ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ދިއްދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ އާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުالله ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.
ދިއްދޫއަކީ 4،186 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލައެވެ. މި މަޝްރޫއާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މި މަޝްރޫއުގެ ދަށުން، 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއި 623,968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަހައްދުގެ ބިން ހިއްކުމާއި 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނުމާއި 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 83.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!