📍 ހދ. ކުޅުދުއްފުށި
ކޭއާރުއެޗުގެ ''ހަށިހެޔޮ ޕްރޮގްރާމް''ގެ ހަވަނަ ބުރު 279 ބައިވެރިންނާއެކު ފަށައިފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ހަށިހެޔޮ ޕްރޮގްރާމް” ގެ 6 ވަނަ ބުރު، ރޭ ރަސްމީކޮށް ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އާންމުންގެ މެދުގައި ޤަވާއިދުން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންނެވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ބާރުއެޅުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެއިތުރުން ގައިންގަޔަށް ނާރާ ބަލިތަކުން (އެންސީޑީ) ރައްކާތ...