ބޮޑު ތިލަދުންމަތި
ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.
ހުރިހާ ރަށެއްގެ ޚަބަރު
📍 ށ. ކަނޑިތީމު
ކުދި ބޮޑު އެންމެންގެ ބައިވެރިވުމާއިއެކު, ކަނޑިތީމުގައި މަސްރޭހަކާއި ބާބަކިއުއެއް
މިއަހަރުގެ އަލްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ށ. ކަނޑިތީމުގައި މަސްރޭހަކާއި ބޮޑު ބާބަކިއު އެއް ބާއްވައިފިއެވެ. 100 އަށް ވުރެ ގިނަ މަސްވެރިންނާ އެކު މިއަދު ހެދުނު 09:00 އިން ހަވީރު 04:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ މަސް ރޭހުގައި 17 ޓީމު ބައިވެރިވެފައިވެއެވެ. މަސްރޭހުގައި ބައިވެރިވެވެނީ ނާށި ބަސްތާއަކަށެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ކަނޑިތީމުގެ ޒުވާނުންގެ އިސް ނެގުމެކެވެ..”ނިލަމެހި މަސްރޭ” ފެށުމުގެ ގޮތުން […]
އެންމެ ބޮޑީ ޖާގައިގެ ދަތިކަން: ކުޅުދުއްފުށީ ހޮސްޕިޓަލް
ކުޅުދުއްފުށީ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަނުގެ ޖާގައިގެ ދަތިކަންކަމަށާ، ޖާގަ ނެތުމުގެ ސަބަބުން އެހޮސްޕިޓަލުގައި ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ބްލަޑް ބޭންކެއްގެ ޚިދުމަތް ފަށައި، ލޭ ރައްކާކުރެވޭނެ ނިޒާމެއްވެސް ނެތްކަމަށާ، އުތުރުގެ އަތޮޅުތަކުގައި ނިސްބަތުން ތެލަސީމިއާ ކުދިން ގިނަކަމަށް ފާހަގަކުރެވޭއިރު، ކުޅުދުއްފުށީ ހޮސްޕިޓަލަކީ އެފަދަ ވަރަށްގިނަ ކުދިން ފަރުވާހޯދާ ތަނެއްކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވ...
މޯލްޑިވްސް ވިމެންސް ރަން ހޯރަފުށީގައި ބާއްވައިފި
އެން-ރޭންޖުން އިންތިޒާމުކޮށްގެން، ހއ. ހޯރަފުށީގައި މޯލްޑިވްސް ވިމެންސް ރަން ބާއްވައިފިއެވެ. އީދު ބަންދާ ދިމާކޮށް ހޯރަފުށީގައި ބޭއްވި މި ދުވުމުގައި ހަތަރު އަހަރުން މަތީގެ ކޮންމެ އުމުރުފުރައެއްގެ އަންހެނަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވެއެވެ. އެ ރަށު ބަނދަރު ސަރަހައްދުން ހަވީރު 4:00 ފެށި މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު މި ހަރަކާތުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ ހުޅުމާލޭގައެވެ. ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ފެށި މިހަރަކާތުގެ ދެ...
📍 ހއ. ބާރަށް
ބާރަށު ރަމްލާ - ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ
ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީގެ ލަޤަބު ރަމްލާ ހާޞިލުކުރީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. އެއީ 1953 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ބޭއްވި ރިތީގެ ރާނީ ހޮވުމުގެ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ހއ. ބާރަށު ނާދިރަމްގެ ރަމްލާއަކީ އެންމެނާވެސް ވަރަށް ގުޅޭ ހިތްހެޔޮ، އަދި ވަރަށް ޚިދުމަތްތެރި ބޭކަނބަލެއްކަމަށާއި، ރަށުގެ އެކިކަންކަމުގައި އަމަލީގޮތުން ބައިވެރިވެލައްވާ ބޭކަނބަލެއްގެ ގޮތުގައިކަން އ...
ބޮޑު ތިލަދުންމައްޗަށް ވައިޓް އެލަރޓް ނެރެފި
ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބޮޑު ތިލަދުންމައްޗަށް ވައިޓް އެލަރޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފާ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުދެކުނާއި ދެކުނުން 8 މޭލާއި 18 މޭލާދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން އެހެެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ވިލާގ...
📍 ހދ. ނައިވާދޫ
ނާވައިދޫގައި މަގުހެދުމަށް ނިކުތީ އާންމު ރައްޔިތުން
ހދ.ނާވައިދޫގެ ގިނަ މަގުތައް ހަލާކުވެފައިވާތީ، އެ މަގުތައް ހެދުމަށް ރަށު ކައުންސިލާއި އާންމު ރައްޔިތުން ނިކުމެއްޖެއެވެ. އެރަށުން މައުލޫމާތު ދިން ޒުވާނަކު ބުނީ ނާވައިދޫގެ މަގުތަކުގައި ފެހިޖަހައި، ވަޅުގަނޑު ހެދިފައި ހުރުމުން ރަށުގެ ޒުވާނުންނާއި ކައުންސިލުން އިސްނަގައިގެން މަގު ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ދަނީ މަގުތަކުން ފެހިކަހައި، ސާފުކޮށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމަކީ އެރަށުގެ ޒުވާނުން އިސްނަގައިގެން ރަށުގެ ރައްޔިތުން ގުޅިގެން...
