މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން ޢިއުލާންކޮށްފައި ވަނީ 1 ފެބްރުއަރީ 2025 ގައެވެ. ހދ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަތު...

ޔުމްނާ ޢަލީ
އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ 📍 ހދ. ހިރިމަރަދޫ

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ހއ. އުތީމަށް ވަޑައިގެންނެވުމަށްފަހު މެންދުރުފަހު ރައީސް ވަނީ ހދ. އަތޮޅު ދަތުރުފުޅު ފައްޓަވާފައެވެ. މި ދަތުރުފުޅުގައި ފުތަރަމަ މަންޒިލެއް ގޮތުގައި ރައީސް ވަޑައިގަތީ ހިރިމަރަދޫ އަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަ...

ޔުމްނާ ޢަލީ
ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް 📍 ހއ. ކެލާ

ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 9 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި ބޭފުޅުންނަށާއި ކުންފުންޏަށް މި އިނާމް ދެއްވާފައި ވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަ...

ޔުމްނާ ޢަލީ
އުތީމު ''އޮނުހިޔާ'' ހުޅުވައިފި 📍 ހއ. އުތީމު

އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، ”އޮނުހިޔާ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި...

ޔުމްނާ ޢަލީ
ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން 📍 ހއ. އުތީމު

ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން

ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލި ޝަރަފް (ނ.ދ.ޝ.ޢ)ގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފިއެވެ. މި ޝަރަފްއާދަމްއަބުދުއްރަޙްމާނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އާދަމްއަބުދުއްރަޙްމާނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޝަރަފާއި ހަވާލުވެލެއްވީ އާދަމް އަބުދުއްރަޙްމާނެވެ. އާދަމް އަބުދުއްރަޙްމާނަކީ ހއ.އަތޮޅުވެރިކަމާއި، އަތޮޅުތެރޭ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަމާއ...

ޔުމްނާ ޢަލީ
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި 📍 ހއ. އުތީމު

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ. މި ޝަރަފް އުތީމު ރައްޔިތުންނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އުތީމަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އުތީމުގެ ފަރާތުން އެ ޝަރަފްގެ އައްޑަނަ އާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މިޖަލްސާގައި އުތީމު ރައްޔިތުން އުތީމު ގަނޑުވަރު […]

ޔުމްނާ ޢަލީ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން އެރަށު ބަނދަރުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އުތީމަށް ވަޑައިގެން ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ (އުތީމު ގޭޓު) އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފ...

ޔުމްނާ ޢަލީ
އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް 📍 ހއ. އުތީމު

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް

ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ “ބާޒު” ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ. މ...

ޙުސައިން ޝަހުދީ
ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!

ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!

މިހުންނެވީ ދިވެހި އުންމަތުގެ ޚާލިދު ބުން ވަލީދެވެ. މިއީ ދިވެހި ޤައުމުގެ ޞަލާޙުއްދީނުލް އައްޔޫބީއެވެ. މިއީ ދިވެހި ޖަޒީރާގެ ޠާރިޤު ބިން ޒިޔާދެވެ. ދިވެހިރާއްޖޭގެ ބޮޑުގަނޑުވަރުގައި ތައުޙީދުގެ ވޮށް ދިއްލީއްސުރެ، ދިވެހި ތާރީޚުގެ އެންމެ އަގުހުރި ސަފުހާ ލިޔުއްވި ދިވެއްސެވެ. ތިލަދުންމަތީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބު ތަކުރުފާނެވެ. މިއީ ދިވެހިރާއްޖޭގެ ބޮޑުތަކުރުފާނެވެ. އަލިރަސްގެފާނު ޝަހީދުކޮށް، ނަޞާރާ ޕޯޗުގީޒުން ދިވެހިރާއްޖެ ހިފީ ހިޖުރައިން 965 ވަނަ އ...

އަޙްމަދު ސާލިމް
ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް 📍 ހދ. ކުޅުދުއްފުށި

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ކަނޑިތީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަނޑިތީމުން ކުރި ހޯދާފައި ވަނީ 7-6 ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

އިބްރާހިމް ޚަލީލް
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް 📍 ހއ. އުތީމު

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި  އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑު...

