Skip to main content
Topic Archive

#ހދ ހިރިމަރަދޫ

54 Stories filed
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ އާ ގުޅޭ މައްސަލަ އެޗްއާރްސީއެމުން ބަލަނީ
Thiladhunmathi News

އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ އާ ގުޅޭ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ހދ. ހިރިމަރަދޫއާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފިއެވެ. އެޗްއާރްސީއެމުން ބުނީ އެމްޑީޕީގެ ފަރާތުން ހުށަހެޅި މައްސަލަ މިހާރު ރަޖިސްޓްރީކޮށް، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަ ހުށަހެޅުއްވުމަށްފަހު މިދިޔަ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން […]

ހިރިމަރަދޫ އާ ގުޅޭ މައްސަލައެއް އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހަޅައިފި
Thiladhunmathi News

ހިރިމަރަދޫ އާ ގުޅޭ މައްސަލައެއް އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހަޅައިފި

ހދ. ހިރިމަރަދޫ އާއި ގުޅޭ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ ރައްޔިތުންގެ ހާލަތު ބެލުމަށްޓަކައި ‘ފެކްޓް ފައިންޑިން’ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުން ފާހަގަވި ކަންކަމާއި ހޯދުންތައް މިހާރު އެޗްއާރްސީއެމާ ހިއްސާކޮށްފައިވާ...

ހިރިމަރަދޫ އިން ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ ލިސްޓު އާންމުކޮށްފި
Thiladhunmathi News

ހިރިމަރަދޫ އިން ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ ލިސްޓު އާންމުކޮށްފި

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ރަށުން ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ ތަފްސީލީ ލިސްޓު ހަނިމާދޫ ކައުންސިލުން އިއްޔެ އާންމުކޮށްފިއެވެ. ހިރިމަރަދޫ ކައުންސިލް 17 މޭ 2026 ގައި އުވާލުމާ ގުޅިގެން، އެ ރަށުގެ އިދާރީ މަސައްކަތްތައް މިހާރު ބަލަހައްޓަމުން ގެންދަނީ ހަނިމާދޫ ކައުންސިލުންނެވެ. ހިރިމަރަދޫގެ ކުރީގެ ކައުންސިލް އިދާރާ މިހާރު ހިންގަމުން އަންނަނީ ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހެއްގެ ގޮތުގައެވެ. ހަނިމާދޫ ކައުންސިލުން ހާމަކުރި ގޮތުގައ...

ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ދައުވަތު
Thiladhunmathi News

ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ދައުވަތު

ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ރަށު ކައުންސިލުން ދައުވަތު ދީފައިވާތީ، އެކަމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ހިރިމަރަދޫ ކައުންސިލް އުވާލައި، އެ ކައުންސިލްގެ ޒިންމާތަކާ މިވަގުތު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ރަސްމީ ދައުވަތެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ހޯރަފުއްޓަށް...

ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ގްރާންޓާއެކު: އެލްޖީއޭ
Thiladhunmathi News

ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ގްރާންޓާއެކު: އެލްޖީއޭ

ހދ. ހަނިމާދޫ ކައުންސިލަށް އަންނަ ޖުލައި މަހު ގްރާންޓު ދޫކުރާއިރު، އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާފައިވާ ގްރާންޓުވެސް ދޫކުރާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. މިގޮތަށް ނިންމާފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމާ ގުޅިގެން، ހިރިމަރަދޫގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުވެފައިވާތީއެވެ. ހަނިމާދޫ ކައުންސިލުން އާދީއްތަ ދުވަހު ވަނީ ހިރިމަރަދޫގެ މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ...

ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހިރިމަރަދޫ އަށް ޖޫން މަހު ކުރި ޚަރަދުތައް އާންމުކޮށްފި
Thiladhunmathi News

ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހިރިމަރަދޫ އަށް ޖޫން މަހު ކުރި ޚަރަދުތައް އާންމުކޮށްފި

ހދ. އަތޮޅު ކައުންސިލަށް ދީފައިވާ ބަޖެޓުން، ހަނިމާދޫއާ އިދާރީގޮތުން ހިންގުން އެއްކޮށްލާފައިވާ ހިރިމަރަދޫގެ ކަންކަމަށް ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ކުރި ޚަރަދުތަކުގެ ތަފްސީލު އެ ކައުންސިލުން އާންމުކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ހިރިމަރަދޫ އަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހަނިމާދޫ އަވަށު އޮފީހުގެ ނަމުގައި ހިރިމަރަދޫއަށް ކުރި ޚަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސަ...

ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އިދާރާތައް އުވާލައިފި
Thiladhunmathi News

ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އިދާރާތައް އުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެކައުންސިލްތަކުގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި މިކަން ހާމަކޮށްފައިވާއިރު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިކަން އެ ދެންނެވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމު...

ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލާގައި ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދުދީފައި: ފުލުހުން
Thiladhunmathi News

ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލާގައި ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދުދީފައި: ފުލުހުން

ހދ. ހަނިމާދޫ ބިމެއް ސާފުކުރަމުން ދާތީ އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލައިގައި ޖިނާއީ ކުށެއް އެކުލެވިގެން ނުވާކަމަށާއި އެހެންވެ އެކަން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. އެ ބިމަކީ ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރުމަށް ހިރިމަރަދޫ މީހުންނަށް ގޯތިދީ، ގެ އެޅުމަށް ސާފުކުރަމުންދާ ބިމެކެވެ. އެ ބިން ސާފުކުރަމުންދާ މަންޒަރުފެންނަ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކުރަމުން ހަނިމާ...

''ފުރަތަމަ ހަނިމާދޫ'' ނަމުގައި ސައިކަލް ބުރެއް ބާއްވައިފި
Thiladhunmathi News

''ފުރަތަމަ ހަނިމާދޫ'' ނަމުގައި ސައިކަލް ބުރެއް ބާއްވައިފި

”ފުރަތަމަ ހަނިމާދޫ” ނަމުގައި ހދ. ހަނިމާދޫ ސައިކަލް ބުރެއް މިއަދު ބާއްވައިފިއެވެ. މި ސައިކަލް ބުރުގެ ބައިވެރިއަކު ބުނީ މިއީ، ހަނިމާދޫގެ ބިން ބޭނުންކުރުމަށް ހަނިމާދޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ގޮވައިލާ ބޭއްވި ސައިކަލް ބުރެއްކަމަށެވެ. އޭނާ ބުނިގޮތުގައި އެރަށުގައި ގޯތި ދިނުމަށް ލޭންޑް ޔޫޒް ޕްލޭނުގައި މިހާރު ކަނޑައަޅާފައިވާ ތަނުން ދެވެނީ 200 ވަރަކަށް ގޯތި ކަމަށާއި، އެ ގޯތިތައް އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް (ހދ. ހިރިމަރަދޫ) ދޭން ނިންމާފައިވާތީ، ފުރަތަމަ ހަނިމާދޫގެ ރައްޔިތުންނަށް […]

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް
Thiladhunmathi News

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް

ހދ. ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވާފައިވުމާއެކު، ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް އަރައިފިއެވެ. ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙުކުރަށްވައި ނެރުއްވީ 30 ޑިސެމްބަރު 2025 ގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު […]

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް
Thiladhunmathi News

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙު ކުރައްވައިފިއެވެ. މި ނިންމެވުމަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަ...

24 އޯގަސްޓްގެ ނިޔަލަށް ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ
Thiladhunmathi News

24 އޯގަސްޓްގެ ނިޔަލަށް ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ

24 އޯގަސްޓް 2025 ގެ ނިޔަލަށް ހދ. ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް އެ އަތޮޅު ހަނިމާދޫން ގޯތި ލިބޭނެ ކަމަށާއި، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. ހަނިމާދު އަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަ...

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ
Raajje

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ހިރިމަރަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށު ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށެވެ. އަދި ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގޯއްޗެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ރަ...

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް
Thiladhunmathi News

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން ޢިއުލާންކޮށްފައި ވަނީ 1 ފެބްރުއަރީ 2025 ގައެވެ. ހދ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަތު...

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ
Raajje

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ހއ. އުތީމަށް ވަޑައިގެންނެވުމަށްފަހު މެންދުރުފަހު ރައީސް ވަނީ ހދ. އަތޮޅު ދަތުރުފުޅު ފައްޓަވާފައެވެ. މި ދަތުރުފުޅުގައި ފުތަރަމަ މަންޒިލެއް ގޮތުގައި ރައީސް ވަޑައިގަތީ ހިރިމަރަދޫ އަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަ...