މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އުލިގަމު ބަނދަރު ތަރައްގީ ކޮށްދޭނީ ޔޮޓްތައް ކައިރިކުރެވޭ ގޮތަށް: ރައީސް

އުލިގަމު ބަނދަރު ތަރައްގީ ކޮށްދޭނީ ޔޮޓްތައް ކައިރިކުރެވޭ ގޮތަށް: ރައީސް

ހއ. އުލިގަމު ބަނދަރު ތަރައްގީ ކޮށްދޭނީ ޔޮޓްތައް ކައިރިކުރެވޭ ގޮތަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ެކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ، ޔޮޓު ފަހަރު ކައިރި ކުރެވޭނެ ގޮތަށް އެ ރަށު ބަނދަރު...

މުޙައްމަދު އަފްރާޙް
އިހަވަންދޫ މަސްގަންނަ މަރުކަޒުގެ މަސައްކަތް ފަށައި، މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް ހަވާލު ކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ މަސްގަންނަ މަރުކަޒުގެ މަސައްކަތް ފަށައި، މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް ހަވާލު ކުރަނީ

ހއ. އިހަވަންދޫ މަސްގަންނަ މަރުކަޒުގެ މަސައްކަތް ފަށައި، މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް ހަވާލު ކުރަން ނިންމައިފިއެވެ. އިހަވަންދޫގެ އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ބުދަދުވަހުގެރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިހަވަންދޫ އަކީ މަސްވެރި ރަށެއް ކަމަށާއި އެއީ މާލެއިން އުތުރުގައި މަސްވެރިކަން ކުރާ އުޅަނދުތައް އެންމެ ގިނަ ރަށް ކަމަށެވެ. އިހަވަންދޫގެ މަސް މަރުކަޒުގެ މަސައްކަތް ލަސްވީ އެ ރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާތީކަން ހާމަކުރައްވައި ރައީސް ވިދާލުވީ މަސް ގަންނަ މަ...

މުޙައްމަދު އަފްރާޙް
📍 ހއ. ތުރާކުނު

ތުރާކުނު ރައްޔިތުންގެ ބޭނުމަށް ވަނގާރު ދެނީ

ހއ. ތުރާކުނު ރައްޔިތުންގެ ބޭނުމަށް ވަނގާރު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ ކެމްޕެއިނަށް ހއ. އަތޮޅުގެ ބައެއް ރަަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސާލިހު ވިދާޅުވި ތުރާކުނާ އެއް ފަޅެއްގައި އޮންނަ ވަނގާރު، ޓޫރިޒަމަށް ނުނަގައި ތުރާކުނު ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމަނާނެ ކަމަށެވެ. “ޓޫރިޒަމް ތަރައްގީ ކުރުމަށް އަ...

މުޙައްމަދު އަފްރާޙް
އިހަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫޢުއެއް އިފްތިތާޙްކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫޢުއެއް އިފްތިތާޙްކޮށްފި

ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ހަތަރު މަޝްރޫޢުއެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢުތައް އިފްތިތާޙްކޮށް ދެއްވީ ރައީސް އިބްްރާޙީމް މުޙައްމަދު ޞާލިޙް އިއްޔެ ހއ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެތެރެއިން އެމަނިކުފާނެވެ. މިގޮތުން ރައީސް ޞާލިޙް ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ހުޅުއްވައިދެއްވި އިހ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ކަނބަލުންގެ ފުޓްސަލް މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކަނބަލުންގެ ފުޓްސަލް މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބާއްވާ ފުޓްސަލް މުބާރާތް މި މަހު 20 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އަމާޒް، ހަބޭސް އެފްސީ، ޓާފް ކުއީންގެ އިތުރުން ޔަންގް ސްޓާއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް […]

އިބްރާހިމް ޚަލީލް
މޮޅަދޫ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް ހުޅުވައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް ހުޅުވައިފި

ހއ. މޮޅަދޫ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް މިއަދު ހުޅުވައިފިއެވެ. މިތަންތަން ހުޅުއްވައި ދެއްވީ ރައީސް އިބްްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހއ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެތެރެއިން އެމަނިކުފާނެވެ. މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި ބަނދަރު ރައީސް ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެވެ. މި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ. ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެރަށު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއް...

ޔުމްނާ ޢަލީ
ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކު ހުޅުވައިފި 📍 ހއ. ތުރާކުނު

ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ހއ. ތުރާކުނު ފުޓުބޯޅަ ދަނޑާއި، އެރަށު ކުޑަކުދިންގެ ޕާކު “އުތުރުވެހި” މިއަދު ހުޅުވައިފިއެވެ. މި ތަންތަން ހުޅުއްވައިދެއްވީ މިހާރު ހއ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިއީ ސަރުކާރުން މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ. ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރ...

