ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިއަދު އިނގިރޭސިވިލާތަށް ފުރައިފިއެވެ.

މިދަތުރުގައި އެސްކޫލްގައި ކިޔަވަމުންދާ 18 ދަރިވަރެއްގެ އިތުރުން 3 މުދައްރިސުން ބައިވެރިވެއެވެ.

Ad
rt

މިދަތުރުގެ އިންތިޒާމްތައް ހަމަޖައްސާ ޓްރިޕްވެރިންގެ ފަރާތުން މައުލޫމާތު ދެއްވި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވީ މިދަތުރަކީ ބިލަބޮންގ ސްކޫލްގައި އާރޓްއާއި ޘަޤާފަތް ކިޔަވަމުންދާ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރެއް ކަމަށާއި މިދަތުރުގައި އިނގިރޭސިވިލާތުގެ އިތުރުން އަޔަރލެންޑްއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ސްކޮޓްލެންޑް ވޭލްސް އަދި ނޯދަން އަޔަރލެންޑްގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

10 ދުވަހުގެ މިދަތުރުގައި ލަންޑަނާއި ލިވަޕޫލް އަދި ބާރމިންހަމާއި ނިއުކާސަލް ފަދަ މަޝްހޫރު ސިޓީތަކުގެ އަސާރީ ތަންތަނަށް ދަތުރުގެ ބައިވެރިން ޒިޔާރަތްކުރާނެއެވެ.

ޓްރިޕްވެރިންނަކީ ގިނަ ދިވެހިންތަކެއްގެ އިތުބާރު ލިބިފައިވާ ރަނގަޅު ޚިދުމަތްތަކެއް ދެމުންއަންނަ ޓްރެވެލް އެޖެންސީއެވެ. ހެޔޮއަގެއްގައި ފެންވަރު ރަނގަޅު ގިނަ ޙިދުމަތްތަކަކާއެކު ދުނިޔޭގެ އެކިކަންކޮޅުތައް ބަލާލާއި ޗުއްޓީ ހޭދަކޮށްލުމަށް ދާން ބޭނުންވާ ފަރާތްތަކަށް ތަފާތު ޕެކޭޖްތަކެއް ތަޢާރަކޮށް ޓްރިޕްވެރިންއިން އަންނަނީ ޚިދުމަތްދެމުންނެވެ.