއްވަރުވުމުން ސެމީގެ ފުރަތަމަ ޖާގަ ނައިވާދޫއަށް 📍 ހއ. އިހަވަންދޫ

އެންވީކޭއާއި ޔުނައިޓެޑް ޔޫތު އެއްވަރުވުމުން ސެމީގެ ފުރަތަމަ ޖާގަ ނައިވާދޫއަށް

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި އެންވީކޭއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވުމުން އެ ގްރޫޕުން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ނައިވާދޫއަށް ކަށަވަރު ވެއްޖެއެވެ. މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބޮޑުމަގާއި ކުލަބް އިރަމާއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބޮޑުމަގުންނެވެ. މިއީ މުބާރާތުގައި ބޮޑުމަގު ޓީމުން ހޯދި […]

އިބްރާހިމް ޚަލީލް