ހދ. ކުޅުދުއްފުށި ސިޓީގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މިއީ 2023 ވަނަ އަހަރުގެ ނޭޝަނަލް ޖޫނިޔާ އެތްލެޓިކްސް ޗެމްޕިއަންޝިޕް އެ ސިޓީގައި ބާއްވާތީ އެއްކުރާ މައުލޫމާތު ކަމަށެވެ.
އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށް މި ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވާތީ، މި މުއްދަތުގައި އެ ސިޓީއިން ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިތަކުގެ މައުލޫމާތު އެއްކުރުމަށް ބޭނުންވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
މީގެތެރޭގައި ހަމައެކަނި މުބާރާތުގެ މުއްދަތަށް ހާއްސަކޮށްގެން ގޭގެއިން ކޮޓަރި ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ވެސް ހޯދުމަށް ބޭނުންވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
ވީމާ މުބާރާތް ކުރިއަށްދާ ދުވަސްތަކުގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓް ހައުސްގެ މައުލޫމާތު ސެޕްޓެންބަރ 27 ވާ ބުދަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މި މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން http://tiny.cc/athleticsrentrooms ލިންކު މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމަށް ވަނީއެދިފައެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ ރަސްމީ ގަޑީގައި 6527131 އަށް ގުޅުއްވުމަށް އެދިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!