މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ހަނިމާދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިންނެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. ހަނިމާދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މި ފުލ...

ޔުމްނާ ޢަލީ
ހަނިމާދޫގައި އަޅާ ހޮސްޕިޓަލްގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަޅާ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރާ ހޮސްޕިޓަލްގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ. ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރާ ހޮސްޕިޓަލްގެ ބިންގާ އަޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ  ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މި ހޮސްޕިޓަލް...

ޔުމްނާ ޢަލީ
ހަނިމާދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ހަނިމާދޫއިން އޭޓީއެމްގެ ޚިދުމަތް ލިބެމުން އަންނަތާ ދުވަސްތަކެއް ވެފައިވީނަމަވެސް، އެ އޭޓީއެމް ބަހައްޓާފައި ހުންނަނީ އެއާޕޯޓް ސަރަހައްދުގައެވެ. ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ...

ޔުމްނާ ޢަލީ
ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަތާރު ހަސަނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑ...

ޔުމްނާ ޢަލީ
ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަނީ

ހދ. ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. 1993 ވަނަ އަހަރުން ފެށިގެން 2016 އާއި ހަމައަށް ހަނިމާދޫގައި ތައުލީމް ފޯރުކޮށްދިން ސްކޫލް މިހާރު […]

ޔުމްނާ ޢަލީ
ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ނިމުމުގެ ކުރިން ޑަޔަލިސިސްގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނިމާދޫގައި އަޅަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެކަން ފާހަގަކުރަށްވ...

ޔުމްނާ ޢަލީ
ހަނިމާދޫގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކޮށްގެން ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކޮށްގެން ފަށަނީ

ހދ. ހަނިމާދޫ ގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަންނަ މަހު ހަވާލުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ހަނިމާދޫގެ ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން ވި...

ޔުމްނާ ޢަލީ
ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ 📍 ހދ. ފިނޭ

ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ

އަންނަ 2026 އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފިނޭ ސްކޫލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ އެދުމަކީ ސްކޫލް ރީ-ލޮކޭޓްކުރުން ކަމަށާއި، މިއީ އަދި ސަރުކާރުން...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓު ނޮވެމްބަރުގައި ހުޅުވުމަކީ އަމާޒު، ބޭރަށް ފުރާ މީހުންނަށް ޑޮލަރު ގަނެވޭނެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ނޮވެމްބަރުގައި ހުޅުވުމަކީ އަމާޒު، ބޭރަށް ފުރާ މީހުންނަށް ޑޮލަރު ގަނެވޭނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ލަސްވެގެން އަންނަ ނޮވެމްބަރާއި ހަމައަށް ނިންމައި، ނޮވެމްބަރުމަހު އެއާޕޯޓް ފުރިހަމައަށް ބޭނުންކުރެވޭގޮތް ހެދުމަކީ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ހަނިމާދޫގައި އެނ...

ޔުމްނާ ޢަލީ
ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. ހަނިމާދޫ ސްކޫލްގައި އައު އިމާރާތެއް އަޅައި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު ހދ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެވެ. އެޑިޔުކޭޝަންގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓ...

ޔުމްނާ ޢަލީ
ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ފިނޭ

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިރޭ  އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ފިނޭ ކައުންސިލްގެ ރައީސް އަދުނާން ޢަބުދުﷲ އެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ. ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި […]

ޔުމްނާ ޢަލީ
ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. ފިނޭ

ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ފިނޭގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއ...

ޔުމްނާ ޢަލީ
ފިނޭގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ފިނޭ

ފިނޭގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ފިނޭގައި އޭޓީއެމްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ބީއެމްއެލުން ބުނިގޮތުގައި ފިނޭގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާ...

ޔުމްނާ ޢަލީ
ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް 📍 ހދ. ފިނޭ

ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް

ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދުނު ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފިނޭ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފިނޭގައި މިވަގުތު...

ޔުމްނާ ޢަލީ
ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ 📍 ހދ. ހިރިމަރަދޫ

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ހިރިމަރަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށު ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށެވެ. އަދި ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގޯއްޗެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ރަ...

ޔުމްނާ ޢަލީ