ހދ.ކުޅުދުއްފުށީ ސިޓީކައުންސިލުން ބާއްވާ "ބޮޑުތިލަދުންމަތި ބޮޑު ބާޒާރު"ގައި ސްޓޯލްތައް ބައިވެރިކުރާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ސްޓޯލްތަކުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.

އެ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލި މި ފުރުޞަތުގައި، ޖުމްލަ 22 ފަރާތަކުން ވަނީ ސްޓޯލް ނަގާފައެވެ. އަދި ބައިވެރިވި މި 22 ސްޓޯލަކީ ވެސް ހަމައެކަނި ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

Ad
rt

ތިލަދުންމަތީގައި ބޭއްވޭ އެންމެ ބޮޑު މި ބާޒާރު ކުރިއަށް ދާނީ މުނިފޫހި ފިލުވުމުގެ ޚަރަކާތްތަކާއެކުގައެވެ. އެ ގޮތުން މި ބާޒާރުގައި އައިލެންޑް ކާނިވަލްގެ ގޭމްތައް ކުޅުމުގެ ފުރުޞަތު ވެސް އާންމުންނަށް ލިބިގެންދާނެއެވެ.

ސެޕްޓެމްބަރ 30 އިން އޮކްޓޯބަރ 4 ގެ ނިޔަލަށް ކުރިއަށްދާ މި ބާޒާރު އޮންނާނީ ކުޅުދުއްފުށީ ވެލިގަނޑު ސަރަޙައްދުގައެވެ.