📍 ހދ. ނެއްލައިދޫ
ނެއްލައިދޫ ކައުންސިލް ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި
ނެއްލައިދޫ ކައުންސިލުން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނެއްލައިދޫ ކައުންސިލްކަޕް ގެ 9 ވަނަ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ނެއްލައިދޫ ކައުންސިލް ކަޕް ފެށުމުގެ ގޮތުން މިއަދު ބައްދަލުކުރީ އެފްސީ ފެލްކަންއާއި މިދިޔަ އަހަރުގެ ރަނަރަޕް ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިވީ އެއްވަރެވެ. ވިއްސާރައިގެ ސަބަބުން މެޗު ފެށުނީ 30 މިނެޓްފަހުންނެވެ. އަދި ދަނޑުގައި ފެން ހެދިފައިވުމުގެ ސަބަބުން ދެޓީމަށްވެސް […]
📍 ހއ. އުތީމު
ބޮޑު ތަކުރުފާނުގެ ރަސްކަން
ބޮޑު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1 ރަބީޢުލް އައްވަލް 981ހ ގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ޙާލުވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ގޮސްފައެވެ. ޕޯޗުގީޒުންގެ ގޮށްމުށްބާރު ވެރިކަމުގެ އަސަރުތައް ވަނީ އާންމު ވެފައެވެ. ދައުލަތް ހިންގުމުގެ އިންތިޒާމެއް ނެތެވެ. ބޮޑު ތަކުރުފާނުންގެ އެންމެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަތީ ދައުލަތް ހިންގުމުގެ އެންމެހާ ކަންތައްތައް ހަރުދަނާ ގަވާޢިދަކަށް އަބުރާލެއްވުމެވެ. ވީރާނާވެގެން ގޮސްފައިވާ ރަސްމީ ޢިމާރާތްތައް އާރާ...
📍 ހދ. ނޮޅިވަރަންފަރު
ނޮޅިވަރަންފަރުގެ ޢީދު ހަދިޔާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް
ހދ ނޮޅިވަރަންފަރުގެ އަމިއްލަ ކްލަބެއް ކަމަށްވާ ބީއެގާރައި ގެ ފަރާތުން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އީދު ހަދިޔާ ބަހައިފި އެވެ. ނޮޅިވަރަންފަރުގައި އަލަށް އުފައްދާފައިވާ ކްލަބެއް ކަމަށްވާ ބީއެގާރައިން އޮންލައިން ނޫސް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން އެ ކަލްބުގެ މެންބަރެއްކަމަށްވާ ޝަހީމް އަހުމަދު ބުނީ މި ހަރަކާތަކީ އެ ކްލަބު އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ކްލަބުން އިސްނަގައިގެން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް […]
📍 ހދ. ނައިވާދޫ
ނައިވާދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި
ހދ.ނައިވާދޫގައި އަޟްހާ އީދުގެ މުނާސަބަތާއި ދިމާކޮށް، ފުޓްސަލް މުބާރާތެއް ފަށައިފިއެވެ. އެރަށު ޓްރެއިނާސް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އަންހެނުންގެ މި ފުޓްސަލް މުބާރާތަކީ އެރަށުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މުބާރާތެކެވެ. ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޓްރެއިނާސްެގެ އޮފިޝަލަކު ވިދާޅުވީ ޓްރެއިނާސް ވިމެން ފުޓްސަލް ޓޯނަމެންޓަށް ޓީމްތަކުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ކުޅުންތެރިން ޕްރެކްޓިސްކޮށް ހަދާފައިވާ ކަމަށެވެ. އަދި މިމުބާރާތް ދެން އަންނަ އީދުގައި މުޅި އަތޮޅަށް ހުޅުވާލުމަށް މަސައް...
📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން
އެއްވެސް މީހަކަށް އެއްވެސް ޒާތަކަށް ބުލީކުރެވިގެން ނުވާނެކަމަށްް ވިދާޅުވެ ކުޅުދުއްފުށީ މާލި ޕެރޭޑަށް ރައްދުވާ ގޮތަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީގެ މަށި މާލެ ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުހެން ޝިދާތާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޒާތެއްގެ އެއްވެސް ކަހަލަ ބުލީކުރުމެއް ބަލައި ނުގަނެވޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ. “(އޭގެ ތެރޭގައި) އަޅުގަނޑާ އަދި ތިބާއަށް ކުރެވޭ (ބުލީވެސް) ހިމެނޭ،”ޝިދާތާ […]
📍 ށ. ފުނަދޫ
ށ.ފުނަދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމާލައިފި
ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ށ.ފުނަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓުމަންޓު ގުޅިގެން ފުނަދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 36 ދަރިވަރުން ބައިވެރިވެ ސެޓްފ...
އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި އާސާރެއް ހުޅުވައިފި
“ރަށްވެހި އާސާރު” ގެ ނަމުގައި ކުޅުދުއްފުށީގައި އާސާރީ ތަކެތީގެ އާސާރެއް ހުޅުވައިފިއެވެ. އަމިއްލަ ފާރާތެއްކަމަށްވާ ކުޅުދުއްފުށީ ކޮކާހަނދުވަރު، އާރިފް ޢަލީ އޭނާގެ ގޭގައި ތަރައްޤީކުރި މިއާސާރު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ ޖަމްޝީދު މުޙައްމަދާއި ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު ޢަބްދުއްލަތީފެވެ. މިއަދު ހެނދުނު ކުޅުދުއްފުށީ ކޮކާހަނދުވަރުގޭގައި ހުޅުވި މިއާސާރުގައި ކުޅުދުއްފުށީގައި ބޭނުން ކޮށްފައިވާ ތަފާތު އާާސާރީތަކެތި ހު...
📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި
ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެސް އެ އެއާޕޯޓަށް މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށީ މިއަދު ހެނދުނު އެވެ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށްފަހު މިއަދު އެ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރި...