ރައީސް ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.
ރައީސް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ހއ. އުތީމަށް ވަޑައިގެންނެވުމަށްފަހު މެންދުރުފަހު ރައީސް ވަނީ ހދ. އަތޮޅު ދަތުރުފުޅު ފައްޓަވާފައެވެ.
މި ދަތުރުފުޅުގައި ފުތަރަމަ މަންޒިލެއް ގޮތުގައި ރައީސް ވަޑައިގަތީ ހިރިމަރަދޫ އަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވުމުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވެސްރައީސް ވަޑައިގަންނަވާނެއެވެ.
ހދ. އަތޮޅުގައި މީހުން އުޅޭ ރަށްތަކަކީ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި ސިޓީ، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!