ޔުމްނާ ޢަލީ
ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން ރައީސަށް ސެލިއުޓް ކުރޭ: ވައްޑޭ 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން ރައީސަށް ސެލިއުޓް ކުރޭ: ވައްޑޭ

ތިލަންދުންމަތީ އުތުރުބުރި ހޯރަފުއްޓަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ސެލިއުޓް ކުރާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސާލިހު، ހއ. އަތޮޅުގެ ބައެއް ރަަށްރަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވައްޑޭ ވިދާޅުވީ މުޅި ރާއްޖެއަށް ވ...

މުޙައްމަދު އަފްރާޙް
ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން: ރައީސް 📍 ހއ. ހޯރަފުށި

ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން: ރައީސް

ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކިފާނު މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ތަރައްގީ އަކީ އަބަދު ވެސް މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށާއި ހޯރަފުށި މީގެ ކުރިން އޮތީ ކިރިޔާ ދިރިއުޅެނ...

މުޙައްމަދު އަފްރާޙް
ހއ. އަތޮޅު ކައުންސިލުން ޒުވާން މަސްވެރިޔާގެ އަގު ވަޒަންކޮށްފި

ހއ. އަތޮޅު ކައުންސިލުން ޒުވާން މަސްވެރިޔާގެ އަގު ވަޒަންކޮށްފި

ހއ. އަތޮޅުގެ ކައުންސިލުން، ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)ގެ އަގު ވަޒަންކޮށްފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ޒުވާން މަސްވެރިޔާ، ހއ. އަތޮޅަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ކައުންސިލުން އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި، ޒުވާން މަސްވެރިޔާ ހއ. އަތޮޅުގެ މަސްވެރިކަމާއި މާއްދީ އަދި މަޢުނަވީ ތަރިކަ ޕޮރޮމޯޓް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަންކޮށް ހއ. އަތޮޅު ކައުންސިލުން ވަނީ އޭނާ [...

ޔުމްނާ ޢަލީ
ނަރުދޫގައި ބޭއްވި ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި 📍 ށ. ނަރުދޫ

ނަރުދޫގައި ބޭއްވި ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ށ. ނަރުދޫގައި ބޭއްވި ފަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ށ. އަތޮޅު ކައުންސިލާއި ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ޖޫން ދިހަވަނަ ދުވަހުން ފެށިގެން އަށާރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެ ރަށުގެ 24 ކަނބަލަކު ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ […]

އިބްރާހިމް ޚަލީލް
ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ހއ. އަތޮޅަށް

ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ހއ. އަތޮޅަށް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، ދިވެހިރައްޔތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސްގެ މި ދަތުރުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން މިއަދު ވަޑައިގަތުމަށް ނިންމަވާފައިވަނީ ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ އަދި އިހަވަންދުއަށެވެ. އަދި މާރަންދޫ، ތަ...

މުޙައްމަދު އަފްރާޙް
ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް 📍 ށ. ޅައިމަގު

ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް

ށ. ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އަދި އެގްރޯނެޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިކަމާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ޅައިމަގު އެސިސްޓެންޑް ކައުންސިލް އެގްޒެކެޓިވް އަހްމަދު ޝިނާން ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށްދާނީ މިޖުލައި މަހުގެ 22 ން ފެށިގެން 27 ގެ ނިޔަލަށް ކަމަށެވެ. އަދި މިއީ އެއްވެސް ފީ އެއް ނެގުމަކާއި ނުލާ ކުރިއަށް...

މުޙައްމަދު އަފްރާޙް
ހއ. ގެ 4 ރަށެއްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ގެ 4 ރަށެއްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވ...

އަޙްމަދު ވަހީދު
ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމަށް ވާ ތައްޔާރީގެ ތެރޭގައި ހިމެނޭ އެ ރަށު ޑްރައިވިން ޓްރެކް އެޅުމުގެ މަސްއްކަތް ނިންމަން ހަވާލުކޮށްފިއެވެ. އެ ޓްރެކުގެ އަމަލީ މަސައްކަތް ނިންމަން ހަނިމާދޫ ކައުންސިލުން ވަނީ މިއަދު މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައެވެ. މި ޓްރެކް އަޅަން ކައުންސިލުން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ފެނަކަ އިމާރާތާއި ދެމެދުގައި އޮތް ހުސް ބިމުގައެވެ. ހަނިމާދޫގައި އަޅާ ޑްރައިވިން ޓްރެކާއި ގުޅޭގޮތުން މި...

އިބްރާހިމް ޚަލީލް