ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން އެ އިދާރާގެ އަލިފާން ނިއްވާ ޓީމުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެ ދޯނި މިހާރުވަނީ ތިލަފުށި ފަޅުތެރެއިން ނެރަފައި ކަމަށާއި އެ ދޯނީގައި ތިބި މީހުންނަށް އަނިޔާއެއް ލިބިފައިވާކަން މިހާތަނަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.
އިތުރު މައުލޫމާތެއް އަދިހާމަނުކުރެއްވިޔަސް އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގިގޮތް ބަލަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!