ޔުމްނާ ޢަލީ
ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި 📍 ހއ. ކެލާ

ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި

ހއ. ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް ކެލާ ކައުންސިލުން އާންމުކޮށްފިއެވެ. މިއީ ކެލާއިން ދަނޑުވެރިކަމަށް ބިން ދޫކުރާ ތިން ވަނަ ބުރެވެ. މި މުބުރުގައި ދޫކުރާ ބިންތަަކަށް ކުރިމަތިލުމަށް ކައުންސިލުން ހުޅުވާލީ 6 އޮގަސްޓު 2025 ގައެވެ. މިގޮތުން ކެލާ ދެކުނުކޮޅު އަދި ތޮށިމަތި ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ތިން ވަނަ ބުރުގައި ދަނޑުބިމަށް އެދި ފޯމު ލުމަށް ހުޅުވާލި ފުރުސަތުގައި ފޯމުލާފައިވާ ފަރާތްތަކުގެ ލިސްޓް ކެލާ […]

ޔުމްނާ ޢަލީ
ފެން ޕްލާންޓުގެ ސްޓޯރޭޖް ޓޭންކު ހުސްވެއްޖެނަމަ ވަގުތީގޮތުން ފެން މެދުކަނޑާލަން ޖެހޭނެ: ހަނިމާދޫ ފެނަކަ 📍 ހދ. ހަނިމާދޫ

ފެން ޕްލާންޓުގެ ސްޓޯރޭޖް ޓޭންކު ހުސްވެއްޖެނަމަ ވަގުތީގޮތުން ފެން މެދުކަނޑާލަން ޖެހޭނެ: ހަނިމާދޫ ފެނަކަ

ހދ. ހަނިމާދޫ ފެން ޕުލާޓުގެ ސްޓޯރު ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހޭނެ ކަމަށް ހަނިމާދޫ ފެނަކަ ބުރާންޗުން މިއަދު ބުނެފިއެވެ. އެ ބުރާންޗުގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ހަނިމާދޫ ބުރާންޗްގައި ފެނުގެ ޙިދުމަތް ފޯރުކޮއްދިނުމަށް ބޭނުންކުރަމުންދާ ފެން ޕުލާޓުން ފެން އުފައްދާ ވަރަށްވުރެން ގިނައިން ބޭނުން ކުއަންނަކަމަށެވެ. އެހެންވެ ސްޓޯރު ޓޭންކު ހުސްވާތީ ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެ...

ޔުމްނާ ޢަލީ
މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި

ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލަށް ގޮނޑި ހަދިޔާކޮށްފިއެވެ. މި ގޮނޑިތަކަކީ އެ ސްކޫލްގެ ހޯލްގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ގޮނޑިތަކެކެވެ. މިލަންދޫ ކައުންސިލުން ވަނީ 500 ގޮނޑި ސްކޫލަށް ހަދިޔާކޮށްފައެވެ. މިލަންދޫ ސްކޫލުން ވަނީ މި އެހީތެރިކަމަށްޓަކައި މިލަންދޫ ސްކޫލަށް ޝުކުރު އަދާކޮށްފައެވެ. ”މި ފުރުޞަތުގައި މިލަންދޫ ސްކޫލާއިމެދު މިލަންދޫ ކައުންސިލުން ބާއްވާ ގާތްކަމާއި، މިލަންދޫ ސްކޫލުގެ ކުރިއެރުމަށް މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއ...

ޔުމްނާ ޢަލީ
ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު 📍 ހއ. އުތީމު

ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު

ސަރުކާރުން މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ފާހަގަކޮށް، އެ ރަށުގައި ގައުމީ ޖަލްސާ ބާއްވައި އެ ޖަލްސާގައި ގައުމީ އިނާމު ދިނުމަށް ނިންމާފައިވާއިރު، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރެވެ. ޖެހިޖެހިގެން ދެ އަހަރު އުތީމުގައި ރަސްމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާއިރު، ގައުމީ ދުވަހަށް އެ ރަށުގައި އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. ގައުމީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަ...

އިބްރާހިމް ޚަލީލް