“ރަށްވެހި އާސާރު” ގެ ނަމުގައި ކުޅުދުއްފުށީގައި އާސާރީ ތަކެތީގެ އާސާރެއް ހުޅުވައިފިއެވެ.
އަމިއްލަ ފާރާތެއްކަމަށްވާ ކުޅުދުއްފުށީ ކޮކާހަނދުވަރު، އާރިފް ޢަލީ އޭނާގެ ގޭގައި ތަރައްޤީކުރި މިއާސާރު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ ޖަމްޝީދު މުޙައްމަދާއި ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު ޢަބްދުއްލަތީފެވެ.
މިއަދު ހެނދުނު ކުޅުދުއްފުށީ ކޮކާހަނދުވަރުގޭގައި ހުޅުވި މިއާސާރުގައި ކުޅުދުއްފުށީގައި ބޭނުން ކޮށްފައިވާ ތަފާތު އާާސާރީތަކެތި ހުއްޓެވެ. އޭގެތެރޭގައި މަސައްކަތުގައި ބޭނުންކުރާ އާލާތްތަކާއި، ހިފާ ގެންގުޅޭ ސާމާނާއި، މިޔުޒިކް އާލާތްތައް އަދި މިނެކިރުމަށް ބޭނުންކުރާ ސާމާނުގެ އިތުރުންވެސް ގިނަ ތަކެތި ހުއްޓެވެ. މިއާސާރުގައި 117 އަހަރަށްވުރެ ގިނަ ދުވަސްވީ ތަކެތިވެސް އެބަހުއްޓެވެ. އެގޮތުން ޝަމްސުއްދީން ރަދުންގެ ކުރީގެ ތަކެތިވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.
މިއީ ކުޅުދުއްފުށީގެ އާސާރުތައް މުސްތަޤްބަލްގެ ޖީލްތަކަށް ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތަކުން ކުރި އަގުހުރި މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!