ހއ. ތުރާކުނު ފުޓުބޯޅަ ދަނޑާއި، އެރަށު ކުޑަކުދިންގެ ޕާކު "އުތުރުވެހި" މިއަދު ހުޅުވައިފިއެވެ.
މި ތަންތަން ހުޅުއްވައިދެއްވީ މިހާރު ހއ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ.
ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިއީ ސަރުކާރުން މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.
ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފައެވެ.
ރައީސްގެ މިއަދުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ހއ. ހޯރަފުއްޓަށެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރިޔާސީ ކެމްޕޭނަށް ފައްޓަވާފައިވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!